ޅޮހީގައި ޕީޕީއެމްގެ ޕުރައިމަރީ ވޯޓުލުން ބާއްވައިފި

 
ޅޮހީ ކުޅިވަރުބިމުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕޕމ ގެ ޕުރައިމަރީ ވޯޓޫލުން ކުރިއަށް ދިޔައެވެ. ޔާމީނުގެ މީހުނާ އުމަރުގެ މީހުން ބައިބަޔައް ވޯޓު ލަމުން އަމާން ކަމާއެކު ދިޔައެވެ. ޅޮހީގައި ޔާމީނަށް ތާއީދު ކުރަނީ އޯކިޑުމާގެއަށް ނިސްބަތްވާ މީހުނެވެ. އުމަރައް ތާއީދު ކުރަނީ އިރުފާނުފަދަ ޒުވާން ކުދިންކޮޅެކެވެ. ވޯޓުލަމުން ދިޔަ އިރު ކައިރީހުރި އަޅުވަށިން ފިނިބުޔުންތައް ބަހަމުން ދިޔައެވެ.
ވޯޓުފޮށިކައިރީ ހަރަކާތްތެރިވީ ފައްކަހަސަނާ މަންނާނާ އިރުފާނު އަދި ކައުންސިލް މެންބަރު ފަތުހުﷲ ކަހަލަ މީހުން ކޮޅެކެވެ. ނަތީޖާ އަކީ ޔާމީނަށް  53  އުމަރަށް 17  އެވެ. ކަންކަން ގޯސްވީ މިހިސާބުނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ތަނުގާ ތިބި މީހުން ޔާމީނަށް ވޯޓޫ ލާށޭ ބުނެ ހެދިކަމަށް ވެއެވެ. އަދި ޕާތީގައި ނުހިމެނޭ މީހުންކަމށްވާ މަހުޖަނު ސަރީފުމެން ކަހަލަ ކިތަންމެ ބަޔަކު ވޯޓު ލީކަމަށް ވެއެވެ. ކިޔާގޮތުން ބާކީވި ހުރިހާ ކަރުދާސްވެސް ފޮއްޓައްލިޔެވެ. ވޯޓު ގުނި ހިސާބުން އެތަނުގައި ވަރައް އަޑުގަދަވިއެވެ. ފަހުންވެސް އޯކިޑުމާގޭ މީހުން އެޕާޓީގެ ބައެއްމީހުން ޔާމީނަށޤ ވޯޓޫނުލާތީ އެއްޗިހިކީކަމަށްވެއެވެ. ހިތެއް ނުފުރޭނެތާއެވެ." މުޅިގޭގަ ކުލަލައިގެން މާ ޕާޓީވެގެން އެއުޅޭނީ ކަމެއްވެތާއެވެ. ރަށުގެ ހުރިހާ ވަޒީފާތަކާ ސިޔާސީ ބާރުތައް އޯކިޑުމާގެއަށް ޖަމާކުރަނީ . ހީވަނީ މޮޔަވެގެން އުޅޭހެނޭ" އޯކިޑުމާގެ ބޮޑުމަންމަ ވާދީއާދިމައަށް "އަހަރެމެން މުއްސަދިކަމުގަ އުލޭތީ ކަލެއަށް ކޮންކަމެއްހޭ" ބުނުމުން އޭނާގެ ސުއޫރުގާ ބުނެލިއެވެ.

0 comments:

Post a Comment