"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" ފާސްވެ، ޢަމަލުކުރާން ފެށުމުގެ ކުރިން، ރަށްރަށުގައި ހުންނަ ހުސްބިންތައް ބަލަހައްޓަނީ، ރަށްރަށުގެ ރަށު އޮފީސްތަކާއި، އަވަށްތަކުގެ އަވަށުއޮފީސް ތަކުންނެވެ. އެއީ، ކުނިކަހައި ސާފުތާހިރުކޮށް ހެދުމެވެ.
ރަށްރަށުގައި ހުންނަ ހުސްބިންތަކޭ ބުނާބަހުގެ ތެރޭގައި، ކުޅިވަރުކުޅޭ ދަނޑުތަކާއި ކޯޓުތަކާއި ޕާކުތަކާއި މައިޒާންތަކާއި މައިދާންތައް ހިމެނެއެވެ. ސީދާބަހުގައި "ހުސްބިން" ކިޔާނީ، މިފަދަ ނަމަކަށް ނުވަތަ ކަމަކަށް ޚާއްޞަކުރެވިފައި ނުވާ ތަންތަނަށެވެ. މިސާލަކަށް، މާލެ އައިފާނު ބިލްޑިންގާ ދިމާގައި އެއޮއްނ ަހުރަސް ތޮށިގަނޑަކީ "މަސްވެރިންގެ މައިޒާން" ކަމަށް ނަންދީފައިވެއެވެ. މަޖީދީ މަގާ ދިމާ މާފަންނުކޮޅުން ބޭރުތޮށިގަނޑުގައި ހަދާފައިއެވާ ފަޅިބުރަކީ "ހުސްބިން" ކަމަށް
ބެލޭ ތަނެކެވެ. އެއީ ވަކިނަމެއް ކިޔަފައި ނެތީމައެވެ.
ބެލޭ ތަނެކެވެ. އެއީ ވަކިނަމެއް ކިޔަފައި ނެތީމައެވެ.
އިތުރައް ވިދާޅުވުމައް ލުއިލލިޔުމަށް ވަންނަވާ
0 comments:
Post a Comment