ކަތީބު ސަރީފް ހިންގި އިންސާނިއްޔަތާއި ހިލާފް ޖަރީމާ ތަކުގެ 2 ވަނަ ބައި



ކަތީބު ސަރީފު ޅޮހީގެ އެތައް ކުޑަކުދިންނަކަށް ގަދަބާރުން އަނިޔާކުރި ކަމީ ޅޮހިގެ އެންމެން ދަންނަ ބޮޑު ހަގީގަތެކެވެ. 14 އަހަރު ނުވާ ކުޑަކުދިންތަކަށް ކަތީބު އަނިޔާކޮށްލީ ކޮން ގާނޫނަކުން ބާރު ލިބިގެންތޯއެވެ. ކަތީބަކީ ގާނޫނީގޮތުން މީހުންނަށް އަދަބު ދީ މައްސަލަ ތަހުގީގުކުރަން ބާރުލިބިފައި ނުވާއިރު ކަތީބުވަނީ ބައެއް ކުދިންގެ ނިއްކުރި ފަޅާފައެވެ. އަދި ފާހަނައަށް އައް ވައްދާފައި ގަދަކަމުން ކުދިން އޮރިޔާންކޮށް ވަޅައްވަނީ ބާލާފައެވެ. އަދި ކަތީބު ސަރީފް 14 އަހަރުނުވާކުދިންތަކެއް ކާން ބޯންނުދީ 24 ގަޑިއިރު ބަންދުކޮށްފައިވަނީ ކަތީބު ސަރީފްގެ ގޭގައި ހުރި މަސްތެއްޔެއް ކައިގެންކަމަށް ބުނަމުންނެވެ.

އެ ތުއްތުކުދިންތައް ރޮއި ހޭރެމުން ތިމަންނައަށް ތިޔަހެން ނުހަދާށޭ ކިޔާ އާދޭސްކުރަނިކޮށް އެކުދިންވަނީ ރޭގަނޑު ދަންވަރުގެ ފިނީގައި ވަޅަށް ބާލާފައެވެ. އަދި އެކުދިން އެކޮޅުކޮޅުން އޭނާ ވަޅަށް ބާލާފައިވާއިރު މިއަށްވުރެ ބޮޑު ޖަރީމާއެއް ހިންގި ކަތީބެއް ރާއްޖޭގައި ވެސް ނުހުންނާނެކަން ޔަގީނެވެ. އެކުދިންނަށް އަނިޔާކުރާ އަޑު އިވުނު އެތައްބަޔަކަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށް ވަނީ ކޮށްފައެވެ. އަދި އެކުދިންގެ މައިން ބަފައިން މިހާރުވެސް އުޅެމުންދަނީ ނަފްސާނީގޮތުން ކޮށްފައިވާ އަސަރުން ސަލާމަތްނުވެގެންނެވެ، އެދުވަހު ކަތީބު އެތައް ކުޑަކުދިންނަށް އަނިޔާކޮށްފައި މިއަދުވެސް ތިމާ މާގަދަކަން ދަށްކަން އުޅުމުގެ ބަދަލުގައި ޢޭނަ އަދިވެސް ސައިޒައް ތިރިވާކަށް ނުވޭތޯއެވެ. ކޮންމެ އަނިވާވެރިއެއްގެ ނިމުންވެސް އަންނާނީ ހިތިގޮތެއްގައިކަން ކަން އޭނާ އަށް ނޭގެނީ ބާއެވެ. އަދިވެސް ތިމާ އަނިޔާލިބުމުގެ ކުރިން އެކުދިން ތެރޭން ދުނިޔޭގައި ތިބި ކުދިންގެ ގާތުން ނިކަމެތިކަމާއި ލަދުވެތިކަމާއި އެކުގޮސް މާފަށް އެދޭކަށް ނުވޭތޯއެވެ.  އިންސާނީ ތަޖުރިބާއާއި ދުނިޔޭގެ ތާރީޙުން ފެންނަން އޮތް ހަގީގަތަކީ މިފަދަ ކޮންމެ އަނިޔާވެރިއެއްވެސް ނިމިގެންދާނީ ނިކަމެތި ގޮތުގައެވެ. މިއަދު ކަތީބު ސަރީފް މާ ޖާހުގައި އުޅުނަކަސް އޭނާގެ އަނބި ދަރިންގެ ތެރޭންވެސް އެންމެން ތިބީ އޭނާއާއި ވަކިންންނެވެ. ދަރިން އެއީ ދަރިން ނޫންކަމަށް ދެކި ފާޅުގައި ދަރިންނަށް މަލާމާއްކޮށް ދަރިން ބޭޒާރުކޮށް ހަދާ މީހުންނަށް ފަހުން ޖެހެނީ ކޮން ހާލެއްތޯއެވެ.
ކަތީބު ސަރީފްގެ ވެރިކަމުގައި ކުދިންނަށް ކުރި އަނިޔާގެ ތެރޭގައި އެސްއެސް ފަތިގަނޑަކުން އެކުދިންގެ ގައި ދުޅަވަންދެން ތަޅާފައިވެއެވެ. ތިމާ ކިތޭވަރަށް މިކަންކަމުން ބޯދަމައި ގަންނަން މަސައްކަތްކުރިނަމަވެސް ތިމާ އަނިޔާކުރި ކުދިންގެ ބަަދު ބަސްތައް ޖެހޭނެކަން ހަނދާންކުރުން މުހިންމެވެ.
އަދި ނުނިމޭ

ނޯޓް:އަނިޔާ ލިބުނު ކުދިން އެކުދިންގެ ހައްގުތައް ހޯދުމަށް ޤާނޫނީގޮތުން ކުރެވެން ހުރި މަސައްކަތްތައް އަންނަނީ މިހާރު ބަލަމުންނެވެ. އަދި މިކަމުގައި އެކުދިންގެ ހައްޤުތައް ހޯދަން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ވަކީލުން މިހާރުވަނީ ހަމަޖެހިފައެވެ. އަދި ޓޯޗާރސް ވިކްޓިމް އެސޯސިއޭޝަނާއި ވެސް މިކަންތައް ހިއްސާކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ، ކޮންމެ ގޮތެއްވިޔަސް މި ޖަރީމާއާއަކީ ކުޑަކުދިންނަށް ކުރެވިފައިވާ ބޮޑު އަނިޔާއެކެވެ. ރާއްޖޭގައި ސަރިއަތުން ބޭރުގައި ކުޑަކުދިންނަށް އެންމެ ބޮޑު އަނިޔާއެއް ދީފައިވާ މީހަކީ ކަތީބު ސަރީފެވެ. މިކުދިންނަށް އޭނާ ދީފައިވާ އަނިޔާގެ ބަދަލުހިފުމަށް އިންސާފް ހޯދުމަށް ކަތީބު ސަރީފް އުޅޭ ޕީޕީއެމްގައި ހަރަކާތްތެރިވާ ދެ އާއިލާއަކުންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ދާދިފަހުން އެ އާއިލާތަކުން ބުނެފައިވަނީ ދުވަހަކުވެސް އަނިޔާވެރި ކަތީބު ސަރީފައް މާފްނުކުރާނެކަމަށެވެ.

1 comments:

  1. އެމީހަކު ކުރިކަމެއްގެ ބަދަލު އެމީހަކަށް ލިބެންވާނެދޯ

    ReplyDelete