މަހުޖަނު ސަރީފު ހޮޅި ވަގައް ގެންދަނީ

ރައްޔިތުންގެ 12 އިންޗި އެސްލޯނު ހޮޅިތަކުތެރެއިން ހޮޅިއެއް ގެއްލިއްޖެއެވެ. މިމަހު 5 ވީ ބުދަ ދުވަހުގެ ރޭ 12 ޖަހާކަތް ހާއިރު މަހުޖަނު ސަރީފުގެ ބޮޑު ލޯންޗު "ރީފް7 " އަށް ހޮޅި އަރުވަނިކޮށް ރަށުގެ ބަޔަކަށް ވަނީ ފެނިފައެވެ.
ރަށުގެ ބަނދަރު ސަރަހައްދުގައި އެ ހޮޅިތަކުން އަޅައިފައިވާ އަޅުވަށިން ހޮޅި ނަގައިގެން 3 ބުރިއަށް ބުރިކޮށް އޭގެން އެއްހޮޅި އެލޯންޗުގެ ފަޅުވެރިންކަމަސްވާ ބަންގާޅުމީހަކާ ޑާޑާ އަލީ ކޮނޑުއަޅާއިގެން އޭގެން އެއްބުރި ލޯންޗައް އެރުވިތަން ދުއްމީހުން ބުނިގޮތުގައި އެވަގުތު މަހުޖަނު ސަރީފު ޖެޓީމަތީގައި ހުއްޓެވެ. އަދި ދެވަނަ ހޮޅިބުރި ބަލާދަނިކޮއް މަހުޖަނު ކަލޭގެޔަށް އެހިސާބުން ބަޔަކު ފެނިގެން އެ މީހުނަށް ގޮވާ ގެނެސް ދެވަނަ ހޮޅިބުރި ބަނދަރާ ކައިރީ ހުރި ނިކަގަހު ބުޑުމަތީ ބާއްވާފަ އެމީހުން ލޯންޗައް އަރައިގެން ފުރީއެވެ. 3 ވަނަ ބުރި އަޅުވަށި ކައިރީ އޮތްކަމަށް އެވަގުތު އެމަންޒަރު ދުށް މީހުން ބުންޏެވެ.

އެހޮޅި ބުރިކޮއްފައިވަނީ އެވަގުތު އެވެ. ކީހުން ކީހާލި ކުނޑިތަށްވެސް ހޮޅީގެ ކޮޅުގައި ހުއްޓެވެ. ނިކަގަހު ބުޑުމަތީ ބޭއްވި ހޮޅިބުރި ފަތިސް ވީއިރު ގެންގޮސް އަޅުވަށިކައިރިއަށް ލާފައިވެއެވެ. ވީމާ އެލޯންޗުން ގެންގޮސްފައިވަނީ އޭގެން އެއްބުރިއެވެ. އެލޯންޗު ދިޔަކަމަށްވަނީ މަނަދުއަށެވެ. ނަމަވެސް މަނަދުއަށް އެ ބޭލިކަމެއް ނުވަތަ ކަނޑުމަތިން އެހެން ބަޔަކަށް ދިނީކަމެއް ސާފެއް ނުވެއެވެ. އެގޭކަމަކީ މަހުޖަނު ކަލޭގެ އެ ހޮޅިން ކުރާނެ ބޭނުން ހުންނާނެކަމެވެ. އޭނަގެ ލަކުޑިކަންނެލި ދޯންޏައް ގެންދިޔައްޔޭ ، ނުވަތަ ބަޔަކަށް ވިއްކާލިއްޔޭ މީހުން ކިޔައެވެ. މަންޒަރުދުށް މީހުންގެ ބަހުން ޔަގީންވާ ކަމަކީ އެހޯލި އެލޯންޗު ފުރިއިރު ދޮރުންބޭރަށް ފެނަނަން އޮތް ކަމެވެ. އަދި މިކަން ކޮށްފައިވަނީ މަހުޖަނު ސަރީފު ހުރެގެން އޭނަގެ އޯޑަރަށް ކަމެވެ.

މިހޮޅިތަކަކީ ޅޮހީގައި ފާލަމެއް އެޅުމަށް ސަރުކާރުން ދީފައިވާ ހޮޅިތަކެކެވެ. އަދި މި މަސައްކަތަށް ހިލަޔާ ހިލަވެލިވެސް ގެނައެވެ. ނަމަވެސް މިތަކެތިން ފާލަމެއް 10 ވަރަކަށް އަހަރުވީއިރު ނުހެދިވަނީ އެކިބައިން ފަސްގަނޑު ނުކަނައިގެންނޭ ކަތިބު ސަރީފު ބުނެއެވެ. ކޮންމެއަކަސް އެދުވަހެއް ނައެވެ. ނަގުދު ފައިސާނަމަ ހާވާލީސްކަން ކަށަވަރެވެ. މީގެން ހޮޅިވަނީ މިލަދުއަށާއި އެހެނިހެން މީހުނަށް ވިއްކާފައެވެ. އަދި ހިލަޔާވެލިވެސް ވަނީ ނީލަން ކިއުމެއްނެތި ވަކި ފަރާތަކަށް ކަތީބު ސަރީފުގެ ވެރިކަމުގައި މީގެ 3 އަހަރެއް ކުރިން ވިއްކާފައެވެ. އަދި މީގެން ދެ ހޮޅިވަނީ ގެއްލިފައެވެ. މި ގެއްލުނީ 3 ވަނަހޮޅިއެވެ. ކުރިން ގެއްލުނު ދެ ހޮޅި ގެންދިޔަކަމަށް ކިޔަނީ ކުކުޅުމުހަންމަދު ށ އަތޮޅު ފަންގަންނަން އަންނަ ބަޔަކަށް ވިއްކާލިއްޔޭ އެވެ. ނަމަވެސް މި މަހުޖަނު ސަރީފަކީ ވެސް ފަންގަންނަން އަންނަ މީހުނާ ގާތް ގުޅުން އޮންނަ މީހަކަށް ވުމުން، އެހޮޅިތަށްވެސް ވިއްކާލީ ނުވަތަ ދިނީ މީނާއަށްވުން ވަރަށްގާތްކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެއެވެ.

ކޮންމެއަކަސް ރައްޔިތުންގެ ހައްގު ތަކަށް ވަކާލާތުކުރަށްވާ ކަލޭގެ ރައްޔިތުންގެ ހައްގުތަކަށް ސިއްރުން އަރާއިގަންނަނިކޮށް މިފަހަރު މިއޮތީ ފަޅާއަރާފައެވެ. އަދި ރޭރުވެގެން އޭނަގެ މީހުން އަޅުވަށިގައިހުރި ހޮޅިތަށް އުކާ ތަޅައިގެން ހަލާކު ކުރާތަން އެބަފެނެއެވެ. 

0 comments:

Post a Comment