ސައިންސް ދަތުރު ގޮސްފި

މިއަދު ޅޮހީސުކޫލުގެ 10 ގެ ދަރިވަރުން ފިސަރީޒް ސައިންސް  ފީލްޑް ޓުރިޕް ގޮސްފި.. ބައެއް ޓީޗަރުންނާއި، ބެލެނިވެރިން އަދި ސެކިއުރިޓީންގެ ގޮތުން ޕޮލިހުން މިދަތުރުގައި ބައިވެރިވި.. ބަޖެޓުލިބުމުގެ ދަތިތަކަކާހުރެ ލަސްވުމުން ޒާހިރު ހަޅޭޖަހައިގެން ކުރި މިދަތުރު ކުރީ އަހަރާ ހިލާފައް އެމެޖެންސީ ކަމެއް ނުހިގާ ކާމިޔާބު ކަމާއެކު މިއަދު ހަގަޑި ބައިހާއިރު ނިންމާލައިފި.. ދަރިވަރުން ބުނަނީ ވަރައް ސަޅިއޭ.. މަޖަލޭ... ނަމަވެސް އަސްލު ސަޅިވާނީ ނަތީޖާ ސަޅިވީމާ ކަމުގައި ބެލެނިވެރިން ބުނޭ... ފިސަރީޒް ސައިންސު މާއްދާއަކީ ޅޮހީސުކޫލުގެ ތާރީހުގައި އެއްމެ ދައް ނަތީޖާ ހޯދާ މާއްދާއޭ ބުނުން ކުށަކަށް ނުވާނެ.. އަދި ޓުރިޕުގައި ހުރިހާ ކުދިން ބައިވެރިވި ކަމުގައިވިޔަސް އެންމެ މަދު ކުދިން މިހާތަނައް ޖީސީ ޓެސްޓުގައި ބައިވެރިވި މާއްދާ ކަންވެސް ފާހަގަ ކޮއްލަން ޖެހޭ..  މި ފިކުރަކީ ހުދު ޒާހިރު، އެބޭފުލާ އައްނޫނީ ކިޔަވައިދޭން ނޭންގޭ ކަން ހާމަކުރުމުގެ ގޮތުން، މިމާއްދާ ކިޔަވައިދިން އެހެން ޓީޗަރުން ކަމުނުދާކަމާއި، ކިޔެވިއަސް ފާސްނުވާނެކަމުގެ ފިކުރު އެބޭފުލާވަނީ ވިއްކާފައި.. މީގެ ނަތީޖާއެއްގެ ގޮތުން މިމާއްދާއަކީ ރަށުގެ ދަރިވަރުންގެ ހިޔާލުގައި ތާކުން ތާކު ނުޖެހޭ މާއްދާއެއްގެ ގޮތުގައި ސިފަކުރާ މާއްދާއެއް.. މިކަން މިހެންވުމުގެ ނަތީޖާއަކީ މަދުކުދިން ބައިވެރިވުމާ ހޯދާ ދައް ނަތީޖާ.. ބެލެނިވެރިންގެ އުންމީދަކީ މިމާއްދާއައް ކުރެވޭ ހޭދަޔާ އެއްވަރުގެ ނަތީޖާއެއް ހޯދުން.. އިއްތިފާގަކުން ނަމަވެސް މިކަން ކުރަން މިހުރީވެސް ހަމަ އެބޭފުޅާ.. ވީމާ މިދިޔަ އަހަރާއި މި އަހަ!!!!ރު

0 comments:

Post a Comment