ޅޮހި ކައުންސިލުން ވަކި އުސޫލަކުން ދަނޑުބިން ދިނުމަށް ނިންމި ނިންމުމަށް ގޮންޖަހަނީ


ޅޮހި ކައުންސިލުން ވަކި އުސޫލަކުން ދަނޑުބިން ދޫކުރުމަށް ނިންމާ ދަނޑުބިން ދޫކުރަމުންއަންނަނިކޮށް އަފީފްގެ އާއިލާއިން އެކަމަށް ގޮންޖަހާ ބޭބެ ރަސީދުގޭގެ ކޮޅުގައި ގަސްއިންދަންފަށައިފިއެވެ. ހަމަ އެހެންމެ މިހުރިހާކަމެއް އެޖެންޑާކޮށް ވޯޓްލީ އަފީފްވެސް ލިބޭފައިސާ މަދުވެގެން ގެވަޅުގެ ފަހަތުގައިވާ ގްރީން ޒޯންގައި ކެޔޮގަސް އިންދަންފަށައިފިއެވެ. ދަނޑުބިމަށްވަނީ ހަމަ އެކަނި މިރުސް ގަސް އިންދުނތޯއެވެ. ނޫންނަމަ ލޭންޑްޔޫސް ޕްލޭންގައި ގްރީން ޒޯންގެ ގޮތުގައި ކަނޑައެޅި ރުއްގަހައްބަދަލުދެވިފައިވާ ބިންބިމަކީ އަފީފް ގަސް އިންދަން ކެޔޮވިއްކަން ހުރި ބިންތައް ބާއެވެ. ކޮރަޕްސަނޭކިޔާ ތިމާމެން އަނގަފުޅާކޮށް ވާހަކަދައްކާއިރު މީ ކޮންކަމެއްތޯއެވެ. މަގާމުގެ ނުފޫޒްގެ ބޭނުންކޮށް ތިމާމެން އަދި ތިމާމެންގެ އާއިލާ ބޭނުންވާއިރަށް ބޭނުންތާކު ގަސް އިންދުންތޯއެވެ.
އަދި މިވަރުން ނިމުނީކީ ނޫނެވެ. ދަނޑުހެދުމަށްޓަކައި އަފީފް ގެވަޅުގައި މަގުމަތިން 6ފޫޓާއި އެކު ދާޖެހީ ކޮންއުސޫލަކުންތޯއެވެ. މާދަން އެހެން ގެވަޅަކުން މަގުހުރަހައްވަގޮތައް ދާ ޖަހާ މަގުމަތީގައި ދަނޑު ހައްދަން ނުފަށަންވީ ސަބަބަބެއް ނެތެވެ. ކަންކަން އިސްލާހުކުރަން ތިބި ކައުންސިލަރުންގެ ހާލަކީ މީއެވެ.
އެންމެ ގަދަޔަށް ކަރަޕްސަނޭކިޔަމުން ވާހަކަދައްކަމުން އަންނަ މީހުން ތިމާމެންނަކީ އެންމް ފައިސާވެރި މީހުންކަމުގައި ބުނަމުން ބޮޑާކަމާއި އެކު ހިނގަމުން މިކުރަނީ ކޮންކަމެއްތޯއެވެ. ތިމާ ނުހައްގުން މަގުމަތީގައި ކަރަޔާ ކޭލާއި އިންދައިގެން ލިބޭފައިސާ ހުއްދަ ހަލާލުއެއްޗަކަށްވާކަން އެނގޭ ދަލީލެއް އޮތީ ކޮންދީނެއްގައި ތޯއެވެ. ކޮންމެ ހުކުރަކު މިންބަރަށް އަރާ މީހުންގެ ހައްގޭ ނިކަމެތިންގެ ހައްގޭ ކިޔާފަމިކުރަނީ ކޮންކަމެއްތޯއެވެ. އަޅުގަނޑުމެން އެދެނީ ޅޮހި ރައްޔިތުން އެންޓިކަރަޕްސަނައް މިފަދަ މައްސަލަތައް ލައިގެންނަމަވެސް މިކަންކަން ހުއްޓުވުމެވެ. މީ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާ ކޮރްޕްޝަންގެ އަމަލަކަށް ނުވާނެ އެއްގޮތެއްވެސް ނޯންނާއެވެ. މިހާރު އެންޓިކޮރަޕްޝަނުންއަޔަސް ސާފްކޮށް މިކަންކަން މިހުރީ ފެންނާށެވެ.

0 comments:

Post a Comment