މިއަދު އިންޑޮނޭސިއާއައް އައި ވަރުގަދަ ބިންހެލުމުގެ އަސަރެއް ޅޮއްސަކައް ނުކުރެ.. މާލެއާ ބައެއް އުސް އިމާރާތްތައް ހުރި ރަށްރަށައް ހެލުމުގެ އަސަރު ދެގަޑިބައިހާ އިރު ކުރިކަމުގެ މައުލޫމާތު ލިބޭ.. ނަމަވެސް މިބިންހެލުމުގައި އެގައުމަށާއި ކައިރި ގައުމުތަކައް މާބޮޑު ގެއްލުންވިކަމުގެ މައުލޫމާތެއް ނުލިބޭ..
ސުނާމީއެއް އުފެދިދާނެކަމުގެ ބިރުވެރިކަމައްޓަކައި މި ގައުމުތަކުން ސަމާލުވުމައް ކަމާބެހޭ ދާއިރާތަކުން އިލްތިމާސް ކުރި.. ސުޚުލުގެ ކިޔެވުން ތިނެއް ޖެހިއިރު ނިންމާލި.. މަގުތަކު މައްޗައް ކުދިބޮޑު މީހުން ޖަމާވެ ހިތާމަފާޅުކުރި.. ރަށުން ބޭރުގައި ކަންނެއްޔައް ގޮސްވި ވާލޯބިވާ ބޭބެއިންނާ ފިރިންނައް ގުޅާ ވާހަކަ ދައްކާހެދި.. އިރުމަތި އަވަށު ގޭގޭގެ މީހުން ރަށުތެރޭގެ ގޭގެއައް ބަދަލުވި.. ފަޅުތެރެއައް ބާނިތަކެއް ވެއްދިކަމައް ބައެއްމީހުން ބުނޭ.. އެއީ ހީވާހީވުމަކައްވެސް ވެދާނެ.. އިރުއޮއްސޭހާއިރު ސުނާމީއެއްގެ އަސަރު ފެންނަން ނެތުމުން ރަށުގެ ރައްޔިތުންވަނީ އާންމު ދިރިއުޅުމައް ބަދަލުވެފައި..
0 comments:
Post a Comment