އަފީފް ކައުންސިލަރ ގެ ޑީއާރުޕީން ވަކިކުރަން ޅޮހި ޑީއާރުޕީގެ ގިނަ މެންބަރުންތަކެއް މަސައްކަތް ފަށައިފި

އަފީފް އަކީ ޑީއާރުޕީން ޅޮހި ކައުންސިލައް ހޮވުނު ދެ މެންބަރުންތެރޭން އެކަކެވެ. މި މީހުން ޑީއާރުޕީން ހޮވިފައިވީނަމަވެސް މިހާރު މަސައްކަތްކުރަމުން އަންނަނީ ޑީއާރުޕީ ޅޮހީން ފޮހެލުމަށެވެ. އަދި ޕީޕީއެމް އައް ޑީއާރުޕީ މެންބަރުންތައް ވައްދާށެވެ.
އަދި މީނާ ވަނީ ޑީއާރުޕީއައް ނިސްބަތްވާ ގިނަބަޔަކު ގާތު މިގޮތައް ޕީޕީއެމް އައް ވަނުމައް އެދި ވާހަކަދަށްކާފައެވެ. އަދި މިހާރު އަފީފް ޑީއާރުޕީއިން ވަކިކުރަން އުޅޭ މީހުން އަތުގައި މިގޮތައް އަފީފް ބައެއް މީހުންކައިރި ދައްކާފަވާ ވާހަކަތަކުގެ ރެކޯޑިންވެސް އެބަހުއްޓެވެ.
ޅޮހި ޑީއާރުޕީމީހުން ބުނާގޮތުން ރަށުގައި ތިބި ޑީއާރުޕީގެ މަދު މެންބަރުންގެ ހައްގުގައިވެސް އޭނާ ޕާރޓީން ވަކިކުރަންޖެހެއެވެ. އަދި އޭނާ އަކީ ޕާރޓީ މީހުންނާ ދެކޮޅަށް ކަތީބު ސަރީފް ބުނާގޮތައް ގޮނޑިކޮށްކޮ ހެދިގެން ހުންނަން ޖެހޭނެ މީހެއް ނޫންކަމަށެވެ.
އަފީފް ޑީއާރުޕީން ވަކިކުރުމަކީ އަފީފްގެ ޑީއާރުޕީގެ ނަމުގައި ކައުންސިލްގައި ތަމްސީލްކުރާ ގޮނޑިގެއްލޭނެކަމެކެވެ. އެހެންނަމަވެސް އަފީފްގެ އާއިލާއިން އަދިވެސް ބޮޑާކަމާއި އެކު ވޯޓުލީ މީހުންނަށް މަލާމާތްކޮށް ހަޑިހުތުރު އެއްޗެހިގޮވާ ހަދަމަުންދާއިރު ހީވަނީ ގޮނޑިޔައް އައީ އަމިއްލަޔަށޭ، މާދަންވެސް ފައިސަލް ހުރީ މަޖިލަހައް ކުރިމަތިލާން، އެހެންނަމަވެސް އެގޭ މީހުން އަދިވެސް އޭނާއައް ވޯޓު ހޯދަން އެއްކަލަ ނިކަމެތި ރައްޔިތުން ކައިރިއަށް ދާންޖޭނެ ކަން ހަނދާންނައްތާލާ ބޮޑާާކަމާއި ކިބުރުވެރިކަމާއި އެކު މަލާމާތްކުރަނީއެވެ. އަދި ފައިސަލްވެސް  މިކަންކަމާއި ސީރިއަސްކޮއް ވިސްނާ ފިޔަވަޅު ނާޅައިފިނަމަ މީ އިބްރަ ގޯތި މީހުންނާއި ކަތީބު ސަރީފަކީ ފައިސަލްގެ ސިޔާސީ މުސްތަގުބަލު ހަލާކުކުރި މީހުންކަން އަދި ފެންނާނެކަން ވިސްނުން  ބުއްދިވެރިއެވެ، ކަތީބު ސަރީފާއި އިބްރަ ގޯތި މީހުން އަތުގައު ކިތޭ ފައިސާއެއް ހުއްޓަސް މިިހާރު އިބްރަ ގޯތު މީހުން އުޅޭ ވައްތަރުން ވޯޓު ނުލިބޭނެކަން ދަންނާށެވެ.

0 comments:

Post a Comment