ކަތީބުސަރީފު ހިންގި ޖަރީމާތަށް 3 ވަނަބައި


ރޯދަޔަށް ވާރޭފެން ހޮޅި


މިއީ، ޅޮހީ އަންހެނުން ރަށްކުނިކަހައިގެން އަންހެނުން ކޮމެޓީއަށްލިބޭ ފައިސާ އެމަސައްކަތް ކުރާމީހުނަށް ނުބަހާ ރަށު ތަރައްގީއަށް ފައިސާ ހަރަދު ކުރިޒަމާނުގެ ވާހައެކެވެ. ހަގީގީ ހާދިސައެކެވެ. 

މިކިޔާ ތިރީސް އަހަރުގެ ވެރިކަމުގައި މި ޒާތުކަންކަން ކުރުން އޮންންނި  ރައްޔިތުން ލައްވާ މަސައްކަތް ކުރުވައިގެންނާ އެގޮތްމިގޮތުން ރައްޔިތުން ފައިސާ ހޯދައިގެން ކުރުވުމުގެ ސަގާފަތެކެވެ. މީގެ ކިބަޅިފަރާތުން ރަށްރަށުގަ ތިބޭ ކަތީބުން ކަރަޕްޓުވެ އަމިއްލަ ފައިދާގަނޑު ނަގަނީ މަދެއްކޮނެއް ނޫނެވެ. މިގޮތުން ޅޮހީ ކަތީބުސަރީފަކީ ރައްޔިތުންނަސް މިފަދަ އެތައް ހިޔާނާތެއް ވެފައިވާ، މުޅި ނޫނު އަތޮޅަށް މަސްހޫރުުމީހެކެވެ. މިފަދަ ވާހައެއް ޅޮހީ ރައްޔިތަކު ދައްކައިފިއްޔާ މުސްކުޅި ކަތީބުގެ އާއިލާ ނިކުމެ ރަށުރައްޔިތުން ފިއްކަނޑުވާލައެވެ. ދެން ދިގުކުރާކަށް ކިޔާނެކަމެއް ނެތެވެ.
ވިގޮތަކީ އެހެން ރަށްރަށެކޭ އެއްބީދައިން ޅޮހީ އަންހެނުން ކޮމެޓިންވެސް ރަށު ކުނިކަހައިގެންނާއި ދަނޑުހައްދައިގެން އެޒަމާނުގައި (1990 އިން 2000 ވަނަ އަހަރާ ހަމަޔަށް) ފުދޭވަރެއްގެ ފައިސާ ހޯދައެވެ. އެފައިސާ ބަހައްޓަނީ ރަށުއޮފިހު ބެލުމުގެ ދަށުގައެވެ. ދެތިން އހަރެއްގެ ފައިސާ އެއްވުމުން އަދަދު ގިނަވުމުން އެއްކަލަ ކަތީބުސަރީފު ދެލޮޮލަކަށް ނިންޖެއް ނައެވެ. އަންހެނުން އެއްކޮއްފާ ދެންނެވީ ރަށުގެ ދެކުނު ގޮޑުދޮށާއި ކައިރީ ބަހައްޓާފަ ހުންނަ ބޯފެން ތާންގީ ތަކުން ހޮޅިއަޅައިގެން ގެނެސް އިތުރާ އިރަށް، ދެން އަންުކޮއް ރަށުގެ އެކިހިސާބުތަކުގައި އިސްކުރުބަރިލުމުން، ބަނޑިޔާ ހިފައިގެން ދެފިޔަވަޅު އަޅާއިރަށް ފެންހުުންނާނީ ލިބެށެވެ. އޭރުން ރޯދަޔައް ކިހާފަސޭހަވާނެހެއްޔެވެ. މިވެނި އެވެނި ރަށެއްގައިވެސް ހިންނަނީ އެހެން ހަދާފަޔޭ. މިކަން މިރަށުގައިވެސް ކުރީމާ ކިހާ ފައްކާވާނެހެއްޔޭ. މިހިސާބަށް ވާހަކަ ދިޔަތަނުން އަންހެންވެރިންގަނޑު އާދޭހެ، ތީ އަވަހައް ކުރަންވީކަމެކޭ، އަހަރެމެން ހޯދިފައިސާ ތިކަމަށް ދީފީމޭ، އަވަސްކުރާށޭ،، ކިޔާ އޭތިމީތިކިޔަން ފަށައިފިއެވެ. 
ކޮންމެއަކަސް ރޯދަޔަށް މަހެއްހާދުވަސް އޮއްވާ ހޮޅިތަކާ އިސްކުރުތަކާ އެކަމަށް ބޭނުންވާނެ ހުރިހާ ސާމާނުގެނެސް ރައްޔިތު ފިރިހެނުން އެއްކޮށް މަގުތަކުގައި ވަޅުކޮނެ ހޮޅިތަށް ވަޅުލާ ސިމެންތިން ރާނައިގެން އިސްކުރުުބަރިތަށްހަދާ މަސައްކަތް ހިންގާލައިފިއެވެ. ނަމަވެސް ރޯދަ ފެށިގެން އައިއިރު މަސައްކަތެއް ނުނިމުނެވެ. މީސްމީހުން އަހާލީމަ ބުނަނީ ފައިސާ މަދުވިއްޔޭ، އެކަމު މިރަށު ބުރާންޗިންނަކަށް ނޭންގޭ ފައިސާ މަދިއްޔާ އެއް އިސްކުރުނަމަވެސް ލެވެންވާނެކަމެއް، ބައެއްމީހުން ކިޔާއުޅެއެވެ. އެރޯދަމަސް ނިމުނީއެވެ.
އަނެއްރޯދަ ބޯމަތިވިއިރަށް އަނެއްކާ އަންހެނުންގަނޑު އެއްކޮއްފަ ބުނީ މިފަހަރު މިކަން ކުރާނަމޭ، ކިދިޔަ އަހަރު ލާރިކޮޅު މަދުވެގެން ނުވިއްޔޭ، ދެން މިއަހަރު ލިބުނު ލާރިކޮޅު ދޭށޭ.. ދުވަސްކޮޅެއްފަހުން އަނެއްކާވެސް ހޮޅިކޮޅެއް ގެނެސް ރައްޔިތުން ނެރެގެން މަސައްކަތް ފަށއިފިއެވެ. ނަމަވެސް މިރޯދަވެސް ދިޔައި ހަމަ އަންހެންވެރިން އެއްކަލަ ދެކުނު ކޮޅު ރަށްނައްޓާހިސާބަށް ހިނގައިގެންނެވެ. 
މިހެން ހަތަރުފަސް އަރު ވީއިރުވެސް ލާރިދމީހުން ދެއެވެ. ކާމީހާ ކައެވެ. އަދިއަދަށްވެސް އިސްކުރުބަރިތަކުން ރައްޔިތުންނަކަށް ފެންތިއްކެއްވެސް ނުލިބެއެވެ.މީއަޅެ ކުޑަވަރެއްގެ ޖަރީމާއެއްހެއްޔެވެ. އެކަންއެނިމުނީއެވެ.

0 comments:

Post a Comment