ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން އެ އަތޮޅު ޅޮހީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރު ކުރީ ނ. ޅޮހީ ފެހިވިނަ، ހަސަން އަދުނާނު 24، އެވެ.
އޭނާ ހައްޔަރު ކުރަން އޮޕަރޭޝަނެއް ހިންގޭ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެނެވެ.
އަދުނާން ހައްޔަރު ކުރީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ 9:45 ހާއިރު އޭނާ ފަޅުގެއެއްގެ ތެރެއިން ނުކުމެގެން ދަނިކޮށެވެ. ފުލުހުން ބުނީ އެތަނުން އޭނާ ހިފަހައްޓައި ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހޭޝް އޮއިލް ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 13 ޕެކެޓާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި އިތުރު 24 ޕަކެޓް ފެނިފައިވާ ކަމަށެވެ
ސަން އިން ނަގާފަ،،،، ނަމަވެސް މިލިޔުމުގައި ބުރާސްފަތިދުވަހޭ އެއިނީ ކުށެއް ، ރަނގަޅުގޮތަކީ ހުކުރުދުވަހުގެރޭ.
0 comments:
Post a Comment