ސަބުސިޓީ ދިނީމަ ވަނީ ކިހިނެތް


މަސްވެރިންނަށް ސަބުސިޓީގެ ގޮތުގައި ފައިސާދޭން ފެށުންވެގެން ދިޔައީ މަސްވެރިންނަށް ވަރަށްބޮޑު އުފަލެއް ލިބިގެން ދިޔަކަމަކަށެވެ. އަދި ހަމައެހެންމެ މަސްވެރިކަންދައްވުމުން ވާ ގެއްލުންތައް ފޫބެދި މަސްވެރިންނަކީ ހިތްހަމަޖެހިގެން އެ މަސައްކަތްކުރާ ބަޔަކަށްވިއެވެ. އެހެންކަމުން ނ.ޅޮއްސަކީ މަސްވެރި ރަށަކަށްވުމާއި އެކު އެކަމުގެ ފައިދާ ޅޮހި ގެ މަސްވެރިންނަށް ލިބެންފެށިއެވެ. މިހެން ކަންތައްވަމުންއަންނިކޮށް ޅޮހިގެ މަސްވެރިން މާޔޫސްކޮށްލީ ސައިން ދޯނީގެ ސަބުސިޓީ ޑޭޒީމާގެ ހަނީފް ކާލުމުންނެވެ. މިކަލޭގެ އެހެންމީހުނަށް ވަގައްގޮވަމުންދާއިރު މީނާވަނީ އެތައްބަޔަކަށް ހައްގުވާ ޅޮހި އެތައް އާއިލާއެއްގެ ހައްޤާއި ގުޅިފައިވާ އެ ސަބްސިޓީ ފައިސާތައް ވަގަށްނަގައިގެން ބޭނުންކޮށްފައެވެ.  އޭނާ ސައިންގެ ނަމުގައި އެފައިސާ ނެގިކަމަށް ވަރަށްރަނގަޅަށް ފިސަރީސްމިނިސްޓްރީގެ ހިސާބުތަކުންދައްކައެވެ.
 މީގެކުރިން ވިޔަޒޯރުގެ ބޯޓު ދުއްވަމުންދިޔައިރުވެސް މިކަލޭގެވަނީ މިފަދަ އެތައް ވައްކަމެއްކޮށްފައެވެ. މިކަލޭގެ ކޮށްފަ ނުކުރާނީ ކޮންވައްކަމެއްތޯއެވެ. ކިޔަވާ ފޮތްބައިގަނެގެން އެތައް ބަޔަކަށްލިބުނު ކޫޕަންތައް އޭނަގެ ނަމުގައިލައިގެން ވަނީ ހައްޖުދަތުރުވެސް ހޮދާފައެވެ.،ހައްޖުދަތުރުން ވައްކަންކުރި މީހަކު ދެން ނުކުރާނީ ކޮންކަމެއްތޯއެވެ. ވަގުންވާނީ ވަގުންނަށެވެ.

0 comments:

Post a Comment