ޅޮހި ކައުންސިލް މެންބަރ އަފީފް ކަރަޕްޝަނަށް މަގުފަހިވާގޮތަށް ދަނޑުބިން ދޫކޮށްފި


ޅޮހި ކައުންސިލް މެންބަރ އަފީފް ކަރަޕްޝަނަށް މަގުފަހިވާގޮތަށް ދަނޑުބިން ދޫކޮށްފިއެވެ. ދަނޑުބިން ދޫކުރުމަށް ކޮށްފައިވާ އިއުލާނާ ހިލާފަށް އަފީފު ދަނޑުބިން ދޫކޮށް ދަނޑުބިންތަކުގެ ގުރުއަތުލާފައި ބިންދަށްކާފަ ބިމުގައި މަސައްކަތްކުރުމަށް އަނގަބަހުންވަނީ އަންގާފައެވެ.  އެހެންނަމަވެސް އެއްވެސް ލިޔެކިއުމަކުން ބިންދިންކަން އަންގާފައިނުވެއެވެ.
ދަނޑުބިންދޫކުރުމުގައި މައްސަލަތަކެއްހުރުމުން ވަކިގޮތެއް ނިމެންދެން މަސައްކަތް ހުއްޓާލުމަށް ޅޮހި ކައުންސިލުން އަންގާފައިވާއިރު އަފީފު ދަނޑުވެރިންނަށް ހުއްޓާނުލާ މަސައްކައްކުރުމައް އަންގާ މައްސަލައިގައި ކޯޓައް ދިއުމަށް ދަނޑުވެރިންނަށް ހިއްވަރުދެމުން އަންނަކަން ފާހަގަކުރެވެއެވެ.
އެހެންނަމަވެސް ކަންތައްކޮށްފައިވާގޮތުން އިތުރުރަށް މަސައްކަތްކޮށްގެން ދަނޑުވެރިންނަށް ބަދަލު ދޭންޖެހުނަސް ގާނޫނީގޮތުން ކައުންސިލުން މަސައްކަތުގެ ބަދަލު ދޭން ނުޖެހޭނެކަމަށް ޤާނޫނީ ދާއިރާގެ ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ސަބަބަކީ ބިން ހަވާލުކުރުމުގެ އެއްވެސް އެއްބަސްވުމެއް ނެތުމާއި ހަމަ އެކަނި އަނގަބަހުން  ބުނާ އެއްޗެއްގެ ބުރަދަނެއް ސަރުއީ މަރުހަލާގައިނނެތުމެވެ. އެހެންކަމުން އަފީފުބުނެގެން ހުއްޓާނުލާ މަސައްކަތްކޮށްފިނަމަ އޭގެ ގެއްލުން އިންތިހާއައް ކުރާނީ ދަނޑުވެރިންނަށެވެ. ޅޮހި ކައުންސިލުން މިވަގުތައް ހުއްޓާލުމަށް އެންގި އެންގުމަކީ މި ބުލޮގުން ދެކޭގޮތުގައި ދަނޑުވެރިންނަށްވެސް އެންމެ ރަނގަޅު ގޮތެވެ. ސަބަބަކީ ބިމުގެ ޔަގީންކަން ލިޔެކިއުމަކުން ލިބިފައިނުވާއިރު ފަހުން މީހަކު ކޯޓްގައި މައްސަލަޖައްސާ މިކަމުގައި ހިފައިފިނަމަ ދަނޑުހައްދާ ނިމިފައި ކަރާ ކަނޑަންވެފަހުއްޓަވެސް ބިންދޫކޮށްފައިވަނީ އިއުލާނާ ހިލާފައްކަމަށް ނިންމާ އެއީ ބާތިލު ނިންމުމެެއްކަމަށް ހުކުމް އިއްވާ ހިސާބުން ހުރިހާ ގެއްލުމެއް އާންމުރައްޔިތުންނަށް ލިބޭނެތީއެވެ. މާލީގޮތުންނާއި މަސައްކަތުގެ ގޮތުން ފޫނުބެއްދޭވަރުގެއްލުން އާންމުނަށް ލިބޭނެއެވެ. އެހެންކަމުން އަފީފުމެންފަދަ އަމިއްލަފައިދާ އަށް އުޅޭމީހުންގެ ބަސް އެހުމުގެ ބަދަލުގައި ވިސްނާލުން މުހިންމެވެ.

0 comments:

Post a Comment