އިންޓަހައުސް ބަށިމުބާރާތް ކުރިއަށްއެބްދޭ

 މިމުބާރާތުގައި ހަތަރު ހައުހެއްގެ ހަތަރު ޓީމު ބައިވެރިވޭ،،، މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅިވަރު އެކުވެނީގައި އޮތް ވޮލީކޯޓު ތެރޭގައި ކޯޓު އަޅައިފައިވޭ.. މިމަސައްކަތުގައި ގުރޭޑު
2 އަދި 3 ވަރުގެ ކުޑަކުދިން ބައިވެރިކޮއްފައިވާކަން ފާހަގަކޮއްލެވޭ.. ގުލްސަނުން އެ ސަރަހައްދުގައި ވާވެފަ އޮތް ބިމުގައި ކޯޓުއަޅަން ގަސްދުކޮއް އެވާހަކަ ދެއްކުމުން ފައްކާޒާ ވަނީ އެކަމާ ދެކޮޅުހަދާ އެކަން ކުރިއަނުދިނުމަށް ކުރެވެން ހުރި ހުރިހާކަމެއްކޮއްފަ..

ނަމަވެސް މިހާރު ވިސްނުންމިހުރީ ކުޑަކުދިންނެރެގެން އެތަންސާފުކއް އެބިމަކީ ކުލަބުން ބަލަހައްޓާ ބިމެއްގެ ގޮތުގައި ދައްކަން..

އޭނަބުނަނީ އެބިމަކީ އޭނަޔައް ނުވަތަ ޅޮހީ ޒުވާނުންގެ ކުލަބަށް ދީފައިވާ ބިމެކޭ.. އެބިމަކު ލާހިކެއް ނޫނޭ އެހެން ބަޔަކު ކަމެއް ކުރާކަށް.. މި،ކަމާގުޅިގެން ކައުންސިލު އިދާރާއިން މައުލޫމާތު ލިބުންގޮތުގައި އެ ބިމުގައި ކޯޓުއަޅާ ރަށުގެ ރައްޔިތުންނައް އޭގެން ލާބައެއްލިބުމަށް އެދި އެކުލަބަށް ބިމުގައި ކޯޓު އެޅުމުގެ ހުއްދަ ދީފައިވާކަމަށާއި، އަދި އެކަމަށް ވަކިމުއްދަތެއްވެސް އޮންނާނެކަމަށް،، ނަމަވެސް އެބިމުގައި ކުލަބުން އެއްވެސް ކޯޓެއް ނާލާ ތަން ވާކޮއްފަ ބާއްވާތާ މިހަޜު އަހަރަކަށްވުރެ ގިނަވެދާނެ.. ނަމަވެސް ސުކޫލުން އެބިމުގައި ކޯޓެއް އަޅަން އުޅުމުން މިކަމާ ދެކޮޅުމިހެދި ޒާއަކީ އަމިއްލައެދުންބޮޑުވެ ކުލަބު ނަގާ އަންބިޑިއަށްލައިގެން ކުލަބުގެ މެންބަރުންަނށް ބޭއިންސާފުވަމުން ދުވާމީހަކަށްވުމްުން އޭނަ ލަދެއްނުގަންނާނެ، އެކަން ހުއްޓުވާކަށް ..އެގޭއެއްޗަކީ އެބިމުގައި ކޮންމެ ބަޔަކު ދަޑެއްހެދިޔަސް އެތަނަށް ކުޅެން ދާނީ މިލަމަގޫދޫ މީހުން ނޫންކަން..ކޮންމެބަޔަކު ދަނޑުހެދިޔަސް ވާނީ ހަމައެގޮތްނޫންތޯ؟މިހިރީ ދެންމީހުނަށް ވެފަތިބިވަރުނޫންތޯ..

ނަމަވެސް ދަރިވަރުން ބޭނުންވެގެން ގުލަސަނުން މަސައްކަތު ދުވަހެއް ފާހަގަ ކޮއްގެން ހޯދިފައިސާއިން އެ ދަރިވަރުން ބޭނުންވާ ކަމެއް ނުކުރެވޭންވީ ސަބަބެއް ނެތް..މީގެ ކުރިންވެސް އެގޮތަށް ހޯދި ފައިސާއިން ވަނީ ވަރައްބޮޑެތި ހިޔާނާތްތައް ވެފާކަން ދަރިވަރުން ފާހަގަކުރޭ.. އެގޮތުން އޯކިޑު ޕުރިންސިޕަލް ފުރަތަމަ އަހަރު ވަނީ 25000 ރުފިޔާދީފައި ވީޑިއޯ ކެމެރާއެއް ގަނެފަ.. މި ކެމެރާއިން ކުރެވުނުހާވެސް ކަމަކީ އެގޭ އަފީއާއި ޒަރީގެ ކައިވެނީ ހަފުލާ ވީޑިއޯކުރުންކަން މިރަށު ރައްޔިތުން ގަބޫލުކުރާނެ.. އެއަކުން ދަރިވަރުންނަށް ލިބުނު އެއްވެސް މަންފާއެއް ނޯންނާނެ..

0 comments:

Post a Comment