ކަރަންޓު ކެނޑެނީ ސަލީމުގެ އިހުމާލުން

ހޯމަދުވަހުގެ ރޭ ގާތްގަޑަކަށް 9 އަކުން ފެށިގެން ދަންވަރު 1.30 ވަންދެން ޅޮހިން ކަރަންޓު ކެނޑިއްޖެއެވެ. ނުވައެއް ޖަހާކަތްހާއިރު ކެނޑުނުކަމަށްވަނީ ތެލުގައި ފެން ހުރުމުގެ ސބަބުން އިންޖީނު ނިވިގެނެވެ. ވުމާއެކު އެހެން އިންޖީނެއް ހިންގާ ރަށުގެ އެއް ބަޔަށް ކަރަންޓު ދީފައި ހުއްޓެވެ. މައްސަލަ ދިމާވި އިންޖީނުގެ ފިލްޓަރު ނައްޓުބވައިގެން ސާފުކުރުމުގެ މަސައްކަތަށް މިހާ ދިގު ވަގުތެއްނެގިކަން މީ ބައެއް ރައްޔިތުން ކަންބޮޑުވާކަމެކެވެ.

އިއްތިފާގަކުންނަމަވެސް މިރެއަކީ އެމްޑީޕީގެ ޖަލްސާއެއް މާލޭގައި އޮންނަ ރެއްކޯލައެވެ. ކަރަންޓު ކެނޑުމުން އިންޖީނުގެ ދަށައް ގިނަ ބަޔަކު އެއްވިއެވެ. ކަރަންޓުދިއުމުން އައިދާގެމަތިން އެތަނައް މީހުން ދިއުމަކީ ޅޮހީ ރައްޔިތުންނައް އާކަމަކަށް ނުވިކަމުގައިވިއަސް މިރޭ މިއުޅޭ އާވެހިހަސާނާ ރީފުދޯނި މީހުނަސް އަކަމަކަށް ވެގެން މައިދާނުގައި ނުތިބެ އެއްމެން އެކުވެގެން މިކަން ހައލު ކުރެވޭތޯ މަސައްކަތް ކުރުމަށް ނަސޭހަތްދީ ހެދިއެވެ. ނަމަވެސް މީގެ ދުވަސް ކޮޅެއްކުރިން ހަމަ މިގޮތަށް ރަށުގެ ބަޔަކުން ކަރަންޓު ދިއުމުން މި ބައިގަނޑު އެއްވެ އަޅޭފަޅޭ ޖަހައި އެއްބަޔަކައް ކަރަންޓު ލިބިގެން ނުވާނެ ސިއާރުގެ ދަށުން މުޅިރަށުން ކަރަންޓު ކަނޑާލުއްވިއެވެ. އެކަން އެނޫންގޮތަކަށް ހައްލުކުރާކަށް މަސައްކަތެއް ނުކުރެއެވެ.

ކޮންމެއަކަސް އެންމެ އަޑުގަދަމީހާ އާވެހިހަސަނު މެންކަހަލަ މީހުން މިރޭ ހިސާބުންވެސް ނުފެނުނެވެ. ސަބަކައްވަނީ އެތާގައި ބާގީއޭ ގޮވާތީއޯލައެވެ. ބާގީ އޭ ގޮވިައަސް ތިމާމެންގެ ސިއާރު ކުރިއަރުވަން ވަޑައިގަނަނަން ވާނެކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ

އަނެއބަޔަކު އަޑުއުފުލަމުންދަނީ މީރައްޔިތުންގެ އިންޖީނުގެޔޭ ، އެއްވެސް ބޭފުޅަކު އަޑުގަދަކޮއް ނުހަދާށޭ ކިޔައިގެނެވެ. ނަމަވެސް ކަތީބުސަރީފުގެ ވެރިކަމުގައި އިންޖީނުގެ އަގުމަގުކޮށް ވަނީ ޔޫޓިލީތީސް ކުންފުންޏާ ހަވާލުކޮއްފައެވެ. މިހާރު އެވެރިން ބުނަނީ އެއީ ގޯހުން ކޮއްފައޮތް ކަމެކޭ ، އަލީހަސަނާއި ކަބަޅުހަނީފ ބުނަނީ ކޮބައިހޭ މަގޭ ހައްގު... ނަމަވެސް އެކަން ކޮއްފައިވަނީ ސަރުއީ ލިޔެކިއުންތަކާއެކު ރައްޔިތުންގެ ވޯޓަކުންނެވެ
ވީއިރު އިންޖީނުގެ ހިންގަމުން އެދަނީ ޔޫޓިލިތީ ކުންފުނިން ޥެރިއަކަށް ސަލީމު ލައިގެންނެވެ. މިކަމުގައި ޒިންމާ ނެގެންޖެހޭ ފަރާތަކީ އެއެވެ. އެނަގެ ޒިންމާ ނުނެގެންޏާ އޭނަ އަންގަން ޖެހޭފަރާތަކަށް އަންގާފަ އިންޖީނުތަށް ނިވާލާފަ ގޮސް ގޭގައޮތީމަ ރަނގަޅުވާނެއެވެ.

0 comments:

Post a Comment