މިސްކިތުގައި ކާޕެޓުއަޅައިފި.. ޅޮހީ ހުކުރު މިސްކިތުގައި (މަސްޖިދުލް ހުދާ) ހެޔޮއެދޭފަރާތަކުން މިރޯދމަހު ކާޕެޓުއަޅައިދީފިއެވެ. ޓެޕްކޮން ހާޑުވެއާރ ގެ ފަރާތުން ކޮންމެއަހަރަކު 5 މިސްކިތަކަށް އެހީވުމުގެ ޕުރޮގުރާމުގެ ދަށުން މިއަހަރު މިރަށައް މި އެހީމިލިބުނީ އާދަމް ޒަކީގެ މެދުވެރިވުމާއެކުއެވެ.
ވޭތުވެ ދިޔަ އަހަރުވެސް ހަމަ މިފަރާތުން މިކަން ކޮއްދޭން އެދުމުން ޅޮހީ އޮފީހުން ނިންމާފައިވަނީ މިސްކިތުގައި އެއަށްވުރެ މުހިންމު ކަންކަން ހުރީމާ އެހެން ކަމެއް ކޮއްދޭން އެފަރާތުގައި އެދިފައެވެ. ނަމަވެސް އެކަން އެއަހަރު ނުވިކަމުގައިވިއަސް މިއަހަރު ކައުންސިލު އިދާރާއިން މިކަން މިވަނީ ކޮއްފައެވެ.
ޅޮހީ ކައުންސިލުން މައުލޫމާތު ލިބުނުގޮތުގައި މިއަހަރު ރޯދަޔައް ފައިސަލް ވަނީ ދެކުނުފަރާތު ފެންޑާގައި ކުޑަދޮރުތަކެއް ހަރުކޮއްދިނުމަށް ވަނީ އެދިފައެވެ. އަދި އެކަން ކުރުމަށް ހުއްދަވެސް ދީފައެވެ. ނަމަވެސް މިކަމުގެ ކުލަވަރެއް އަދި ފެންނާކަށް ނެތެވެ.
0 comments:
Post a Comment