
ޅޮއްސައް ގިނަ އަދަދެއްގެ މުށިމަސް ބާނަމުން އެބަދެއެވެ. ރަށުގެ ހުޅަނގު ފަރާތުން ބޭރުން ހުރިހާ ދިމާލަކުންވެސް މުށިމަސް ބޭނެއެވެ. ވަކި ވަންޏެއް ނޯވެއެވެ. ރަށުގެ މީހުން މުށިމަސް ގެނައުމަށް ނުވަތަ އެރުވުމަށް
ބޭނުންކުރަނީ އެމަޖެންސީ ލައިޓެވެ. ލައިޓުދިއްލައިގެން އިރު ކޮޅެއްވުމުން މުށިމަށް އަރައެވެ. ދެން ވަދުފަތީގަޔާއި ދޮށީގައި މަސް ބާނަނީ އެވެ. ވަދުފަތީގައި ހައެއްކަ މަސް އެއްފަހަރާ އަޑިއަށް ފެއްތުމުން ގަނެއެވެ.މިދިޔަ ހަފްތާއެއްހާދުވަހުގެ ތެރޭގައި ރަށުގެ ޒުވާން ކުދިންނާއި ހަރުފުރާ މީހުން ކޮންމެ ރެއަކު މަހައްދެއެވެ. އާއްމުގޮތެއގައި ސަތޭކައެއްހާ މަސްބާނައެވެ. އެއްރެއަާ އެންމެގިނައިން ހާހެއްހާ މަސް ބޭކަމަށްވެއެވެ.
މަސްތަދު ދުވަސްވަރެއްކަމުން މި މުށިމަހުގެ މަސްވެރިކަމަކީ ޒަމާނީ މަސްވެރިކަމެއް ކަމުގައި ވިއަސް މަސްވެރިކަމަށް ދެރަވާފަދަ އަމަލު އެއްވެސް ފަރާތަކުން ނުކުރުން ރަނގަޅުކަމަށް ފެނެއެވެ.
0 comments:
Post a Comment