ކުނިނައްތާލުމާބެހޭ ބައްދަލްވުމެއް ބާއްވައިފި

ޅޮހީގައި ކުނި ނައްތާލުމާބެހޭގޮތން އެންވާރުމެންޓުމިނިސްޓުރީގެ ވަފުދެއް ޅޮހީރައްޔިތުންނާ ބާއްވައިފިއެވެ. ރަށް ތާހިރުކުރުމާ ގުޅުންހުރި ފަރާތްތަކާ،ރަށު ކައުންސިލާ މިވެރިން ބައްދަލު މިކުރީ ، ކުނިނައްތާލުމުގައި އެފަރާތަށްވެދެވެންހުރި އެހިތަށްބުނެދީ މިކަމުގައި ބައިވެރިވެ، ރަށުން ކުނި މެނޭޖު ކުރުމަށް އެފަރާތާއެކު މަސައްކަތް ކުރުމަށްއދިއެވެ.މިކަމަކީ
ވޯލްޑްބޭންކް އެހީގެދަށުން ކުރާ އަގުބޮޑު އަދި އެހާމެމުހިންމު އިންވެސްޓެއްކަމަށްމައުލޫމާތުލިބެއެވެ. 

މައުލޫމާތު ލިބެގޮތުގައި ރ ވަންދޫގައީ މިވެރިންވަނީ ކުނި ނައްތާލާ ވަސީލަތްތަށް ގާއިމްކުރުމުގެ މަސައްކަތް ނިމުމަކާ ހިސާބުގައެވެ. ވަންދުއަކީ ނ ރ ބ ޅ ސަރަހައްދައް ހާއްސަކުރެވިގެންހަދާ ތިލަފުށިކަހަލަ މަރުކަޒީރަށެކެވެ. މިސަރަހައްދުގެ ރަށްތަކުން ކުނިގެންގޮސް އެރަށުގައި ނައްތާލަނިއްޔޯލައެވެ. 2013 ވަނަ އަހަރުގެ ސެޕްޓެންބަރުހިސާބުގައި ރަސްމީކޮއް މަސައްކަތް ފެށޭވަރު ވާނެކަމަށް ބުނެއެވެ. އެގޮތުން މިދަތުރަކީ އެކަށީގެންވާ ވަރަށްކުނި ހޯދުމަށް، ނުވަތަ ރަށްތަކުން ޑިމާންޑު ހޯދުމަށް ކުރާ ދަތިރު ތަކެކޭބުނެއެވެ. އެގެ މާނަޔަކީ އެމިހުން ކުނިއުފުލާނެއުޅަނދާއި، މެށިނަރީތަކެއްގެނެސް ހުހައް ތިބެންޖެހިދާނެތީކުރިއާލާ ރަށްރަށުން ކުނި އެމީހުނަށްދޭންޕުލެން ކުރުވަނިއެވެ.

ކޮންމެއަކަސް މިކަންވެއްޖިއްޔާ ރަށުން ކުނި ބޭރުކުރެވި، ރަށުގެ ކުނިގޮނޑު ފުރުމުގެ މައްސަލައަށްހައްލެއް ލިބިގެންދާނެއެވެ. އަދި ކުނިކޮށިހެދި،އެތަނުން ރަސުގެ ބަޔަކަށް އާމްދަނީ ލިބެނެ މަގުފަހިވާނެއެވެ. ކޮންޓުރެކްޓުއުސޫލުން ބަޔަކާ ކޮށިބަލަހައްޓަން ހަވާލުކުރުމުން އެބަޔަކަށް އާމްދަނީ ލިބެނެއެވެ. މިކަން ކުރަނީ ޔޫޓުލިޓީއިން އިންޖީނުގެ ހިންގާ ކަހަލަގޮތަކަށެވެ. އޭގެ މާނަޔަކީ ރައްޔިތުން މިކަމާއުލެކަށްނުޖެހޭނެއެވެ.


0 comments:

Post a Comment