ނޫނުޅޮހީ.ކޮމް - ގޮވައިގެން ޕޮލިހަށް

މިދުވަސްވަރު އެންމެ ހިނގާ ހަބަރަކީ ނޫނުޅޮހީ.ޚޮމް ގައި ލިޔެފައިވާ ލިޔުމެއްގެ ސަބަބުން ބައެއްގެ ކަރާމާތަށް ހުތުރުވެގެން އެ މައްސަލަ އެންމެ މަތިން ހިންގާ ވާހަކައެވެ. ޅޮހީސުކޫލުގައި ޕުރިންސިޕަލްކަން ޒަމާންތަކެއްގަ ކުރި އަހަންމަދު ފޭސްބުކުގައި ބުނާގޮތުން ޅޮހީގެ ނަންބޭނުންކޮއްގެން ބަޔަކު ހަޑިހާވަނީއެވެ. އަދި ޅޮއްސައް ހުތުރުއަރުވަނީއެވެ. މިކަމާއި ގުޅިގެން ޓުރާންސްޕޭރަންޓުން އެލިޔުން ކިޔާލިއިރު


ސުރުހީގައި އިންނަނީ " ޅޮހީސުކޫލުގައި ހުސްގަބުރޭ" މިހެނެވެ. ލިޔުމުގައި ހުލާސާކޮސް ބުނެފައިވަނީ ތަނުގެ ހުރިހާ ކަމެއްގޯސްވަނީ އެތަނުގައި ގަބުރުވަޅުލާފައި ހުރުމުން ކަމަށް މިއަހަރު ރަށުތެރޭގައި ވާހަކަ ދެކެވޭ ވާހަކައެވެ.  ނަމަވެސް އެ ވާހަކަޔަކީ މީހަކު  ދިގު މުއްދަތެއްގައި ޕުރިންސިޕަލްކަންކޮށް ފައިބާގެން ދިޔައިރު ތަން ހަލާކު ވެގެން ގޮސް އަންނަން އޮތް ޖީލްތަކުގައި ތަން ހަމަމަގަށް ނޭޅުވޭފަދަ ހާލަތަކަށް ގޮސްފައިވުމުން އެކަން ފޮރުވަން ދައްކާވަހައެކޭ އެވެ. މީ ގަބޫލުކުރަން ދަތިވިއަސް ހަގީގަތާ ގާތް ގޮތެކެވެ. އެ ލިޔުމުގައި ތަނުގެ ތާރީހަށް އަލި އަޅުވާލާފައިވެއެވެ.އަދި ބުނެފައިވަނީ ސުކޫލު ގޯހުންގޯހަށޤ ދާކަން އެގެންވީ އެޒަމާނުގައި އޭނާ ކަންކަން ކޮއްފައިވަގޮތް އެގުން އިރު ކަމަށެވެ. އޭރު އެކަމށް ފިޔަވަޅު އެޅިނަމަ މިއަދި މިހާލަތަކަށް ނުދިޔައީހޭ ބުނާކަހަލައެވެ.  އަދި އެލިޔުމުން އެގޭގޮތުގައި އެތަނުގައި ވެރިކަމާ ހެދި ބޫތު ކައިފަ ތިބި ބަޔަކު ތިބިކަން އެނގެއެވެ. އެބަޔަކު މިހާރުވެސް އެތަނުގައި ބޯވައެއްހެން ތަތްކޮއްލާފަ ތިބިކަން އެގެއެވެ. ތަނުގެ އިސްމަގާމުތަކުގައި ނުވަތަ މެނޭޖުމަންޓުގައި ތިބީ ތައުލީމީ ދާއިރާއެއް ކުރިއެރުވޭ ނުވަތަ ނެގެހެއްޓޭ ފަދަ ފެންވަރު ނެތްބައެއް ކަން ބަޔާންކޮއްފާވެއެވެ. ތަނުގައުޅޭ ދަރިވަރުންވެސް ގަބޫލު ކުރާފަދައިން އަދި ރަށުގެ ގިނަ ބެލެނިވެރިން ބުނާފަދައިން އެތަނުގައި ތިބި ސުޕަވައިޒަރުންނާ ޑެޕިއުޓީ ޕުރިންސިޕަލަކީ ތައުލީމީ ދާއިރާ ކުރިއެރުވޭނެ ގާބިލްކަން ހުރި ބައެއްނޫނެވެ. މީ ގަބޫލު ކުރަން ދަތިވިއަސް ހަގީގަތެވެ. އަދި އެ ލިޔުމުގައި ބުނެފައިވަނީ އެތަނުގައި ޒިންމާދާރު މަގާމުތަކުގައި ގަމީހުނާ ރަނޑުން ތިބި އިރު ، އެދާއިރާއިން އެކަށީގެންވާ ވަރުގެ ތައުލީމު ލިބިގެން ތިބިޒުވާން ކުދިން، އެމީހުންގެ މަގާމިތަށް ބައްކުރުމުގެ ގޮތުން ، އެކުދިންފައްސާލާފައިވާ ވާހަކައެވެ. މިވެސް ވަރަށްބޮޑު ތެދެކެވެ. އެފަދަ އިސް މަގާމުތަކުގަ ތިބެންވީ އެކަހަލަ އޭއެއް ބީއެއް ނޭންގޭ ރަނޑާލިން ބާވައޭ؟ މީ ކޮންމެ ޅޮހީ ރައްޔިތަކު ކޮއްލަން ޖެހޭ ސުވާލެކެވެ. ތަން  މިޒާމާނާއެކު ކުރިއަރުވަން ބޭނުންވާނަމަ އެކަހަލަ ސޮހުލުން އެއްފަރާތްވެ، އެހެންބަޔަކަށް ފުރުސަތު ދޭންޖޭހޭވަހަކަ ބުނެފައިވެއެވެ. ނިންމަމުން ބުނެފަވަނީ ބަޔަކު އެވާހަކަތައް ރީތި ކުރަން އެތަނުގައި ގަބުރު ހުރިވާހަކަ ދައްކަނީ އެމިހުނަށް މަލާމާތަކަށް ވެދާނެއޭ، މިހެނެވެ. އަދި ތައުލީމީ ދާއިރާ ނުވަތަ ސުކޫލެއްގަ ބޭނުން ނުހިފޭފަދަ ބަޔަކު ވެރިންނަށް އެތަނުގައި ތިބުމުން އެމީހުނަކީ ގަބުރުންނާ ތަފާތެއް އެބަހުރިބާވައެވެ.

ޖުމްލަކޮށް ޅޮހީގެ އެތަށް ޖީލެއް ހަލާކުވެގެންދާއިރު މިވާހަކަ ދެކެވެން ޖެހެއެވެ. އެވާހަކަ ލިޔާބަޔަކަށްވުރެ، އެކަންކަން އެބީދާއިން ކޮށް ޅޮހީގެ މުސްތަގުބަލް ދުއްވާލާ ބައެއްގެ ނުބައިކަން މާބޮޑުކަމަށް ޅޮހީގެ ގިނަބަޔަކު ބުނެއެވެ. ޅޮހީސުކޫލަކީ ޅޮހީގެ ގިނަބަޔަކު އިއްތިފާގު ވާހެން އެތަނަކީ ހަލާކުވެފައި އޮތް ތަނެކެވެ.  އެހަލާކުމަތީ ބާލީހަށް ކަފަ ގަންނަވަގަންނަވާ އެހުނެވީ ޗައްކޫއާ އޭނަގެ މީހުނެވެ. އަޅެ ޅޮހީސުކޫލުގެ ހާލަތާ އެތަނުގެ މެނޭޖުމަންޓާ މެދު ސުވާލު، އެތަނުން ކިޔަވާ ނުކުމެ ތިބި ކުދިންނާ ނުވަތަ މިހާރު ތިބި ކުދިންނާ  ކުރިމަތިކޮށްބަލާށެވެ.  މީޅޮހީ ރައްޔިތުން ހޭއަރަންވީ ކަމެއްކަމުގައި ޓުރާންސްޕޭރަންޓުން ދެކެމެވެ. މިކަމށް ބަދަލެއް ގެނައުން ނޫންގޮތެއް އޮތްތޯ އަޅެ ބަލާބަލާށެވެ

0 comments:

Post a Comment