މީހުން
ދިރިއުޅޭރަށްރަށުގެ ގޮނޑުދޮށުން ވެލި
ނެގުމަކީ ދާއިމީކޮއް މަނާކަމެކެވެ.
ނަމަވެސް ރަސސްފުށު މީހުނަށް
ވެލި ލިބުމުގައި ދަތިވާތީ ރަށުން ވެލި
ނެގުމަކީ މާބޮޑު މައްސަލައަކަށް ނުވެއެވެ.
އަތޮޅުގެ
ކައިރިރަށް ރަށް
ކަމުގައިވާ ކުޑަފަރީ މަނަދޫ މިލަދޫ ފަދަ
ރަށްރަށުން ވެލި ނެގުމަކީ މަނާކަމެކެވެ.
މިހިސާބު ރަށްރަށުނމީހުނަށް
ވެލި ނަގަން ހަމަޖައްސާފަ އިޮތީ ކުރެދިވަރު
ފަޅުތެރެއެވެ. މިހުން
ދިރިއުޅޭރަށެއް ފަޅުރަށެއްގެވެސް
ވެލިނަގަން ހުއްދަ އޮންނަނީ ފަޅުތެރެއިންނެވެ.
ނަމަވެސް ޅޮއްސަކީ
މިކަމުގައި ލުއިފަސޭހަ ރަށެކެވެ.
ނަމަވެސް
ފާހަގަކޮއްލެވޭކަމަކީ ރަށުގެ ތުނޑީ
ކޮޅަށް ފައިބަން އޮންނަ މަގު
ކޮޅުހުރަސްވާގޮތަށް ހަންދަގު ކޮނެފަ
ހުންނާތީއެވެ. ވާގޮތަކީ
ވެލިނަގާމީހުން އެބަޔަކަށް ފަސޭހަ
ހިސާބުން ނަގަނީއެވެ. މިޅި
ހިސާބު ހަންދަގަކަށްވެފައެވެ. މިކަން
ހުއްޓުވުމަށް ކައުންސިލު އިދާރާއިން
ދޭތެރެދޭތެރެއިން ލޯޑުން ގޮވާހަދަެވެ.
ނަމަވެސް އެއަކަށް
އިޖާބައެއްނުދެއެވެ.
ކަން
މިހެން އޮތް ހިދު މިކަން މިގޮތަށް
ކުރާމީހުން ހަމަ ބިމަށް ފޭބުމަށް
ގޮވާލަމެވެ. މިކަން
ވަކިބަޔަކު މިގޮތަށް ކުރމުން އޭގެ
ދަތިވާނީ ރަށުގެ އެބަ އެންމެނަންކަން
ހަދާން ބަހައްޓަން އެބަޖެހެއެވެ.
މިކަން ކައުންސިލުން
ނުހުއްޓާނަމަ މިރަށު ރައްޔިތުންގެނަމުގަ
އެކަން ހުއްޓުވުމަށް އަނީސް އާ ދޮންތުހަސަނު
މެން ކަހަލަ ބަޔަކު އެބަ ތެދުވެއެވެ.
އެކަމަކީ ހަމަ އެންމެ
ސިޓީއެއް ކަމާބެހޭ ހިސާބަށް ލާއިރަށް
ހުއްޓޭނެކަމެކެވެ. ވީމާ
މިކަމުން ދެރަ މިލިބެނީ ހަމަ ދެރަވަރުގެ
މީހުނަށްކަންދަނެ އެކަން ހުއްޓުވުމުގައި
ރަށު ރައްޔިތުން އެކައްޗެއްކިޔުން
ކީއްތޯއެވެ.
0 comments:
Post a Comment