ނ.އަތޮޅު ކައުންސިލުން ދެމުންދާ ޚިދުމަތް ތަކުގެ ތެރެއިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދޭ ގަނޑިއަކީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެވެސް 09:00 ން 12:00 އަށްކަމަށް ހަމަޖައްސައިފިއެވެ. އެކައުންސިލުން އެގޮތަށް ހަމަޖައްސާފައިވަނީ ފާއިތުވި ދުވަސްތަކުގައި ބަންދު ދުވަސްތަކުގައިވެސް އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް މުޅިއަތޮޅުގެ ރައްޔިތުންނަށް ހުޅުވާލާފައި ބޭއްވުމަށްފަހުއެވެ.
އަތޮޅު ކައުންސިލަށް ފައިސާ ބަލައިގަންނަ ގަޑިއަށްވެސް ބަދަލް ގެނެސްފައިވާކަން އެކަންއުސިލުން ވަނީ ހާމަކޮށްފައިއެވެ. އެގޮތުން ފައިސާ ބަލައިގަންނަ ގަޑިއަކީ ސަރުކާރުގެ ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 12:30 ހަށެވެ
.
0 comments:
Post a Comment