ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތެއް ބިނާކުރެއްވުމަށާއި ޖަމާޢަތްތަކުގެ ޙަރަކާތްތަކަށް ޝައުޤުވެރިކުރުވުމަށާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެއްވުމުގެ މަޤްޞަދުގައި ހަ މަސް ދުވަހުގެ މަދަނީ ތަޢްލީމުގެ ކެމްޕޭނެއް ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ. މި ކެމްޕޭން ހިންގޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، އަމާން ވެށްޓެއް ޤާއިމް ކުރުމާއި ޖަމްޢިއްޔާތަކުގެ ކަންކަން ހަރުދަނާ ކުރުމާއި، މަޢުލޫމާތުގެ ޙައްޤު ހޯދައި ލިބިގަތުމާއި، އިންސާނީ ކަރާމާތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައިދީން އަނބުރާ މުޖްތަމަޢަށް ގެނައުމަށް އެކި ޕްރޮގްރާމްތައް ހިންގުމާއި ފުލުހުން ޒިންމާދާރު ކުރުވުމާއި، ރައްޔިތުން ޒިންމާދާރު ކުރުވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
0 comments:
Post a Comment