ނާސިރާ، ގިނަމީހުން ދަންނަ ނަމުންނަމަ މޮޔަނާސިރާ ޅޮއްސައް ފުރަތަމަ ފަހަރަށް އައިސްފިއެވެ. ނާސިރާ ބުނާ ގޮތުން ޅޮއްސައް މިއައީ އަމިއްލަ ބޭނުމަކުއެވެ. މާލޭން މިލަދުއައް އައިސް
އެރަށު ރައްޓެއްސެއްގާތު ހުރެލާފާ ޅޮއްސައް ޖައްސާލީއެވެ. ޅޮހީގައިވެސް ރައްޓެހިން ތިބީމައވެ. ނާސިރާ ބުނާގޮތުން މިރަށަކީ ހިޔާބޮޑު ފިނި ރަށެކެވެ. މަގު މެދުގައި ބޮދެތި ޖޭމުގަސްގަސް ހައްދާފަ ހުރުމުން ވަރައް ހިއްގައިމު ކަމުގައި ނާސިރާ ބުންއެވެ. ގަސްގަހުދަށުގައި މަގުމަތީ ޖޯލިފަތި ބަހައްޓައިފައި ހުރުމުން ރަށުމީހުނާ ނާސިރާ ވާހަކަދައްކާ މަޖާކޮއްލަން ދެދުވަހެއްވަރު މަޑުކުރިއެވެނާސިރާ ބުނަނީ މިރަށައް ކޮންމެހެން މިއައީ އޭނަޔާ ރައްޓެހި ކުއްޖަކު އިންނާނަމޭ ކިޔައިގެން މާ ގާތް ކޮއްލައިގެން އުޅެފަ އޭނަގެ ލާރިކޮޅު ދަމައިގަނެގެން ފިލި ކުއްޖާ ހޯދުމަށެވެ. އެއީ ކަޅޫ ރަސީދެވެ. ނާސިރާބުނާގޮތުން ރަސީދު އޭނަޔަށް ފެނުމުން ނޯޅޭނެކަމަށާއި ރަސީދަކީ ވަރައްގިނައިން އޭޔާ ވާހަކަ ދައްކާ ސޮރެކެވެ. ނާސިރާޔަށް ވަރަށް ހެޔޮ ސޮރެކެވެ. ނަމަވެސް ބޮނޑިއެއް ދިނީތާއެވެ. ކޮްމެއަކަސް ނާސިރާއަށް ރަސީދުގެ މަންމައާ ބައްޕައާ އާއިލާގެ މައުލޫމާތު ރަނގަޅަށް އެގެއެވެ. ނާސިރާބުނަނީ އެބޮޑިދިންދުވަހުހަކީ އެއްދުވަހެއްގެ ވަރށް ހެނދުނުއެވެ. އެދުވަހު ލައިގެން ހުރި އެއްޗިއްސޯ މިއަދުވެސް ލައިގެން އެހުރީ.. މިވާހަކަތަށް ޖޯލިފަތި ތަކުގައި އަންހެންވެރިންނަށައި ކުދަކުދިންނަށް ނާސިރާ ކިޔައިދެމުން ދެއެވެ. ކަލޯރަސީދު ލޮލަކަށް ނުފެނެއެވެ. އޭނަގެ ބަހެއް ނުލިބުނެވެ.
ނާސިރާ ފުރައިގެން ދިޔައީ މިަށައް ވަރަށް ތައުރީފު ކޮއްފައެވެ. ރަށުތެރޭގައި އަދި ވަލުތެރެވެސް ރަނގަޅައް ބަލާއިލާފައެވެ. ވަރަށް ހިތްހަމަޖެހިގެނެވެ. ނަމަވެސް ކަޅޯއާދެތެރޭ މިހާރު ހިތް އޮތްގޮތެއްނޭންގެއެވެ.
0 comments:
Post a Comment