ޅޮހީ އޮފީސް ދަށައް އެއްވެއްޖެ

މިދިޔަ ބުދަ ދުވަހުގެ ޅޮހީ ކައުންސިލް އިދާރާދަށައް ޅޯހީ ޒުވާނުންކުލަބުގެ މީހުން އެއްވެއްޖެ.  ހެދުނު 9 އެއް ޖަހާހާއިރު އޮފީސް ދަށައް އެއްވީ ފައްކާ ޒާހިރު ބޮޑަކަށް ހުންނަވައިގެން ނަޖުމާ އައްޔާ ބީބީ މޯޑު ގޮވައިގެންނެއެވެ. މިވަގުތަކީ ސުކޫލުގައި ފުރަތަމަ ސެސަނު ކިޔަވައިދެމުން ދާ ވަގުތުކަމުގައިވިައަސް އަދި އަލީ ޒާހިރު ކިޔަވައިދޭންދާންޖެހޭ ގަޑިތަށް ނަގައިދީފައިނުވާކަން ދަރިވަރުން ފާހަގަކުރެއެވެ. މި ހަޅުތާޅުގައި ފަހުން މަންނާނު އާ ބައެއް އިތުރު ޒުވާނުން ބައިވެރިވެފައިވެއެވެ. 

ޅޮހީ ޒުވާނުންގެ ކުލަބުން އިންތިޒާމްކޮއްގެން މި ހަޅުތާލު މިކުރީ އެމީހުންގެ ފައިސާ ތަކެއް ކައުންސިލް އިދާރާއިން ހިފަހައްޓައިގެން އުލޭކަމަށައި އެ ފައިސާ ކާލައިފިޔޭ ކިޔައިގެންނެވެ. ނަމަވެސް ކައުންސިލުން ކައުންސިލްގެ ރައީސާއި ޒިންމާދާރުވެރިޔާ ބުނަނީ އެފައިސާ ދެވެންނެތީ އިދާރީ ކަންތައްތަކެއް ފުރިހަމނުވެހުރުމުން ނެވެ. އެކަންކަން ފުރިހަމަވުމުން ފައިސާ ދޭނަމެވެ. ނަމަވެސްސ އެއްވި ބައިވެރިން ބުނަނީ ގަދަކަމުންވެސް އެފައިސ ހޯދާނަމެވެ. 

މިބީދާއިން ދައްކާ އެއްވާހަކައެއް ދައްކަދައްކާ އިދާރާގެ މަސައްކަތްތަކަށް ހުރަސްއަޅައިގެން މިމީހުން ތިބެފަ 3 ޖެހިފަހުން އާދިލު ހިފަހައްޓައިގެން އޮފީސް ބަންދުކުރިޔަ ނުދީ ތިބިކަމުގެ މައުލޫމާތު ލިބެއެވެ. އުޒުރަކަށްދައްކަނީ 3 ޖެހިފަހުން ސިޓީއެއްކލައިގެން އޭގެ ޖަވާބެއް ނުދީ ތަން ބަންދު ނުކުރެވޭނޔޭކިޔައިގެނެވެ. ނަމަވެސް ސަރުކާރު އުސޫލަކީ އެއެއްނޫނެވެ. މިކަމުގައި ކައުންސިލަރު އަފީފުއާ ފަތުހުﷲ ، ފައްކާ ޒާހިރު ފަދަ ބޭބޭފުޅުން ބައިވެރިވިއެވެ. އޮފީހުގެ މުއައްޒަފުންތެރެއިން އާދިލް އެމީހުނަށް ވާގިވެރިވުމުގެ ގޮތުން ބަންދުނުކޮއް މަޑުކުރީއެވެ. . 

މިމީހުން މައިދާންދޫކޮއްދިޔައި 5 ޖަހާހާއިރުކަމަށް މައުލޫމާތު ލިބެއެވެ. ތަންތަނަށް ގުޅިކަމަށޤވެއެވެ. ނަމަވެސް ކަންކަން ކުރެވޭނީ އުސޫލުތަކު ތެރެއިންކަން މިމީހުންނޫނީ ގަބޫލުކުރެއެވެ. 

0 comments:

Post a Comment