އީދު ކުޅިވަރުއެބައޮތް

މިއަހަރު އީދު ވަރައް ކުލަގަދަކޮށް ފާހަގަކުރަން ރޭވިގެން ކުރިއަށް އެބަދޭ.. ހަބަރު ލިބޭގޮތުގައި މިދިޔަ އަހަރާ ހިލާފަށް މިއަހަރުގެ ބޮޑުއީދު ފާހަގަކުރުމަށް އިސްނަގާ ހަރަކާތް ތެރިވަނީ ހިންގުންތެރި ޓީމެކެވ...އެއީ މިދިޔަ އަހަރު
ޅޮހީކައުންސިލް އިދާރާއިން އީދު ކުޅިވަރުތަށް އިންތިޒާމުކޮއްގެން ކުރިއަށްގެންދަނިކޮށް ވަކިވެގަނެ އަސްތަކެއް ހަދައިގެން "ރަސްގެފާނުގެ ދަރިއާކައިވެނި ކުރާ" ކަހަލަ ޑުރާމާއެއް ކުޅުނުބައެކެވެ.. ވެރިއަކީ ތޮފިއެޅިޒާއެވެ.. އަދި މިކަންތަކުގެ ފަހަތުން ރަށުތެރޭގައި ހަމަނުޖެހުންތައް އުފެދިގެންދިޔައެވެ. ކަންހިގިމަގަކީ



ކޮންމެއަކަސް ތޮފިއެޅިޒާއަކީ އެހްނބަޔަކު ކަމެއްކުރތަން ދެކޭހާ ހިއްވަރު ހުންނަ ބޭފުޅަކަސްނުވުމުން އޭނާ އިސްނަގައިގެން އެކިޔާ ޔޫތުކެފޭއަކުން ނިކުތް ބައިގަނޑެއް ކިނބިގަސްދޮށަށްގޮސް އަސްތަކެއް ހދިއެވެ.. މިކަމުގައި ރަށުގެ ފުދޭވަރެއްގެ ކުދިންބައިވެރިވިއެވެ.. އަދި ސުޓޭޖުގެ ކުޅިވަރަށް ހަދާފައޮތް ތާވަލާ ފުށުއެރުމުން އީދު ކުޅިވަރުތަކަށް ފުށުއެރުމުން އެރޭގެ ކުޅިވަރުތަށްކެންސަލްކޮށް އެއަސް ކުޅިވަރު ސުޓޭޖުގައި ގަނީމހަންމަދު މެންގެ އެއްބާރުލުމާއެކު ކުރިއަށްގެންދިޔައެވެ.. ނަމަވެސް މިިދިޔައީދުގައި ކައުންސިލުން އިސްނަގައިގެން ކުޅުނު ކުޅިވަރުތަށް ތޮފިއެޅިޒާއަށް ކަމުނުގޮސްގެން ނުވަތަ އޭނަޔަށްނޫނީ ކުރެޑިތު ލިބެން ބޭނުންނުވެގެން، އޭނަވަނީ އެކަމަށް ގުރޫ÷ެއް ނެރެގެން ހަޖޫޖަހާ މަލާމަތްކޮށް ކަންކަން ކުރަން އިޅޭކުދިންނާ ދިމައަށް ފާދުފާޑުގެ އެއްޗެހިކިޔާފައެވެ.. އެންމެ ފާހަގަކޮށްލެވެނީ މޯރިން ގަނީމުހަންމަދުގެ ލެޕްޓޮޕް ހަލާކުކޮއްލުމެވެ.. ގަނީމުހަންމަދަކީ ޒަމާނީ އީދުކުޅިވަރު ޅޮހީގައި ދިރުވި ޒުވާނާއެވެ..އަދި ކުޅިވަރުތަށް އިންތިޒާމުކުރުމުގެ މާހިރެކެވެ..އޭނަ ބުނާގޮތުން އޭނަ ކަންތައްތައް ކުރާތީ ތޮފިއެޅިޒާމެންކަހަލަ ބަޔަކު އަޑިގަތިބެގެން ބޯންދީފަ މޯރިން ފޮނުވައިގެންނޭ އޭނަގެ ލެޕްޓޮޕް ހަލާކުކޮއްލާ އެއްޗެހިތައް އުކާހެދީ...



ކޮންމެއަކަސް މިއަހަރު ކައުންސިލަކުންވެސް އަދި ސުކޫލަކުންވެސް އީދުކުޅިވަރުގައި އިސްނުނަގައެވެ. މިހާރުއަޑުއިވެނީ އަދި ލޯޑުން ގޮވަނީ ބަޔަކު ކުޅިވަރުތަށް އިންތިޒާމުކުރާ އަޑެވެ.. އެބަޔަކީ ކުރިންދެންނެވި ތޮފިއެޅިޒާގެ ތޮފިއެޅިގުރޫޕެވެ..މިވެރިން ދޫދެރައެއްނުވާނެއެވެ..ހައްތާވެސް މުގުރިންނެވެ..ރާވާފާވާ ކުޅިވަރުތެރޭގައި ފުރަތަމަރޭ އީދުނެރުން،،އެދުހު ހަވީރުދުވަސްވީމީހުންގެ ފުޓުބޯޅަމެޗެކެވެ.. ދެން ރޭ ހިއްޗައްވަޑައިގަތުން،،އަނެއްދުވަހު ބަށިމެޗެއް،، ދުވަހުގެ ހެދުނު މާލިނެރުން އަނެއްރޭ ސުޓޭޖުސޯ،،އަނެއްދުހު ބޮނޑުގަނޑުކުޅުން،، ބޮޑުމަސްކުޅުން 4 ވަނަދުހު ކޯޑިކުޅުން،،،ވީމާ ކުޅިވަރުތަށް މިހިރީ ހަމަވެފައެވެ...



ވޭތިވެދިޔަ އަހަރުތަކުގައި ސުކޫލުންނާއި ކައުންސިލުން އީދުފާހަގަ ކުރިއިރު ބޮޑުހަރަދެއް ހިނގިކަމާސްވެއެވެ.. ސުކޫލުން އީދު ފާހަގަކުރިފަހަރު 21000 އަކަށްރުފިޔާ ހަރަދުވިކަމަށްވެއެވެ.. މިދިޔަ އީދުގައި ކައުންސިލުން 19 ވަރަކަށްހާސް ރުފިޔާ ހަރަދުވިކަމަށްވެއެވެ.. ވީމާ މިކަމަކީ ވަކިވެގަނެގެން ވާވަރުކަމެއް ނޫނެވެ.. އެކުވެގެން ކުރެވޭނީވެސް މިކަހަލަ ތަފާތުތައް ހަޖަމުވާބަޔަކަށެވެ...އުންމީދަކީ ރަނގަޅުއީދެއް ފެނުމެވެ... 

0 comments:

Post a Comment