އާދިއްތަ ދުވަހު ޕީޕީއެމް މީހުން ޅޮހީ ކައުންސިލް އިދާރާ ދަށައް އެއްވުމުގެ ތައްޔާރީތަށް ވަމުންއެބަދެއެވެ.. މައުލޫމާތުލިބޭގޮތުގައި މި އެއްވުމަކީ ބުރާސްފަތި ދުވަހު ޕީޕީއެމްގެ މެންބަރުންއް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ރޭވޭ ކަމެކެވެ. ނަމަވެސް މިއެއްވުމަކީ އެއްވެސް ހައިސިއްޔަތަކުން ޕާޓީއާ ނުވަތަ ސިޔާސީ ކަންކަމާ ގުޅުންހުރި ކަމެއްނޫނެވެ. ކަމަކީ ޅޮހީ ފުޓުބޯޅަދަނޑު ގެ ވަށާފާރު ރޭނުމަށް ޔޫތު މިނިސްޓޫރީން ދީފައިވާ 240000 ހ
ަކަށްރުފޔާ މާލިއްޔަތު ގާނޫނާ ހިލާފުވާތީ، ޅޮހީޒުވާނުންގެ ކުލަބަށް ނުލިބުމުން އެއްވާ އެއްވުމެކެވެ. އަދި މީގެ އިތުރުން ރަށުގައި ގާއިމް ކުރެވޭ އީސެންޓަރު ވެސް ޅޮހީ ޒުވާނުންގެ ކުލަބަށް ނުލިބިގެން ކުރެވޭ އިހުތުޖާޖެއްކަމުގެ މައުލޫމާތު މިއަތޮޅު އެންމެން ކިޔުމުގެ ސަރަފުލިބިފައިވާ ޓުރާންސްޕޭރަންޓު ޅޮއްސައް ލިބިފައިވެއެވެ..ރޭ ޅޮހީ ޔޫތުކެފޭގައި ބޭއްވުނު ބައްދަލުވުމގައި ހުރިހާކަމެއް އެންމެމޮޅައް ދަންނަ ތޮފިއެޅިޒާހިރު އާ ފައިސަލްގެ ރަންބުއްދިން އެއްފަޅި ލިބިގެން އުޅޭ ހައްޑުއަހުމަދާ މަންނޭއާ ރައީސް އިރޭ މެން ކަހަލަ ބަޔަކު ޔޫތުމިނިސްޓަ މޮންދޫދުއަށް ބަވާ އަވަގުރާނަ ގޮވިކަމުގެ ހަބަރު ލިބެއެވެ.. މިމީހުންގެ ޑިމާންޑަކީ ފުޓުބޯޅަދަނޑުގެ ފައިސާ ސިޔާސީ ނުވާ ކުލަބު ކަމުގައިވާ ޅޮހީޒުވާނުންކުލަބަށް ދިނުމެވެ. ނުވަތަ އެފައިސާ އަނބުރާ މިނިސްޓޫރީއަށް ގެންދިއުމެވެ.. ނަމަވެސް މުންދޫދު ބުނިކަމަސްވަނީ އެކަމާ ދެން އަޅާނުލާށޭ، އެކަން ކުރެވެން އޮތް ގޮތަކަށްނޫންހޭކުރެވޭނީ، ދެރަކަމަކީ އެންމެންގެ ފޯނިން ގުޅައިގެން އެވެރިން ނިސްބަތްވާ ޕާޓީގެ އިސްމީހެއްކަމަށްވާ މުންދޫދުއާ ދިމަޔައް މާލިއްޔަތު ގާނޫނާ ހިލާފައް ކަންކަން ކުރުމަށް ޑިމާންޑުކުރުމެވެ. އަދި މުންދޫދު އެ ޑިމާންޑާއެއްގޮތަށް އަމަލުނުކޮއްފިނަމަ ޕީޕީއެމުން ކެޑޭނެ ކަމުގެ އިންޒާރުދީފައިވެއެވެ.
ކޮންމެއަކަށް މިވެރިން ނުރަސްމީކޮއް ދައްކާ ވާހަކަޔަކީ އަހަރެމެން މުޅިން ބޭޒާރުވެއްޖޭ، ބޯހަލާކޭ، އަހަރެމެން ދެއްކި އެއްވެސް ވާހަކައެއް ތާކުންތާކު ނުޖެހުނެވެ.. މިވަނީކިހިނެއްކަން ބަޔާން ކުރަންޏާ ބުނެވޭވޭނީ،، އެކިޔާ އެއްޗަކީ ކުރިންވެސް މި ސައިޓުގައި ދަނޑާ ބެހޭގޮތުން ލިޔުންތަކުގައި ލިޔެފައިވާނޭފަދައިން ، ތޮފިއެޅިޒާހިރު ވިދާޅުވާހެން، އިއުލާންކޮއްގެން ދަނޑުގެ މަސައްކަތް ނުކުރެވޭނެއޭ، ކައުންސިލު އިދާރާއަކުން އެ ޕުރޮޖެކްޓު އިއުލާން ނުކުރެވޭނޭ،، އެ ދޭންޖެހޭނީ އަހަރެމެންނަށޭ،،އެއީ އަހަރެމެން ހޯދި ފައިސާއޭ،،އެއަށް ބިޑުކޮއްގެން ނަގާފަރާތަކަށް ފައިސާއެއް ނުލިބޭނޭ، މިވަރުން ނުވެގެން ކުދިބޮޑުމީހުން އެއްކޮއްގެން ހަގީގަތާ ހިލާފު ވާހަކަތަށް ކައުންސިލް ބަދުނާމުވާގޮތަށް ތޮފިއެޅިޒާހިރު ދެއްކިއެވެ..،
މިދެއްކި ހުރިހާވާހަކަ ފޮލަޔަށްވީމާ ހުސްދޮގަށްވީމާ ދެން ބުނެވޭނީ އެހެންނޫންތޯއެވެ؟
މައުލޫމާތުލިބިފައިވާގޮތުގައި،،އަސްލު މިހާހޫނުވެގެން އެއުޅެނީ މިދިޔަ ބުރާސްފަތިދުވަހު ދަނޑުގެ މަސއްކަތް ލާފައިވާ އެސްތިމޭޓުތައް އިވެލުއޭޓުކޮއް ޖަންބުމަޖީދާހަވާލުކޮއްގެން ކުރިއަށްގެންދަން ޔޫތުމިނިސްޓުރީން ޅޮހީކައުންސިލާށް އެންގުމުންނެވެ.. އެވާހަކައަޑުއިވުމުން ތޮފިއެޅިޒާހިރު ގުއިތާށިވީޔޯލައެވެ. ހޮޑުލެވެނީއޯލައެވެ..އެކަލޭގެބުނިހެން އެހެނެއް އެކަމެއް ހަމަހިލާ މުންދޫދު ނުކުރިތާއެވެ.
މިހާރު އެވެރިން ޖަންބުމަޖީދައް އިންޒާޜުކުރނީ މަސައްކަތާ ހަވާލުނުވުމަށާ، އެމަސައްކަތް ނުކުރުމަށްވެ. މަންނޭމެން ޖަންބޭމެން ހަމަ އެކަމާ ކައުންސިލްއިދާރާދަށައް އެއްވިއެންވުންތަކުގައި، ބުނެފައިވަނީ އަހަރެމެން ކަންބޮޑުޥަނީ އެކަން މިރަށުގައި ނުވެދާނެތީއެވެ.. ނަމަވެސް މިހާރު ކުރެވޭނެ ހުރިހާ މަރުހަލާއެއް އެދަނީ ނިމެމުންނެވެ. މަސައްކަތް ކާމިޔާބުކުރިފަރާތް ކަމަށްވާ ޖަންބުމަޖީދު ހަވާލުކުމުގެ މަރުހަލާގައި ދެން ހަވާލުނުވީމާ އެއެރެނީ އަމިއްލަފޯކަށް ފައިންނޫންތޯއެވެ..
ކައުންސިލަރުކަމަށް އެރުމުން ކަނޑިކިގަނޑުހަދާންނެތިގެން އުޅޭ ޑީއާރުޕީ ދެކައުންސިލަރަށް ކައުންސިލުގެ މެޖޯރިޓީ ލިބުންނަމަ ކިހާވަރަކުންދިޔައީހެވެ. މިކަމަކީވެސް އަފީފު މާލިއްޔަތުގާނޫނާ ހިލާފަށް އޭނަ މަސްލަހަތު އޮންނަ ޖަމިއްޔާއަށް ހޯދައިދޭން އުޅުނު ނާޖާއިޒްފައިދާއެކެވެ.މިކަމުގައިވެސް ރަށުތެރެ ފަސާދަކޮއް ދޮގުވާހަކަތައްދައްކަމުން ހުތުބާ އެއްއަތުގައިބާއްވައިގެން ހިނގާ ކައުންސިލަރު އަފީ ނަޒީރުއަމާފުޔައް އާދިއްތަދުވަހުން ގޮވާނެތާއެވެ.
ޓުރާންސްޕޭރަންޓުގެ އުންމީދަކީ އެވެރިން ބާއްވާ އެއްވުންވެސްބާއްވާ އެކަން ކާމިޔާބުކުރުމެވެ..އެއްވެސް ހާލެްގައި ޒާތީނުވެ، ކަންކަން ކުރަންއޮންނަ އުސޫލުން ޑިމޮކްރަސީގެ ހަމަތަކުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް، ކަންކަން ކުރުމެވެ..މުހިންމީ ކައުންސިލް އިދާރާގަތިބި މީހުން ފިއްކަނޑުވާލުމެއްނޫނެވެ.
ފައްކާ ޒާހިރު އަކީ ދެން މާބޮޑަށް އެގިގެން އުޅޭ މީހެއް، ސްކޫލްގައި އުޅޭ އެއްވެސް ދަރިވަރުކުވެސް އެއްވެސް އިހްތިރާމް އެއް ކުރާމީހެއް ނޫން..!
ReplyDelete