ޅޮހިން މަސްތުވާތަކެތި ކަމަށް ބެލެވޭ 63 ރަބަރު ޕަކެޓާއިއެކު މީހަކު ހައްޔަރުކޮށްފި

ނ.ޅޮހިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 63 ރަބަރު ޕަކެޓާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް ކުރެއްވި ޓްވީޓެއްގައި ވަނީ ނ.ޅޮހިން  63 ރަބަރު ޕަކެޓާއިއެކު މީހަކު ހައްޔަރުކޮށްފިކަމަށާއި އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައިގައި އދ. މަހެނބަދޫ ޕޮލިސް ސްޓޭޝަނުންވެސް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މިމައްސަލަތަކާއި ގުޅިގެން ފުލުހުން އަދި އިތުރު ތަފްސީލް ހާމަކޮށްފައި ނުވިޔަސް ޅޮހިން މައުލޫމާތު ދިން މީހަކު ބުނީ މިރޭ ފުލުހުން ޅޮހިން ހައްޔަރުކުރީ މުޅި އަތޮޅަށް މަޝްހޫރު ރާޝީދު (ރަބަ) ކަމަށެވެ.

0 comments:

Post a Comment