ޅޮހީސުކޫލު އެއްދަންފަޅިއަށް


ޅޮހީސުކޫލުގައި ހުރި ޕުރިންސިޕަލް ދިޔުމާއެކު އެތަން އެއްދަންފަޅިއަށް ހަދާވަހަކަ ފަތުރާލައިފިއެވެ. މިވާހަކަޔަކީ ޑިސްކޯ ފަތުރަމުންދާ ވާހަކައެކެވެ. ކިޔާގޮތުން އެތަނަށް އެކަންކުރުމަށްޓަކައި ކުލާސްރޫމެއް ބޭނުންވެއެވެ
.
މިދިޔަހަފްތާގައި ބެލެނިވެރިން އެއްކޮއްފައި ކުލާސްރޫމެއް އަޅަން ބެލެނިވެރިން ނުވަތަ ދަރިވަރުން އަތުން ފައިސާނަގަން ވާހަކަދެއްކިއެވެ. އެކަމަސް ތަރުހީބުދޭ ބަޔަކުވެސް އުޅެއެވެ. ނަމަވެސް މިދާކަތްދުވަހު ޕުރީސުކޫލު ހިންގަން ސަރުކާރުންދީފައިވާ ފައިސާ މަދުވެ ދަރިވަރުން އަތުން ކުލި ނަގާކަހަލަ ގޮތަކަށް ކައުންސިލުން ވާހަކަދެއްކުމުން އެކަމާ ދެކޮޅުހެދި މީހުން މިކަމށް ތަރުހީބު މިދެނީ ކިޢްވެބާއޭ ސުވާލު އުފެދެއެވެ. ކޮންމެކަމަކީވެސް ސިޔާސީކަމެކެވެ.
މިހާރު އެގުންގޮތުން މި ކަމަކީ އައްޕަ އަނީސު ގާސިމް ޕާޓީން ޕުރީސުކޫލަކާއި ސުކޫލުގައި ކުލާސްރޫމު އަޅާއި ދޭނެ ކަހަލަ ވާހަކަތަކެއް ދެއްކުމުން އެކަން ނުސީދާގޮތުން ކުރުވުމުގެ މަގްސަދުގައި ޑިސްކޯ އަދި ޗައްކޫކަހަލަ ބަޔަކު ހިތަށް އަރައިގެން އުޅޭކަމެކެވެ. އަދި ޕެޓިސަން ހަދައިގެން ދިމަދިމަޔަށް ހުށައަޅާ ހިޔާލު މިވެރިން އެބަ ގެންގުޅެއވެ. ނުވަތަ އެބަޔަކު ތާއީދުކުރާ ޕާޓީއަކަށް ހުށައަޅާއިގެން ޕާޓީ ޕުރޮމޯޓުކުރެވޭތޯ ބަލާ ބަޔަކުވެސް އެބައުޅެއެވެ. އެގޮތުން ޕޕމ އަށް ނިސްބަތްވާ ބަޔަކުވެސް މިކަމުގައި ގަދަޔަށް އެއްބާރުލުން ދޭކަމަށްވެއެވެ.
ކޮންމެއަކަސް ކޮންމެ ގޮތަކުންވެސް ރަށު ތަރައްގީއަށް ބޭނުންވާ ކަންކަން ކުރަން ޖެހެއެވެ. އެކަމު ސިޔާސީ ކަންކަން މަތިކޮއްގެން ކުރެވުނު ކަމެއް ފެންނާކަށް ނެތެވެ. ސިޔާސީ މީހުން އަންނަ ދުވަސްދުވަހު މިވެނި އެވެނި ކަމެއް ކޮއްދޭނެވާހަކަ ކިޔެއްކަމަކު ޅޮއްސައްވީ ކޮންކަމެއްހެޔެވެ.

0 comments:

Post a Comment