ގާސިމް އައިސްފި



މިދިޔަ އާދިއްތަދުވަހު ޖުމުހޫރީޕާޓީގެ ލީޑަރު މަސްހޫރު މަހުޖަނު ގާސިމް ޅޮއްސައް އައިސްފިއެވ. ވީހާގިނަ ބަޔަކު ނުކުމެދޭށޭ، އޭނާ އަންނަނީ މިރަށުގައި ޕުރީސުކޫލު އަޅާއިދޭށާ، ސުކޫލުގައި 2 ކުލާސްރޫމު އަޅާއިދޭށޭ، ވީމާ ޅޮހީގެ ތަރައްގީއަށް
ކުނޑިފަށްހުރި މީހަކުވިއްޔާ ނިކުންނާށޭ ކިޔައިގެން އެތައްއިރަކު ސިޔާމާ  އޮފީހު ލޯޑުން ގޮވާނެގިއެވެ. ހަދާނަން އަންނަނީ ސުކޫލު އިނދަޖައްސާލި އަދި ވެރިކަމާ ސިހުރުހެދި އަހަންމަދު ދީންހިމާޔަތްކުރަން ނިކުންނާށޭކިޔައިގެން ގޮވިދުވަސްމަތިންނެވެ.

ގާސިމް އަންނަން އޮތީ 9 ޖަހާއިރު ކަމުގައިވިއަސް އޭނާ އައީ 11.30ހާއިރުއެވެ. މަރުހަބާކިޔަން އައިބުނުވާވަރަށް މީހުންނިކުތެވެ. އެވަރުގެ ކަންތައްތަކެއް ކޮއްދެންނާ ނިކުންނާނެތާއެވެ. ސަފުގެ ކުރީގައި މަހުޖަނު ސަރީފާއި ކައުންސިލަރު އަފީފާ ފަތުހުﷲ ޑިސްކޯ އާހުއްޓެވެ. އަނީސަށް ޖާގަ ލިބުނީ މިމީހުންގެ ފަހަތުންނެވެ. ބަނދަރަށްފައިބާ ނިކަގަސްދަށުގައި  އޭނަގެ މެނިފެސްޓޯއާ އޭނާއަށް ވެރިކަން ލިބިއްޖެނަމަ ކޮއްދޭނެ ކަންކަން ކިޔާ އަވަދިވެއްޖެއެވެ. ނަމަވެސް އެއްކަލަ ކުލާސްރޫމު ތަކުގެ ވާހަކައެއް ނުދެއްކިއެވެ. 

ރަށުއޮފީހަށް ގާސިމް ދިޔައެވެ. އެތަނުގައި ސިޔާސީހަރަކާތެއް އަފީފުއާ ފަތުހުﷲ ބޮޑަކަށްވެގެން ހިންގިއެވެ. ވަރައްގިނަ ކަންކަން ކޮއްދޭށޭ ކިއެވެ. ޕުރީސުކޫލަށް އެހީއެއް ދޭނެވާހަކ ބުންނެވެ. އެއީ ކޯޗެއްކަމެއް ސާފެއް ނުވެއެވެ. ދެން ދިޔައީ ސުކޫލަށެވެ. ސުކޫލުން ޑީސްކޯއާ ޗައްކޫ އަދި ޒާހިރު ހުދުވަންދެން ފުއްޖަހައިގެން ބެލެނިވެރިން ގެންގޮސް ރެޑީވެގެން ތިއްބެވެ. ގާސިމް ދިއުމުން އެއްކަލަ 2 ކުލާސްރޫމުގެ ވާހަކަ ބުނުމުން ބުނީ މަ ނުދެނަހުރީމޭ.. ދެން އަނީސް ވައްދާފަ އެވާހަކަ އެހުމުން އަނީސްގޮސް ގާސިމް ކަންފަތް ދަށުގަ ވާހަކައެއް ބުނުމުން ، ގާސިމް ބޯހަލުވާލާފަ ބުނީ އާ ކުލާސް ރޫމެއްގެ ވާހަކަ ބުނީމޭ އެއީ ވެރިކަން ލިބިއްޖިއްޔާއެވެ. އެހެން ކަމަކާ ހަވާލެއް ނުވިއެވެ. އަފީފުމެން ބޯޅަދަނޑު ދައްކާފަ ވެލިއަޅާދީ ރީތިކޮއްދޭށޭކިޔައިގެން ހުށައެޅިކަމަށްވެއެވެ. އޭނާ ހަވާލުވަނީ ވެރިކަން ލިބުނިއްޔާ އެވެ. "ވެރިކަމަށް މަނަގާށޭ" މީ ގާސިމްގެ އަތްމަތީ ބަހެވެ. ޔޫބެ ގައިންހަންގޮސް ބަލިވެގެން ގާސިމް ދިޔައިރު ދިޔައީ ގޮވައިގެނެވެ. އަދި މިކަމާ ގުޅިގެން އެ އާއިލާގެ ގިނަބަޔަކު އަދި ޕޕމ ގެ ގިނަބަޔަކު އެޕާޓީއަށް ވަންނަ ކަމުގެ ހަބަރު ވަނީ ފެތުރިފައެވެ. 

ހިގާދިޔަކަންތައްގަނޑައް ބަލާއިރު، އަނީސް، ޑިސްކޯ ،ޒާހިރު، ޗައްކޫ، އަފީފު ، ފަތުހުﷲ ފަދަ ބޭފުޅުން މިވަނީ ރައްޔިތުންނަށް ވަރައްބޮޑު އޮޅުވާލުންތަކެއް އޮޅުވާލާފައެވެ. އެތައްބައިވަރު ކަންތައްތަކެއް ކޮއްދޭނަމޭ ކިޔައިގެން ބޮޑުވަގު އައްޕަ ތިމަރަފުށީ އަނީސް ގެ ބަހައް ރަށުގެ ރަނގަޅު ވެރިންތައް ހޭދެބައިވީތީ އަޖައިބުވެއެވެ. އެއްހާރަކުވެސް ނޫޅޭނެ ވެރިކަން ނުލިބެނިސް ކަންކަން ކޮއްދޭބަޔަކު. އެއްކަލަ 30 އަހަރު ޔާމީނުމެން އައިސް އިސްޕީކަރަޖޯޑެއް ދީގެން ވޯޓު ހޯދި ދުވަސް އިއާދަކުރަން މަސައްކަތް ކުރުމީ ކައުންސިލަރު ބޯގޯސް އަފީފުމެން ލަދުގަންނަން ޖެހޭވަރުކަމެކެވެ.

0 comments:

Post a Comment