ޅޮހީސުކޫލުގައި ސިހުރު 3 ވަނަ ބައި

އެކްސްޓެންޑެޑް ހިސާބު ޓީޗަރުކަން ދިނުމުގެ މަސައްކަތް ބެލެނިވެރިންނާ ކައުންސިލަރުންނާ ހިސާބުން ވަރަށް ކެހިވެރިކަމާއެކު ގެންދިޔޔައެވެ. ޑިސްކޯ ޒާހިރަށް ސުކޫލުގެ ވެރިކަން ދޭންވެގެން ކައުންސިލަރުންގާތު " އަހަރެން ބުނިކަމަށް ނުހަދާ ޒާހިރުގާތު
ހަވާލުވާން ވީނޫންހޭ " ކިޔައިގެން ވާހަކަދެއްކިއެވެ. މާނޫންކަމަށް ހެދެންވީމާ މިފަދަގޮތަކަށް އަމަލުތަށް ބެހެއްޓުމަކީ ވެދާނެކަމެކެވެ. ކޮންމެއަކަސް އަލީގެ ވެރިކަމަކަށް މާ ގިނަދުވަހެއް ނުވިއެވެ.
އެއަށްފަހު 2012 ވަނައަހަރު ޕުރިންސިޕަލަކަށް މިނިސްޓުރީން ފޮނުވީ ރ އަލިފުށި މާލިކުއެވެ. އޭނާވެސް ތަނަށް އައުމާއެކު ހަމަ ކުރިން ދެންނެވުނު ބައިގަނޑު ފައްކާ ޒާހިރާ އޭނަގެ އަނބިކަބަލުން ޑިސްކޯއާ ދޮންބެ ޗައްކޫ ގެ މަސައްކަތް ފެށުނެވެ. އޭނައަށް އެއްވެސް އެއްބާރުލުމެއް ނުދީ އޭނަކަމުނުދާ ވާހަކަޔާ ފޮނުވާލަން ވީ ކަމުގެ ވާހަކަތަށް ފެށުނެވެ. ފަހުންފަހުން އައިސް އޭނާވެސް ވަރުގަދަ މައިގްރޭނެއްގެ އުދަގޫ ވެ، ދެފަހަރު ހަމަޔަށް ސުކޫލަށް ނުދެވި ހޮސްޕިޓަލުގައި އެޑްމިޓްވާން ފަށައިފިއެވެ. ބުނަން ނޭންގޭ ބޮލުގަ ރިހުމަކާ ގައިގަރިހި ރޯގާ ޖެހި މީހާ އެކަށް ހާންތިވެއްޖެއެވެ. ބަލިވެ ސުކޫލަށް އަންނަ ދުވަސް މަދުވާން ފެށުމުން ފައްކާޒާހިރާ ޑިސްކޯ ވަނީ އޭނާ ބައްދަލުވުމެއް ނަގާއިރަށް މައުލޫން ބޭރުވެ ކަލެ ނާންނަނީ ކީއްވެތޯއާ ކަލެއަށް މިކަން ނުވަންޏާ އިސްތިއުފާ ދީފަ ދާންވީނޫންހޭ ކިޔައިގެން ރަސްމީ ބައްދަލުވުން ތަކުގައި ވާހަކަދައްކަން ފެށހިއެވެ. މި ޕުރޮޕެގެންޑާ ޕީޕީއެމުގެ ތެރޭގައި ސިޔާސީ ކޮއްލުމަކީ އެމީހުނަށް ލިބޭ އެންމެ ބޮޑު ބާރުކަމުން ހަވޭލި އަހުމަދުމެން ކަހަލަ ހައްދު ފަހަނަ އެޅި ބަޔަކު ނެރެ އޭނާޔަށް އިންޒާރުކޮށް ހަދަން ފެށިއެވެ. އެއްކެފޭއަކަށް ދާވާހަކަޔާ މިހެންގޮސް ކާއެއްޗިއްސާ ބޯއެއްޗިހީގެ ވާހަކަޔާ ދައްކާ އޭނާ އަމިއްލައަށް ދާ ހިސާބަށް ކަންތައް ދިއުމުން އޭނާވަނީ 2012 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި އިސްތިއުފާދީފަގޮސް  އެއަތޮޅު ރަށެއްގައި މިހާރުވެސް ޕުރިންސިޕަލަކަށް އެބަހުއްޓެވެ. ބަލިގަނޑު އެހާލުގައިނަމަ އެހެންތާކުވެސް ނޫޅެވުނީސް ކަންނޭންގެއެވެ. އެއަހަރުގެ ދެބައިކޮއްފަ އެއްބައި ނިމިދިޔައީ ޕުރިންސިޕަލެއްނެތި ނަމަވެސް އެ ބައިގަނޑުގެ ފުރިހަމަ ކޮންޓުރޯލާ ބާރުގައެވެ.
އެއަށްފަހު 2013 ވަނައަހަރު ޕުރިންސިޕަލަކަށް އައީ ކުޑަފަރީ އަންހެނަކާ އިނދެގެންއުޅޭ މާލޭ ހަލީމް އެވެ. ތަޖުރިބާކާރު ދުވަސްވީ ބޭފުޅެކެވެ. އެ ބައިގަނޑު މިފހަރު މި ގެނައީ އެ ވެރިންގެ ރަހްމަތް ތެރިއެއް ބުނި ގޮތެއް ހަދާނެ ރަނގަޅު މާލިމީއެކެވެ. އޭނާއަށްވެސް ވީ ހަމަ އެހެން މީހުނަށްވެސް ވީވަރެވެ. ދުވަސްކޮޅކުން ޗައްކޫގެ ދުލުކުރި ދައްކަން ފަށައިފިއެވެ. މޫނު ވަތައްޖަހަން ފަށައިފިއެވެ، އެއްބާރުލުން ކުޑަވެ އޭނަގެ ބޮލަށް ބަރުވާން ފަށައިފިއެވެ، އެއްކަލަ ކަހަލަ ބޮލުގަ ރިހުމާ ނޭވަޔަށް އުނދަގޫވުމާ ގޮތް ނޭންގޭ ގޮތްތަށް ވާންފަށައިފިއެވެ. އޭނާވެސް ޕުރިންސިޕަލް ކޮޓަރިއަށް ވަނުމުން ގޮތްތަށް ވާކަން ފާހަގަކުރެވި އެވަހަކަ ތަނުގެ ބައެއް މީހުން ގާތު ބުނެފައި އެބަހުއްޓެވެ. ބަލިވެ މަނަދުއަށާ މާލެއަށް ގޮސްގޮސްފަ އުޅެފަ، މާގިނަ ދުވަހެއް ނުވެ ކޮންޓުރެކްތް ހަމަވިއްޔޭ ކިޔަފަ އޭނާ ގޮސްފިއެވެ.ތަނާއިގެން ލޯބިން މިއުޅޭ ބައިގަނޑު ރުހި ގަބޫލުވެގެން ސުކޫލު ހަމަޔަކަށް އަޅުވާލަން ގެނައި މީހާ 2 މަސްދުވަސް ވެފަ ދާތީ ކަންބޮޑުވުމެއް ނެތެވެ. އޭނާ ދިއުމަށްފަހު ބަލިގަނޑު ރަނގަޅެވެ. އަދި އޭނާ ދިއުމަށްފަހު ބައެއްމީހުންގާތު ސުކޫލުގައި ސިހުރުކަމަށް ލަފާކުރެވޭ ގޮތް ނޭންގޭ ކަންތައްތަކެއް ހުރިހެން ހީވާ ކަމަށާއި، ތަނުގެ މެނެޖުމަންޓުގައި ތިބި މީހުންގެ ނާގާބިލުކަމާ ތަކައްބުރުކަމުން ތަނުގައި ކަމެއް ކުރެވޭ ވަރެއްނޫނޭ ކިޔައިގެން ވަހަކަ ދައްކަފަ އެބަހުއްޓެވެ. މީނައަށްފަހު ޕުރިންސިޕަލަކަށް މިއަހަރު އައީ ލަންކާގެ މީހެކެވެ. މީނަގެ ވާހަކވެސް ހަމަ މިގޮތެވެ.   ..ނުނިމެ....
==  4 ވަނަބަޔައް އިންތިޒާރުކޮށްލައްވާ===


0 comments:

Post a Comment