މިސްލިތު ދޮރުފަތްތައް ހިލާ، ކާލީ ކައުންސިލަރުއަފީފް




ޅޮހީ މިސްކިތުގައި މިދިޔަ ރޯދަޔާ ދިމާކޮއް ދޮރުފަތްތަކެއްލީ ވާހަކަޔަކީ ރޯދަމަހުގެ ދެވަނަދުހު ގަދަވި އަޑެކެވެ. މަސައްކަތުގެ ފެނަވަރު ދައްވާހަކަޔާ ނުނިމި ލަސްވާ ވާހަކަ ދައްކަން ފެށުމުން ކައުންސިލަރު އަފީފު ރޯދަޔައްހުރެ ސަބޭމެންކަހަލަ މީސްމީހުންގާތު ބުނީ އެއީ ހިލޭސާބަހައް ކުރާކަމެކޭއެވެ. ނަމަވެސް ފަހުން އެގުނުގޮތުގައި އެމަސައްކަތަކީ އެސްޓިމޭޓަށް އިއުލާންކޮއްގެން ފައްކާހަސަނަށް ނާޖާއިޒުކޮއް ހޯދައިދޭންއުޅުނު ފައިސާގަޑެއް ކަމެވެ. އެއްނމެ ފަރާތަކުން ކުރިމަތިލީ މި މަސައްކަތް ހަވާލުކޮއްގެން ކުރާނެ ދުވަކު ކުރަމުންގޮސް ރޯދަމަސް ނިމެންއުޅެނިކޮށް އެމަސއްކަތް ނިންމާ ކައުންސިލާވަނީ ހަވާލުކޮއްފައެވެ. ދެންވީ ކިހިނެއްތޯއެވެ..


މަސައްކަތް ކުރުމަށް އިސްލާމިކް މިނިސްޓުރީން ދީފައިވަނީ 38900 ރުފިޔާއެވެ. އިއުލާން ކޮއްގެން ކުރިމަތިލީ ފަރާތް ކަމުގައިވާ ހަސަނުގެ ދަރި ހުށައެޅު އަގަކީވެސް ހަމަ އެއަގެވެ. ކޮންފަދަ އިއްތިފާގެއްބާވައެވެ. ކޮންމެއަކަސް15 ދުވަސްތެރޭގައި ނިންމުމަށް މަސައްކަތް ހަވާލުކޮއް ގެން ކުރިއަށް ގެންދެއެވެ. މަސައްކަތް ނިންމާ ކައުންސިލާ ހަވާލުކުރީ ހަމަގައިމުވެސް 3 މަސްދުވަސް ފަހުންނެވެ. މި މަސައްކަތުގެ ހުރިހާ އިދާރީ މަސައްކަތެއް ކުރީ ކައުންސިލަރު އަފީފު

އެވެ. އެގުރިމެންޓު ލިޔުމާ އެގުރިމެންޓުގައި ސޮއިކޮއް ހަވާލުކުރީ ހުދު އެބޭފުޅާއެވެ. ކައުންސިލުގެ ރައީސަކައް ވާނުވާއެއްވެސް ނޭންގެއެވެ. މަސްސަލަެއް ނެތްތާއެވެ. މައްސަލައަކަށްމިވީ ފައިސާދެންޖެހުނު ހިސާބުންނެވެ. އެގްރިމެންޓުގައި މަސައްކަތް ނިންމަން ބުނެފައިވާ ދުވަސް ފަހަނަ އެޅުމުން ފައިސާ ކަނޑަން ޖެހުނު

ހިސާބުންނެވެ. އެގުރިމެންޓުގައި ބުނެފައިވާގޮތުން މުއްދަތު ހަމަވެ އިތުރަށްހިނގާ ކޮންމެދުވަހަކަށް މަސައްކަތުއަގުގެ 5% ކަނޑަންޖެހެއެވެ. ވިއިރު ދުވާލަކު 1945 ރުފިޔާ ދުވާލަކަށް ކަނޑަން ޖެހުނީއެވެ. ދެންބަލަންވީ މުއްދަތުހަމަވެ އިތުރަށް ހިނގީ ކިތަށް ދުވަސްތޯއެވެ. ކައުންސިލު އިދާރާއިން މި މައުލޫމާތު ސާފުކޮއްލުމުން އެނގުނީ މަސައްކަތް ކުރިފަރާތުން އެކިއެކި ސަބަބުތަކާހުރެ މަސައްކަތް ނުކުރުވުމުން މުއްދަތުން ކެނޑުމަށް ހުށަހަޅާފައިވާ ދުވަސްތައް ކަނޑާލުމުންވެސް 51 ދުވަހަށް ފައިސާ ކަނޑަން ޖެހުނީއެވެ. އެއީ ކިހާވަރެއްތޯބަލަން 51 ދުވަހާ 1945 ރުފިޔާއާ ގުނަ ކޮއްލަމާހިނގާށެވެ. ޖަވާބަކީ 99195 ރުފިޔާއެވެ. ދެންވާނީ ކިހިނެްތޫއެވެ. ދޭނެ އެއްޗެއް އޮންނާނެބާވައެވެ. ކައުންސިލަރަކު ބުނި ގޮތުގައި މިމައްސަލަދިމާވެގެން ފައިސާ ދޭނެގޮތެއް އޮތްތޯ ހޯދާހޯދާ ކަންފަތިވެއްޖެއެވެ.


ކަންފަތިވާނެކަމެއް ނެތެވެ. ކައުންސިލަރު އަފީފު ފޯނު ނަގާ ދިމަދިމާއަށް ގުޅަން ފަށައިފިއެވެ. މިނިސްޓުރީތަކަށް ގުޅައިގެން މިފައިސާ ދޫކޮއްދޭށޭކިޔައިގެން އެއީ މިސްކިތެކޭ ހެޔޮނުވާނޭ ކިޔައިގެން ވާހަކަދައްކަނިކޮއް ފިނޭންސު މިނިސްޓުރީން އެބޭފުޅާއަށް ފޮނުވީ މާލިއްޔަތު ގަވާއިދުގައި ލިޔެފައޮތް " ލިކުޑިޓޭސަނަލް ޑޭމޭޖަސް" އޭ ކިޔާ ބާބެކެވެ. ސަލާމަތެއް ނެތެވެ. އެ ބާބު ބުނާގޮތުން މިފަދަ މަރުހަލާއަކަށް އައުމުގެ ކުރިން އެ މަސައްކަތް ހަވާލުވި ފަރާތަށް ގެންލުން ވުމުގެ ކުރިން އެކަން އެފަރާތަށް އަންގާ އެވަރުން ނުވެއްޖެނަމަ މަސައްކަތް އަތުލަން ޖެހެއެވެ. އަދި އެކަންކަން ކުރާނެ ތަފްސީލު ބީތާ ނުވާ މީހުނަށް އެގެނެހެން ލިޔެފައޮވެއެވެ.


މިހާރު ފައިސާ ނުލިބިގެން ކައުންސިލަރު ބީތާއަފީފު އަތްދަށުވި މީހުން އެބަ ދުވެއެވެ.އެބީތާ ބުނަނީ އެފައިސާ ނުދެނީ އޮފީހުގައިތިބި އިދާރީމީހުނާ ދެންތިބި ކައުންސިލަރުންނެވެ. މިކަމުގެ ވާހަކަ އޮފީހުގެ ވެރިޔާ ގާތު އަހާލުމުން ވަރަށް ކުރުކޮއް ފޮނިކޮށް ބުނީ" އެކަމުގެ ހުރިހާކަމެއްވެސް ކުރީ ކައުންސިލަރު އަފީފު ކަމަށާއި، ފައިސާ ނުދި ހިފަހައްޓަނީ މިރާއްޖޭގަ އަމަލުކުރަމުންދާ މާލިއްޔަތާބެހޭ ގާނޫނާއި އޭގެ ދަށުން ހަދާއަމަލުކުރަމުންދާ މާލިއްތާއިބެހޭ ގަވައިދު ކަަމަށެވެ. ތިކަން ތިހިސާބަށް ނުދަނިސް ތިވާހަކަ އޭނަ ދެއްކުމުން ކައުންސިލަރު އަފިފު އޭނަޔާ ދިމާލަށް މިދިޔަ ރޮދަމަހުގެ ދެވަނަދުހު އޮފީހުތެރޭގައި އޭނަޔާ ދިމާލަށް ބީތާއަށް ކަނަށް

"ގޮވިކަމަށެވެ”.” އިތުރަށް ތިކަން އޮޅުން ފިލުވަން އެސިއްދީގު ގާތަށްދާށޭ"



މިވަރުންވެސް ކަނަކުއަތްދަށުވިޔަށް އެކަހަލަ ބީތާއެއްގެ އަތްދަށުނުވެ ސަލާމަތްވޭތޯ ބަލަމާ ހިނގާށެވެ.






0 comments:

Post a Comment