ޅޮހީގައި އީ ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ނ.ޅޮހީގައި ނެސަނަލް ސެންޓަ ފޯ އިންފޮމޭސަން ޓެކްނޮލޮޖީއާއި ޅޮހީ ކައުންސިލް ގުޅިގެން މީގެ އަހަރެއްހާ ދުވަސް ކުރިން ގާއިމްކުރަން މަސައްކަތް ކުރަމުންދާ އީ ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި އީ ސެންޓަރަކީ ޅޮހީގެ ރައްޔިތުންނަށް އީ
ޓެކްނޮލޮޖީގެ ރޮގުން ހިދުމަތް ދިނުމަށް ގާއިމްކުރެވޭ ސެންޓަރެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ސެންޓަރުން އިންޓަނެޓް ނުވަތަ ކޮންޕިއުޓަރުގެ ހިދުމަތް ނުވަތަ ދަސްކޮއްދިނުމާ ބޭނުންކުރަން ލިބިދޭނެއެވެ.

ކުރިން މި ސެންޓަރަކީ ހިލޭ އިމާރާތެއް ފޯރުކޮއްދިނުމުން ބައެއް ތަޖެއްޗާ އެހީ  އެފަރާތުން ދީގެން ހިންގަން މަސައްކަތް ކުރި ޕުރޮގްރާމެކެވެ. ނަމަވެސް ރަށުގައި ހައްދުފަހަނައެޅި ބަޔަކުވަނީ މި މަސައްކަތް ކާިމިޔާބުކުރި ތަނުގައި ކުރަންޏާ އެ މީހުންގެ ދަރިންނަށް ނުވަދެވޭނެ ކަމުގެ އިޒުރު ދައްކާ ކުރިއަނުދީފައެވެ. މި މީހުންނާ ޑރޕ ދެ ކައުންސިލަރުން ވަނީ މި ކަން ކުރަމުންގެންދާ އެންސީ އައިޓީއަށް ގުޅާ އަވަގުރާނަގޮވާ މި ކަން ހުއްޓުވުމަށް ގޮވާލަާ އިހުތިޖާޖްު ކޮއްފައެވެ. އަދި މުންދު މެދުވެިކޮށް ސަރުކާރުގެ ތެރއިން އެކަމަށް ހުރަސްއަޅާފައެވެ. ކަން މިހެންވުމުން މި ހިދުމަތް ޅޮހީގައި ގާއިމު ނުކުރެވި އަހަރުދުވަސް ފާއިތުވުމަށްފަހު ޅޮހީ ކައުންސިލުގެ އެމްޑީޕީ 3 ކައުންސިލަރުންނާއި އިދާރީ މީހުންވާނީ މިކަން މިވަނީ ކާމިޔާބުކޮއްފައެވެ. އިމާރާތެއް އެގޮތް މިގޮތުން ކައުންސިލް އިދާރަގެ ފަރު ތެރޭގައި ހަދަން ފަށާފައެވެ. މިވަރުންވެސް މިކަންކުރެވިއްޖިއްޔާ ރަށުގެ ހުރިހާ ކުދިންނަށްވެސް ފައިދާ ކުރުމީ ވެދާނެކަމެކެވެ.

މިހާރު ވަރަށްބާރަށް އިމާރާތް ރޭނުމުގެ މަސައްކަތް ކުރަމުންދެއެވެ. ކައުންސިލުން މައުލޫމާތު ލިބުން ގޮތުގައި ކުރިއަށްއޮތް ދެމަހެއް ތެރޭގައި ހިދުމަތް ދެވޭވަރު ވާނެއެވެ. މިކަމުން ސުކޫލުކުދިންނަށާއި ޒުވާނުންނަށް އަދި ހަރު ބޮޑު އެންމެނަށް ބައެއް މުހިންމު އައިޓީ ކަންކަން ދަސްވެ ހިލޭ އިންޓަނެޓް ލިބޭނެއެވެ. އެއަރ ކޯން ކޮޓަރިއެއްގައި މިކަންކަން ކޮއްލަން ހިލޭ ސާބަހަށް ލިބުމަކީ މިއޮއް ހަލަބޮލި ރާއްޖޭގައި ލިބޭވަރު ކަމެއްވެސް ނޫނެވެ. އަދިވެސް މި ހައްދު ފަހަނައެޅި މީހުން މިކަންކަން ހުއްޓުވުމަށްނުވަތަ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރުމީ ކޮއްފާނެކަމެކެވެ.   

0 comments:

Post a Comment