ޅޮހީ ސުކޫލުގައި ސިހުރު (1 ވަނަބައި)

ޅޮހީ ސުކޫލުގައި ސިހުރުގެ އަޑު މިވަނީ ގަދަވެފައެވެ. މީގެ އަހަރެއްހާ ދުވަސްކުރިންވެސް މި ކަމާ ގުޅުންހުރި ވާހަކަތަށް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އޭރު އެ އަޑުތަކަކީ މާ ވައިގަ ހިފާ ކަމަކަށް ނުވިއެވެ.
އެ އަޑުތަކަކީ ސުކޫލު ކޮށިތެރޭގައި ހުރި ގެއެއް ބަދަލަށް 4 ލައްކަ ރުފިޔާ ހަރަދުކޮއްފަ އެ ބިން ސުކޫލުގެ ބިމެއްގެ ގޮތުގައި ހަމަޖެއްސާފަ ދުވަސްކޮޅަކުން ކިޔަން ފެށީ އެތަނުގައި ގަބުރު ހުރިވާހަކައެވެ.  ކައުންސިލަރު އަފީފު މަސްއޮޑި ކެފޭއަށް ބަޔަކު ގެންގޮސްގެން އެ ސުކޫލުގެ އެތެތެރެ ފުރެންދެން ގަބުރު ހުރި ވާހަކަޔާ އެތަނުގައި އުޅޭ މީހުނަށް ގޮތްގޮތް ވާކަމުގެ ވާހަކަ ދެއްކީ އޭނަގެ ބޭބެ ޅޮހީ ސުކޫލު ހަލާޚުކޮށް ބޮލަށްބަރުވެގެން ސުޚުލުގެ ޕުރިންސިޕަލް ކަމުން އިސްތިއުފާ ދިން ހިސާބުންނެވެ. ކޮންމެއަކަސް މި ވާހަކަތަކީ މާކަ ވައިގަ ހިފި ވާހަކަތަކެއްނޫނެވެ. ގިނަބަޔަކު މިކަމާ ކުރީ މަލާމާތެވެ. ނަމަވެސް މިހާރު މިކަމުގައި އަސްލުތަކެއް ހުރިކަމުގެ ލިސާންތަށް އެބަ ފެނެއެވެ.

މި ދިޔަ މަހުތެރޭގައި ސުކޫލުގެ މަސައްކަތު ސޯލާ މިވަނީ ސުކޫލު ގުރޭޑު 4 ގެ ފިރިހެން ކުއްޖެއް ގައިގަ ކުނިކަހަން ގެންގުޅޭ ފިހިގަނޑުން ޖަހާފައެވެ. އެކުއްޖާއަކީ އަހުލާގީ ގޮތުން ރަނގަޅު، ފާހަގަ ކޮއްލެވޭ ކުއްޖެކެވެ. އޭ ހާދިސާގެ ފަހުން އެކުއްޖާ ވަނީ ޖިންނި މޮޔަވެ އެކަމުގެ ވާހަކަތަށް ކިޔައިދީ ހަދާފައެވެ. މިހާރުވެސް އެކުއްޖާ މޮޔަވެ ޖިންނި ސައިތޯނުންގެ އަނިޔާ އެކުއްޖާއަށް ލިބޭ ކަމަށްވެއެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް ފިހިގަނޑުން ޖެހި މައްސަލަ އޮތް ގޮތަށް އޮތީއެވެ. ސޯލާ ބަރާބަރަށް ސުކޫލައް ވަޒީފާއަށް ނިކުމެ ބަރާބަރަށް މުސާރަ ލިބެއެވެ. ނަމަވެސް އެ ކުއްޖާއަށް ދެދުވަހު ހަމައަށް ސުކޫލަށް ކިޔަވަން ނުދެވި އެކުއްޖާގެ ކިޔެވުން ވަނީ ހަލާކުވެފައެވެ. ނަފްސާނީ ގޮތުން ބައްޔަކަށްވެ މުސްތަގުބަލް ބަނަވެފައެވެ.

ހަމަ އެއާއިލާގެ އެކުއްޖާގެ ދައްތަ ވެސް ވަނީ ހަމަ މިގޮތަށް ޖިންނި މޮޔަވުމުގެ ސަބަބުން ކިޔެވުމަށް ބުރޫއަރާ ނަފްސާނީ ބައްޔަޔަކަށް ވެފައެވެ. ސޯލާ އާންމުކޮށް އެ އުމުރުގެ އަންހެން ކުދިން ސުކޫލުން ނިމިގެން ނިކުންނަ ގަޑިޔާ ދިމާކޮށް އެކުދިންގެ ކުރިމައްޗައް އަރާ ކުރިބައްދާ ހަދާކަމުގެ އަޑުއިވެއެވެ. އަދި ބައެއް ފަހަރު އެ ކުދިންގެ ގައިގާ އަތްލާ ހަދައެވެ. ދާދި ފަހުން ޓީޗަރަކު ބުނި ގޮތުގައި އޭނާ އިސްޓޭޖުމަތީ ކުލާހުގައި ހުއްޓާ ސުކޫލުގެ ނޯޓިސް ބޯޑުކައިރިއަށް ހުދު މިބުނާ އަންހެން ކުއްޖާ ޓައިމްޓޭބަލެއް ނޯޓުކުރަން އައިސް ހުއްޓާ ސޯލާ ވަނީ 15 މިނެޓޭއްހާއިރު ބުރަކަށީގަޔާ ކޮނޑުގައި އަތްލައިގެން ހުރެ ފިރުމާހަދާފައެވެ. އެއްޗެއް ކިޔެވިކަމެއް ނުކިޔަވާކަމެއް ނޭންގެއެވެ. އެއީ މީގެ 2 އަހަރެއް ކުރިންނެވެ. ނަމަވެސް އެކަމަކީ އާދަޔާ ހިލާފު ކަމެއް ކަމށް އެ ޓީޗަރަށް ފާހަގަ ކުރެވުނީ މި ކަންތައްގަނޑު ތިލަވީމައެވެ. ސޯލާ އަކީ ފެށުނީއްސުރެ ވަރަށް ޅަފުރާ އަންހެން ކުދިންނާ މައްލަވާކުރާ މީހެއްކަން ރަށުގެ ދުވަސްވީ މީހުން ބުނެއެވެ.

ކަންކަން އިންތިހާޔަށް ގޮސްފައިވުމުން ރަށުގައި މިވަގުތު ސިހުރު ބާތިލުގެ މަސައްކަތުގައި އުޅޭ މީހަކު ވަނީ އެކަން ކުޑަގޮތަކަށް ސާފުކޮއްފައެވެ. އަދި އެހެންވެސް ގޮތްގޮތުން އެގުނު ގޮތުގައި ސުކޫލުގެ ދެ ދޮރާށިއަށާ އެސެންބުލީ މާލަމަށާ ދިދަ ދަނޑިކައިރިޔާ އެތާހުންނަ ޕޯޑިއަމްކައިރީ ވަރުގަދަ ސިހުރުތަށް ހުރިކަމަށް ވެއެވެ. އަދި ޕުރިންސިޕަލް ކޮޓަރިވަށައިގެން ކަންކަން ކޮއްފަ ހުރި ކަމަށްވެއެވެ. އެކަންކަން ކޮށްފައިވަނީ ތަނުގެ ވެރިކަން ބޭނުންވެގެންނާޢި އެތަނުން އުނގެނޭ ދަރިވަރުންގެ ތައުލީމު ހަލާކުކޮށްލުމަށް ކަން ވަނީ އެނގިފައވެ.                  ނުނިމެެެ

1 comments:

  1. from my own diagnose, Principal room in hama symptoms thah fennunu.

    ReplyDelete