ޅޮހީ ކައުންސިލްގެ ހުވާކޮއްފި



މިލަދުއްމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލަށް 5 މެންބަރުން ހޮވި އެ މެންބަރުން ހުވާކޮއްފިއެވެ. ހުވާކުރުމުގެ ދަރުބާރު އޮތީ ޅޮހީސުކޫލުގައި 26 ފެބް ދުވަހު 14:00 ގައެވެ. ޅޮހީގެ އާ ކައުންސިލަށް ހޮވުނީ:

އަބްދުރަހީމް މުހައްމަދު ، ފިނިހިޔާގެ

އަބްދުﷲ ސާލިމް، އައިނަސީރު

މުހައްމަދު އިރުފާން، މިލާނޯ

ހުސެއިން އަފީފް، އޯކިޑްމާގެ

އަބްދުލް މަންނާންއިބުރާހިމް، ހިކިފިނިފެންމާގެ

އާ ކައުންސިލްގެ ފުރަތަމަ ޖަލްސާވެސް ހަމަ އެދުވަހުގެ 1450 ގައި ފެށި ރައީސްކަމަށް އިރުފާން އަދި ނައިބު ރައީސްކަމަށް އަފީފް ހޮވާފައިވެއެވެ. ވީމާ އާކައުންސިލަށް މަރުހަބާ ކިޔަމެވެ.

0 comments:

Post a Comment