ޅޮހީ ސުކޫލުން މަސައްކަތު ދުވަހެއް ފާހަގަކޮއްފި


މިދިޔަ ހޮނިހިރު ދުވަހު ޅޮހީ ސުކޫލުގެ ބެލެނިވެރިން މަސައްކަތު ދުވަހެއް ފާހަގަކޮއްފިއެވެ. މި މަސައްކަތު ދުވަހަކީ ބައެއް ކިލާސްތަކައް ބޭނުން ކުރާނޭ ތަކެތި ހޯދުމަށާ ސުކޫލުގެ ވަށާ މަގުފާރުގައި ސިމެންތި ޖަހާ ޒީނަތް ތެރި ކުރުމަށް ފައިސާ ހޯދުމުގެ ގޮތުން ބެއްވި މަސައްކަތު ދުވަހެއް ކަމުގައި ހަބަރު ލިބެއެވެ. މިމަސައްކަތު ދުވަހުގައި މަސައްކަތު ނިކުތީ ބެލެނިވެރިންނެވެ. އާދެ އެޅިހާބަތަކަށް ރިހަވާ އަންހެން ކަނބަލުންނެވެ.

ޒަމާން ތަރައްގީވެ ރައްޔިތުން ނެރެގެން މަސައްކަތް ކުރުން ހުއްޓިފައިވާ ދުވްސްވަރެއްގައި އެ އާދަކާދަ ދިރުވާ ވެރިކަމަކުން ފުރަތަމަވެސް މިކޮއްލީ ދުލުގަ ދަމާކަހަލަ ކަމެލެވެ. މާމޮޅުކަމެކެވެ. މޮޅުވާނެތާއެވެ.

އަންހެނުންގަނޑު އެއްކޮއްފާ މިކަންކަން ކުރަން މަސައްކަތު ދުވަހެއް ބާއްވަން ވީއޭ ބުނައިރަށް އާދެހޭ ކިޔެވެ. ގުރޫޕުތަށް ބަހާލެވުނެވެ. ހުރިހާ ގުރޫޕެއގް މެންބަރުން މަސައްކަތު ނިކުންނަން މަޖުބޫރެވެ. ނުނިކުތް ބެލެނިވެރިޔަކު އެ ބެލެނިވެރިޔަކު ނިސްބަތްވާ ގުރޫޕުން ހޯދާ ފައިސާގެ އަދަދު އެ ބެލެނިވެރިޔާ ގެ ޖީބުން ދޭން ޖެހެއެވެ. ގިނަ ބެލެނިވެރިން ތަކެއް ވާހަކަ ދެއްކި ގޮތުގައި މިކަމަކީ އިންސާނިއްޔަތާ ހިލާފު އަޅުވެތި ކުރުމެކެވެ. ނަމަވެސް އެމީހުން މަސއްކަތު ނިކުތީ އެމީހުންގެ ދަރިން އަނެއްދުވަހު ސުކޫލަށް ދިޔައިމާ އެކުދިންނަށް ނިކަމެތި ކޮއް ހިތާފާނޭ ހިތަށް އަރާފައެވެ.

"އެހެންވާނެތައެވެ. ތަނުގާ އެތިބަ ޗައްކޫ ޑިސްކޯ މެންނަކީ ދަރިވަރުންނަށް ތަފާތުކުރުން އިންތިހާއަށް ގެންގުޅެ ބަޔެކޭ" ބެލެނިވެރިޔަކު ބުންޏެވެ." އަދި ތަނަށް މޫބާލަންވެގެން ސިހުރުހާހޫރަ ހަދައިގެން ތިބި ރޯނު އެދުރުން ތަކެކެވެ. "

ބޭކާރު ވާހަކަ ދެއްކުމުގެ ބެނުމެއް ނެތެވެ. ދެން ބަލަންވީ މަގުފާރެއް ރީތިކޮއްގެން ނަމަވެސް ތަނުންދޭ ތައިލީމު ރަނގަޅުކުރެވޭތޯއެވެ. ބެލެނިވެރިން އަތުން ޗަންދާ ނަގައިގެންނަމަވެސް ނުވަތަ މިކަހަލަ ގޮތަކަށް އަޅުވެތިކޮއްގެން ނަމަވެސް ފައިސާ ހޯދައިގެން އެވެރިން ބޮޑުގޮނޑީގައި މަޑު އިސްޕަންޖު ޖަހާ، އޮފީސްކޮޅު ރީތިކޮއް، މަގުފާރު ރީތި ކުރުމަކުން ދަރިވަރުންގެ ލީވިން ސެޓްފިކެޓާ، ޖީސީގެ ނަތީޖާ ޒީނަތްތެރި ނުވާނެކަން އެބަ އެގެން ޖެހެއެވެ.

0 comments:

Post a Comment