ޅޯހީ ޒުވާނުންގެ ކުލަބުން ފުތުބޯޅަދަނޑުގެ ވަށާފާރު ރޭނުމުގެ ކަރުދާހު މަސައްކަތް ކުރާތާ ދެތިންމަހެއްވެއްޖެއެވެ. ރޯދައިގެ ކުރިން މަސައްކަތް ފެށޭނެ ކަމުގެ މައުލޫމާތު ލިބިފައިވީކަމުގައިވިއަސް އަދި ހަމަ ކަމެއް ފެންނަ ގޮތެއްނުވެއެވެ
.މިޕުރޮޖެކްޓަކީ މިއަތުލުގެ ލަންދޫގައިވެސް މިހާރު ކުރިއަށްދާ ޕުރޮޖެއްކްތޓެކެވެ. މިޕރޮޖެކްޓުގައި ހިމެނެނީ ވަށާފާރާއި ، ވަށާ ދަލާއިރެސްޓުރޫމެކެވެ. ނަމަވެސް ޅޮހީ ޒުވާނުންގެ ކުލަބުން މި ޕުރޮޖެކްޓު ހޯދައިގެން އުލެނީ ހަމައެކނި ދެފޫތުއުސް ފާރު ބުރިއެއްގެ ގޮތުގައެވެ. ދަލެއް ގޯލެއް ރެސްޓުރޫމެއް ނެތިއެވެ. ބޭނުމަކީ އެޕުރޮޖެކްޓުން ފައިސާގަނޑެއް ބާކީ ކުރުމެވެ. މައުލޫމާތު ލިބިފައިވާ ގޮތުން 6 ރުފިޔާއަށް ސިމެންތިދީގެން 4 އިންޗި ގަލެއް އެލާގޮތަށް ދީފައިވާ މި ޕުރޮޖެކްޓަކީ އިއުލާން ކުރުމެއްނެތި ހިލައިލާފައިވާ ބޮޑު ހިލުންގަނޑެކެވެ
ފުޓޫބޯޅަ ދަނޑުތަކުގެ ވަށައިގެން ފާރު ރޭނުމަކީ ބަޔަކު އަލައްކުރާކަމެއް ނޫނެވެ. އެގޮތުން ޅޯހީދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ހިލާލެވޭތޯ ޅޮހީޒުވާނުންގެ ކުލަބުން މަސައްކަތް ކުރަމުން އެބަގެންދެއެވެ. ހަބަރު ލިބޭގޮތުން އެވެރިން ޕުރޮޕޯސަލް ހަދައިގެން ސުޕޯޓުސް މިނިސްތުރީއަށޤ ލީމް އެކަމުގެ ފައިސޤ މިހާޜު ހުރީ ޅޮހީ ކައުންސިލް އިދާރާގައެވެ. އަދި އެފައިސާ ކާލައިފިޔޭ ކިޔާ އަޑުވެސް އިވެއެވެ.
މިކަމަކީ މުންޑު ޅޮހީ ޒުވާނުން ނަށް ކޮށްދިން ކަމެކެވެ. އަދި ނުވިތާކަށް ނައިބު މިނިސްޓަރު އޯކިޑުމާގެ އަހަންމަދޫ ކޮށްދިން ކަމެކޯލައެވެ. ކައަދި އެންމެ ހެއްވާކަމަކީ މިހާރު އެފައިސާ ނުލިބިގެން ތެޅިފޮޅެނީއެވެ. "ވާނުވާ އޮޅުން ފިލުވާލުމުން އެގނީ އެފައިސާ އަކީ ހަމަ އެ ކުލަބަށް ދޭން ޖަމާ ކުރިއެއްޗެއްކަން އެގެން ނެތުމުން ފައިސާ ދެވެން ނެތީއޯލައެވެ. ކައުންސިލަރު އަފީފު އަތުގަޔޯ ހުރިހާ ލިޔެކިއުމަކާ އެއްޗިހި ހުންނަނީ ،އެތަނުގަ ކުލަބުގެ ނައިބުރައީސް ފަތުހުﷲ ހުންނަވަނިކޮށް، އެފައިސާ ދެވޭނީވެސް ޅޮހީ އޮފީހަށް އެފައިސާ ހުރިކަމާ އެ ދޭންވީކަން އެގިގެން ނޫންތަ؟" ޅޮހީގެ ޒުވާނަކު ބުނެދިނެވެ.
އޮފީހުގަ އުޅޭ ސިޔާމާ އެގޭ ޖޯލިފައްޗައް އަންހެނުން ކޮޅޭއް އެއްކޮއްގެން ވިދާޅުވަނީ އެފައިސާ އަކީ މައުމޫނު ދިން އެއްޗެކޭ އ، އެނުދީ ކައިލައިގެން ކައުންސިލް ރައީސް އަބުދުﷲ އާ އަލީރަމީޒް އުޅެނިއްޔޭ، ، މިކަމުގެ ބަހެއް ހޯދާލުމަށް މަގުމަތިން ދިމާކއްފަ އަހާލުމުން ބުނީ އެއީ އޯކިޑުމާގޭ ތެރެއަށް އައިސްގެން އުޅޭ ފައިސާއެއްވީމާ އެކަމުގެ ހަގީގަތް އެންމެ ބޮޑައް އެގޭނީ އެކުދިންނަށް ކަމަށާއި، އަހަރެމެންނަށް އެ ފައިސާ ޅޯހީ ޒުވާނުންގެ ކުލަބު އެކައުންޓަށޤ އެއްފަހަރާ ޖަމާކޮސްދިނުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. އެެކުލބަށް އަންގީމޯ މިނިސްޓުރީގެ ލިޔުމެއް ގެންނާށޭ އޭރުން ފައިސާ ދޭނމޭ، އާބޮޑޭޒާހިރު ބުތީއެއްވެސް ކަމެއްނޫނޭ ބުންނަކަސް އެ ލިޔުމެއް ނުހޯދުނެވެ
މިފަދަ ކަންކަން ކުރަންއޮންނަ ހަމައިން ކުރާނަމަ ވަރަށްފަސޭހައިން ކުރެވިދާނެކަމެކެވެ، މިފަދަ ކަންކަމަކީ ޅޮހީ ރައްޔިތުންނަށް އަދި ޒުވާނުންނަށް ނުހަނު ބޭނުންތެރިކަމެކެވެ. އަދި ޗުއްޓީގާތްވަމުން އަންނައިރު ކުލަބުން އިންތިޒާމުކުރާ ފުޓުބޯޅާ މުބާރާތްވެސް މިކަމުގައި އަޅުވަން ފަށައިފިއެވެ. ވާގޮތަކީ ފައިސާ ދަތިވަނީއެވެޅޮހީ ޒުވާނުން ރުޅިއަރުވަން ފައްކާ ދަޅައެކެވެ. ނަމަވެސް ބައެއްޒުވާނުން ބުނަނީ އަހަރެމެން މީގެ ކުރީންވެސް ކުޅުނީ ވަށާފާރު މަތީ ނޫންކަމާށާއި ޓީމުތަކުން ދަނޑުނޮޅައިގެން ކުރިންވެސް ކުރިގޮތަށް ކުރެވޭނެކަމަށެވެ. އެދުމަކީ މިދެކަންތަށްވެސް ވުމެވެ.. . .
. .
miah kiyanyy zaathyy hasadha. alhe mikan mibai meehunge kibain filaigen dhaanyy kon dhuvahakun baa.
ReplyDeleteމީގާ އެއްވެސް މީހަކާ ޒާތީގޮތުން މީހެއްގެ ހައްގަކަށް ބުރޫ އަރާކަހަލަ ބަހެއްނެތް. ވަރަށް ރަނގަޅު ، މުހިންމު މައުލޫމާތު ތަކެއއް އެބަހުރި.. ކަންކަން ހިގާގޮތް ހާމަކުރުމަކީ ރަނގަޅު ކަމެއް..މިކަމުގައި ކުލަބުގެ މީހުން އަޑުފަތުރަނީ އެމީހުނަށް މޮޅައްދޯ..އެހެންވީމަ ދެކޮޅު ފެނުނީމާ އޯކޭ ވާނީ
ReplyDelete