އާދިއްތަދުވަހުގެއެއްވުން ދިއައީ ޗޮކުން


އާދިއްތަ ދުވަހު ބާއްވަން ޔޫތުކެފޭ ތެރޭގައި ރޭވި އެއްވުމަށް ވިއްސަކަށް މީހުން ޅޮހީ ކައުންސިލް އިދާރާތެރެއަށް ދިޔަ ކަމުގެ ހަބަރުލިބެއެވެ. މީގެ ތެރޭގައި ފާހަގަ ކޮއްލެވެނީ ތޮފިއެޅިޒާހިރާ، ހަވޭލި އަހަންމަދާ، ނައީމުއެވެ.. އޭގެ އިތުރުން މަންމަނު އައްޔާ ޖަނާހުވެސް ފާހަގަކޮއްލެވެއެވެ.
 އަދި ސުކޫލުކުދިން ކަމުގައިވާ ފައްކާގޭ މިސްބާހުއާ، އުނިމާގޭ އިބުރެ ފާހަގަކޮއްލެވެއެވެ. އަދި މިއެއްވުމަށް ނުދާ މީހުންގެ ގޮތުގައި އަލާއާ، ޖަންބޭއާ، މަންނާނު ހިމެނެއެވެ.
މި އެއްވުމުގެ ބޭނުމަކީ ޓުރާންސްޕޭރެންޓުން ދެންނެވި ފަދައިން ފުޓުބޯލަދަނޑުގެ 240000 ރުފިޔާ އާއި، ރަށުގައި ގާއިމުކުރެވޭ އީ ސެންޓަރު ނުސީދާގޮތަކަށް ޅޮހީޒުވާނުންގެ ކުލަބަށް ގެންދިއުމެވެ. އަދި އެމްޑީޕީ ތިން ކައުންސިލަރުން ނާއި އަލީރަމީޒު ފިއްކަނޑުވާލުމާއި،ކައުންސިލްގެ ލިޔެކިއުންތައް ލުޓުވާލުމެވެ.

މިއެއްވުމަށް ފުރަތަމަ އޮފީސްދަށައްދިޔައީ އާދަމްމަނިކުގޭ ނައީމުއާ ފައްކާ ޒާހިރުއެވެ. އޭގެ ފަހުން ބައިބަޔައް ކެފޭއިން ސައިބޯނިމޭވަރަކުން ޒުވާނުން އޮފީސްތެރެއަށް ދިޔައެވެ. އަދި މީހުންދިޔައީ ކައުންސިލާ ބައްދަލުކޮއްލުމަށް ހުއްދަހޯދައިގެން ކަމުގައިވެއެވެ. ނަމަވެސް ޑޜޕ ގެ ދެކައުންސިލަރު ފެންނަނީ އާންމުންގެ ތެރެއިންނެވެ. މި ބައިގަނޑާ ކައުންސިލަރުން ބައްދަލުކުރާއިރު ހައިބަތުގައި ކައުންސިލަރުންނާއެކު ހުންނަވަން ވާނެކަން އެ ދެކުދިންނަށް ނޭންގުނީތާއެވެ. ވީމާ ދެންނެވޭނީ މި ކަންކމަކީ މިދެމީހުން ގެ ފުރިހަމަ އެއްބާރުލުމާ އެކު ހިންގޭ ކަންކމެވެ.

މި އެއްވުމުގައި ހވޭލިއަހަންމަދާ ޒާހިރު އަދި ނައީމު ވަރައްގިނަ ވާހަކަތައް ދެއްކިއެވެ. އަދި ޅޮހީގެ އާންމު އިޖުތިމާއި ގުޅުންހަލާކުވެ ފިތުނަފަސާދަވަމުންދާކަން ފާހަގަކޮއްލެވއެވެ. އަދި ޒާހިރާ އަހަންމަދު ބުނިގޮތުގައި، ޒާހިރު ހެދި ޕުރޮޕޯސަލުގައި ހޮޅިޖަހާނެގޮތާއި، ކޮންކުރިޓުތަކުގެ މިންތަކާއި ރާނާނީ 5އިންޗި ގަލުން ކަމާއި،" އެހެންވެޔޭމިބުނަނީ މިއޮއްފުރިހަމަ ޕުރޮޕޯސަލް ނިކަން ދެކެބަލާށޭ، އޭތި އެއްލާލާފަ، އަހަރެމެން އެކަން ކުރަންއޫޅުނުމިންވަރަށްވުރެ މާދައްކޮއް ކައުންސިލުން އެކަން ކުރަން ، ގަވާއިދާ ހިލާފައް އުޅެނިއްޔޭ"

ނަމަވެސް ކައުންސިލުން އެ ޕުރޮޕޯސަލް ނެރެ އެއެންމެންގެ އެދުމުގެ މަތިން ބެލިއިރު، އެގައި މަސައްކަތް ކުރާނެ އެއްވެސް މިންވަރެއް ނެތެވެ. ތަނުގެ ފެންވަރެއް ތަސައްވުރު ވާނެ އެއްވެސް މައުލޫމާތެއް ނެތެވެ. ހަމައެކަނި " މަސައްކަތައް ބޭނުންވާނެ ތަކެތީގެ އަންދާސީ ހިސާބު" މއެވެ. ދުނިޔޭގަ ނެތްވަރުގެ މޮޅު ކަލޭގެ ހެދި ޕުރޮޕޯސަލިގެ ސުރުހީގައި ލިޔެފަ އިނީވެސް ހަމަ މިހެނެވެ. ރާނަން އިނީވެސް 4 އިންޗި ގަލުންނެވެ. އަދި ގަލެއް އަޅަނީ 6 ރުފިޔާއަށޭވެ. ރަށުގައި 2.5 ރުފިޔާއަށް ގާ އަޅަނިކޮށް ހިލޭސާބަހައް ކުރާކަމެއްގައި މިފަދަ ބޮޑުއަގެއް އޮތުން މީ މީހުން ސިއްސާއިގެންދާކަމެކެވެ. މިކަންކަން ލިޔުމުން ދެއްކުމުން އެންމެ ވަފާތެރި އެކަކުކަމުގައިވާ އައްޓަހަސަނު ބުނިކަމަށްވަނީ ޒާހިރު ދައްކާވާހަވެސް މިހާރު ގަބޫލުކުރެވޭކަށްނެތެވެ. އެތަނުގަ ތިބި އެންމެންވެސް އަނގަ ސަކަރާތް ވިއެވެ. އެކަމު މި މީހުންނަކީ މަގުމަތިން ކަންކަން ކުރަން އާދަވެފާތިބި ބައެއްވީމާ ދެރަ ގަބުލެއް ނުކުރާނެތާއެވެ. ދުނަހުގެ 10.30 ހާއިރު އެއްވި މީހުން މެންދުރު ނުވަނީސް ގުއިވެގެން ހިނގައްޖެއެވެ. އަދި ކުރަން ރޭވި ކަންކމުގެ ތެރެއިން އެވެރިން ފިއްކަނޑުވާލުމުގެ ބައި ކުރިއަކަށް ނުދެއެވެ. އެކަމަކީ ދެން އެހާ ފަސޭހަ ކަމަކައްވެސް ނުވާނެތާއެވެ. މިހާރަކު ނޫޅޭނެ ވިއްޔަ މީހަކު ދެކެބިރުން ފިއްކެނޑޭނެ މީހަކުދޯ؟

މިހާރު ކަންކަން ގޮސްފައިފާ ހިސާބަށް ބަލާއިރު ދަނޑުގެ މަސައްކަތް ޖަންބޭއާ ދެތިންދުވަހެްގެ ތެރޭގައި ހަވާލުކުރުމުގެ މަސައްކަތް ކައުންސިލުން ކުރާކަމަށް ރައީސް ބުންނެވެ. އަދި އެބުނާ އީސެންޓަރު ހުއްޓިއްޖެއެވެ. ކަމާބެހޭފަރާތުން މައުޅޫމާތުލިބުންގޮތުގައި، ޅޮހީ ޒޫވާނުން އަދި ރައްޔިތުންގެ ބަޔަކު ފޯނުންގުޅާ އެކަން ސީޑު ޖަމިއްޔާގެ އޮފިގައި ހުންނަ ކޮޓަރިއެއްގައި ނުކުރުމަށް ގޮވާލާ ހަޑިއެއްޗިހި ކިޔާ ހެދިކަމަށްވެއެވެ. އަދި އެކަން ހުއްޓުވުމަށް މުންދުއަށް އިންޒާރުކޮއް ހެދިއެވެ.

ކޮންމެއަކަސް މި އެއވުން ނިމުނީ ހުރިހާ ފަރާތަކަށްވެސް ކާމިޔާބު ލިބިގެނެވެ. ނިކުތްގޮތަށް ހަވޭލި އހަންމަދު ސުކޫލު ކުދިން ހަލާކުކުރަނީ ހުނސްނީއާ އަލީރަމީޒުއާއޭ ބުނިއިރު ފޮޓޯތަކުން ފެންނަނީ އަހަންމަދާ ޒާހިރާ ކައުންސިލަރުން  ފަހަތުގަ ކައުންސިލަރުނާ ބައްޕަމެން ކައިރީގައި އިއްޒަތުގައި ސުކޫލުކުދިން ތިއްބައެވެ. ހާދަހާވާ ދެރައެވެ.

0 comments:

Post a Comment