ހަތެއް ފެބުރުއަރީގެ ރައީސް އިސްތިޢުފާގެ ތެރެއިން ފޮރުވިފައިވާ ބައެއްކަންކަން

މަޖުބޫރުކުރުވި އަންނިގެ އިސްތިޢުފާގެ ފޮރުވިފައިވާ ސިއްރުތަކުގެ ތެރެއިން މިހާރު ފޮޓޯތަކުން ފެންނަށް ހުރި ބައެއް ފޮޓޯތަކުގެ ޚުލާޞާ އަޅުގަޑު މިތަނުގައި ލިޔެލާނަމެވެ. 
(1) ރައީސް ނަޝީދުގެ އަނބިކަބަލުން ލައިލާ ޢަލީގެ މޭމަތިން ހެދުމުގެތެރެއަށް ސިފައިންގެ ބާޣީއަކު އަތްވައްދާލަނިކޮށް ނަގާފައިވާ ވީޑިއޯއަކާއި ފޮޓޯއެެއް އިންކުއަރީ ކޮމިޝަނަށްވަނީ ލިބިފައި!
(2) ރައީސް ނަޝީދަކީ ކުދިންދެކެ ނުހަނު ލޯބިވާ މީހަކަށްވާތީ ، ބާޣީ ނާޒިމްގެ އިރުޝާދުގެ ދަށުން ، ކުދިން ހައިޖެކްކޮށް އެކުދިންގެ ފުރާނައަށް ގެއްލުންދޭން މަސައްކަތްފަށާފައިވުން. 
(3) ރައީސް ނަޝީދުގެ ހަގު ދަރިކަލުން ބޮލުގެ އިސްތަށިގަޑުގައި ސިފައިންގެ ބާޣީއަކު ހިފާ ހިއްލާލައިފައިވާ މަންޒަރާއި ވީޑިއޯ ދައްކާދޭ ފޮޓޯއެއް ކޯނީއަށް ވަނީ ލިބިފައި. 
(4) ރައީސް ނަޝީދުގެ ދޮށީ ދަރިކަލުން ފޯނުން ގުޅުއްވާފަ، ބުނުއްވީ ބާއްޕާއޭ ސިފައިން މަންމަ ގަޔަށާއި އަދި އަހަރަމެންގެ ގަޔަށް ވެސް އަރާ އަނިޔާކުރަނީއެވެ. އަހަރަމެން ސަލާމަތްކޮށްދެއްވުމަށް ވަޑައިގަންވާށޭ  ދެންނެވިއެވެ.
(5) މި ފޯންކޯލްގެ ސަބަބުން ރައީސް ނަޝީދު އިސްތިޢުފާދޭން މަޖުބޫރުވީއެވެ.
(6) މި މަޖުބޫރުކުރުވުމުގެ ސަބަބުން ރައީސް ނަޝީދު އިސްތިޢުފާ ދިނުމަށް އެއްބަސްވުމުން ، ރައީސް ނަޝީދުގެ ޢާއިލާ ދޫކޮށް ސިފައިން ދިޔަވަގުތު ، އެމީހުން ސަލާމަތުން ގެއަށް ގެންދިއުމަށް ވަފާތެރި 2 ސިފައިންގެ މީހުން ވަލުދޮރޯށިން ނެރުއްވައިގެން ސަލާމަތްކުރުން. މިަކަމުގެ ހެކިތައްވަނިވެސް ކޯނީއަށް ލިބިފައި.!
(7) ބާޣީ ނާޒިމްމެންގޭގައި ފުލުހުންގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުންތަކުގެ ޢޮޑިއޯ އަދި ވީޑިއޯ ތައްވަނީ ކޯނީއަށް ހުށައަޅާފައި! 
(8) ބުރުމާ ޤާސިމްމެންގޭގައި ޢަބުދުﷲ ރިޔާޒުއާއި ޤާސިމް ބޭއްވި ބައްދަލުވުންތަކުގެ އޯޑިއޯ އަދި ވީޑިއޯ ތައްވަނީ ކޯނީއަށް ހުށައަޅާފައި!(މީގައި ޢަބުދުﷲ ރިޔާޒު ބުނަނީ ވީޓީވީން ދެއްކި މަންޒަރުތަކުގެ ސަބަބުންނޭ މައްސަލަގޯސްވީ،! ޤާސިމްބުނަނީ އެހެންނަކުންނޫނޭ !  އަހަރެން ދިންފައިސާ އެންމެންނަށް ނުބެހީމައޭ ގޯސްވީ! ފައިސާ ނުލިބޭ ފުލުހުންނާއި ސިފައިން އެވާހަކަ ކޯނީއަސް ގޮސް ކިޔައިދެނީ އެހެންވެގެންނޭ!)
(9) ކުރީގެ ޑިފެންސް މިނިސްޓަރ ޠޮލްޙަތާއި ޗަންޕާ މުޙައްމަދު މޫސާއާއި ދެމެދުގައި ހިންގާފައިވާ ފައިސާގެ (8 މިލިއަންރުފިޔާގެ) މުޢާމަލާތް ތަކުގެ ހެކިތަކާއި، ބުރުމާ ޤާސިމް ދީފައިބާ 18 މިލިއަން ރުފިޔާގެ ހެކި ވަނީ ލިބިފައި! (މި ޠޮލްޙަތަކީ 30 އަށްވުރެ ގިނަ މިލިއަން ރުފިޔާގެ ދަރަނި އެކިއެކި މީހުންނަށް ދޭންޖެހިފައިވާ ބޮޑު ދަރަނި ވެރިއެކެވެ.)
(10) ތޮލްޙަތު 3 ފަހަރެއްގެ މަތީން މިލިޓަރީ އިންޤިލާބެއް ގެންނަށް މަސައްކަތްކުރި! އެކަން ނުވީ ޤައުމަށް ވަފާތެރި ދިވެހިންދެކެ ލޯބިވާ 3 ނޮވެމްބަރ ގެ ޙާދިޘާއިންވެސް ޤައުމު ސަލާމަތްކުރެއްވި އެއް ބަޠަލް އިބްރާހީމް ދީދީގެ ސަބަބުން.  މިކަންވެސް މިހާރު ސާފުވެ، ހެކިތައް ލިބިއްޖެ.
(11) ކޯސްޓްގާޑުގެ ވެރިއެއް ކަމުގައިވާ މުޙާއްމަދު އިބްރާހީމް (ކުރެންދޫ އެމް.އައި) ގެ ރޭވުމުގެ ދަށުން 7 ފެބުރުއަރީގައި ކޯސްޓްގާޑުން ހަތިޔާރު ބޭލިކަމުގެ ހެކިތައްވަނީ ކޯނީއަށް ހުށައަޅާފައި! މި ބަޣާވާތުގައި މި ކުރެންދޫ ޢާއިލާގެ  ޙުސައިން އިބްރާހީމް ވެސް ފުރިހަމައަަށް  ބައިވެރިވެފައިކަމުގެ ހެކިތައްދަނީ މިހާރު އެއްކުރަމުން. މި ދެބެންނަކީ  ސިފައިންގޭގައި ތޮލްޙަތުގެ ދަށުން މި ބާޣާވާތް ކުރިއަށް ގެންދިޔަ މޭސްތިރިން.(މި ކުރެންދޫ ޢާއިލާއަކީ ސަމަރޭ ނާސިރު ދައުރު އެރަށަށް އަރުވާ ލުމުން ބެލެހެއްޓި މީހުންގެ ދަރިން. އެކުދީންގެ މަންމަ މަރުވުމުން ނަސްރީނާ އެކުދިން ގެނެސްގެން އެންދެރިމާގޭގައި ބަލާބޮޑުކޮށް ވިލިގިލިން ގޯތި ގެދޮރުދީފައިވާ ބައެއް)
(12) ޒަކަރިއްޔާ މަންސޫރު(ކޯސްޓްގާޑުގެ ވެރިއެއް) ބާޣީ ނާޒިމްގޭގައި ބޭއްވިބައްދަލުވުންތަކުގެ ހެކިތައްވަނީ ކޯނީއަށް ހުށައަޅާފައި!(މީނާއަކީ ޠައިބާ ސްކޫލްގައި މައުމޫން ކިޔވައިދިން ދަރިވަރެއް)
 (13) ބާޣީ ނާޒިމްގެ ބައްޕަ ޙިއްސާއޮންނަ ކުންފުނި ރަޝީދު ކާޕެންޓްރީ އޮފީހުގައި ހުންނަ ނާޒިމްގެ މޭޒުމަތީގައި ފޫޓެއްގެ އުސްމިނަށް  500 ގެ ނޫޓް އެތައްސަތޭކަ ބަންޑެލި ހުރިކަމުގެ ފޮޓޯ ވަނީ އެމް.ޑީ.ޕީ މީހުންނަށް މިހާރު ލިބިފައި!

(14) ބާޣީ ނާޒިމް ކޮންމެ ހަފްތާ ބަންދުގަ ކަހަލަ ގޮތެއްގައި ލަންކާއަށް ނުވަތަ ބަނޑޮހަށް  ގޮސް ތަފާތު މީހުންނާއިއެކު ބައްދަލުވުންތައް ބާއްވާފައިވާ ކަމުގެ އެންމެހައި މަޢުލޫމާތު ލިބިފައިވެއެވެ.

 ފެބުރުއަރީ 7 ގައި ހިނގާފައިވާ ބައެއްކަންކަން.

(1) ރައީސް ނަޝީދު  އިސްތިޢުފާ ދެއްވުމަށްފަހު، މުޅިއާގެއަށް ވަޑައިގަތުމުން ، ރައީސް ނަޝީދުއަށް އަނިޔާކޮށް ދުވަސް ދުއްވާލުމުގެ ނިޔަތުގައި ޢަބުދުﷲ ރިޔާޒު މުލީއާގެތެރޭގައި ރައީސް ނަޝީދު އުޅުއްވަނިކޮށް އަތްދަމާފަ ރައީސް ނަޝީދުގެ ކަންކަށިމަތީގައި ޖެހުމުން ރައީސްނަޝީދު ވެއްޓިވަޑައިގެންނެވި ވީޑިއޯއާއި، ފޮޓޯވަނީ އެންކުއަރީ ކޮމިޝަނަށް ހުށައޅާފައި! 
(2) ޕެރަޑައިސް އައިލެންޑް ރިސޯޓުން 2 ފޮށީގެ ރާފުޅިތައް ގެނެސް މުލީއާގެއަށް ވެއްދިކަމުގެ ހެކިތަކާއި، ކުރިބަޔަކާއި، ޕެރަޑައިސުން އެތަކެތި ދޫކުރި މީހުންގެ ބަޔާންތައްވަނީ ކޯނީއަށް ހުށައަޅާފަ. މިތަކެތި ލޯންޗަށް އެރުވިކަން އެނގުނު މީހާ މިހާރުވަނީ ޕެރަޑައިސުން އަމިއްލައަށް ވަޒީފާއިން ވަކިވެފައި!(ޢެނާގެ ފަރާތުން މި މަޢުލޫމާތު ލިބިފައިވަނީ)
(3) މި ރާފުޅިތައް މުލީއާގެއަށް ވައްދާފަ ބާޣީން ބޭނުންވީ އެރޭ ރައީސް ނަޝީދު ދަންޖައްސާ މަރާލާ އަދި ކަރަށް ރާއަޅާފަ  ޢާއްމުންނަށް ދައްކަން..  އެކަން ނުކުރެވުނީ އެތަނުގައި ތިބި އިންސާފަށް ލޯބިކުރި މަދު ސިފައިންގެ ސަބަބުން. މިކަމުގެ ހެކިތައްވަނީ މިހާރު ކޯނީއަށް ހުށައަޅަފައި!
(4) މުލީއާގެއަށް މި ރާފުޅިތައް ވައްދާފަ މިތަކެތި ރައީސް ނަޝީދުގެ ކުރިމަތީގައި އޭނާ ބަދުނާމުވާގޮތަށް ރާފުޅިތައް ދައްކަމުން ސުވާލުތައް ކުރުވަމުން ވީޑިއޯކޮށް ، މި ވީޑިއޯތައް ރިޔާސީ އިންތިޚާބާއި ދިމާކޮށް މީޑިއާގައި ދައްކާގޮތަށް ބާޣީން ރާވާފައިވާ ކަން  ރައީސް ނަޝީދަށް ފުލުހުންގެ ތެރޭގައިތިބި ޤައުމީ ފުލުހުން އަންގާފައިވުން.
(5) ރައީސް ނަޝިދު ދަންޖައްސަން ޢުމަރު ނަސީރު ވާގަޑެއް ހިފައިގެން 2 ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވާ ކަމުގެ ހެކިލިބުން. (ފުލުސްއޮފީސްތެރެއިން މިކަން އެނގިފައިވަނީ).

މިފަދަ އެތައް ކަމެއް ދިމާވެގެންނާއި، ދަރީންނާއި އަނބިކަބަލުންނާއި ރައްޔިތުންގެ ޙައްޤުގައި ރާއްޖޭގެ ރައީސްކަމުން އިސްތިޢުފާ ދެއްވިކަން  ހެކިތަކުން ވަރަށް ރަގަލަށް ސާފުވާނެއެވެ. އަދި ދަންނަވަމެވެ. ޢާއިލާގެ ބޭފުޅުންނަށް އަނިޔާދިނުން ހުއްޓާލީ ޔާމީންގެ ސަބަބުންކަން އެނގެއެވެ. އަދި އެހާބޮޑަށް އަނިޔާކުރަން ނުކެރުނީ އަނބިަކަބަލުންނަކީ ޔޫ.އެން ގެ ޖަމްޢިއްޔާއެއް ކަމުގައިވާ ޑަބްލިޔޫ އެޗް އޯ ގެ މުއައްޒަފަކަށް ވުމުން، އެތަނުގެ ޙިމާޔަތް ލިބުމުން ކުޑަ ދުވަސްކޮޅަކަށް އަނބިކަބަލުންނާއި 2 ކުދީން ސްރީލަންކާއަށް ދުރުވީއެވެ.
7ފެބުރުއަރީގައި ދީނީ ޢިލްމުވެރިންނާއި އަދި ފައިސާވެރިން ކޮށްފައިވާ ޢަމަލުތަކަކި 21 ވަނަ ޤަރުނުގައި ތަހުޒީބުވެފައިވާ ބަޔަކު އަދި އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާބަޔަކު ކުރާނެ ކަމެއް ނޫނެވެ. މިއީ މި ޤަރުނުގައި ނުވަތަ ރެހެންދި ޚަދީޖާގެ ފަހުން މި ޤައުމުގައި ހިނގި އެންމެ ނާތަހުޒާބު ޢަމަލެވެ. ސިފައިންނާއި ފުލުހުންނަކީ ޤައުމުގެ ކޮންމެ ރައްޔިތަކު ކުށެއްކުރިއަސް އެކަން މަނާކުރަންޖެހޭ ޤައުމީ ބަޔެކެވެ.  ޤާނޫނު އަސާސީ އެންމެ ފަހުވަގުތާއި ޖެހެންދެން ރައްކާތެރިކުރަން މަޖުބޫރުވެފައިވާ މީހުންނަކީ ސިފައިންާޏއި ފުލުހުން. މިކަމަކީ ކޮންމެ ބަޔަކު ހަމައިން ނެއްޓުނަސް ހަމަޔަކަށް އަޅުވަންތިބި ބަޔަކު ކޮށްފައިވާ ވަރަށް ހަޑިމުޑުދާރު ޢަމަލެކެވެ. މިކަމުގެ ފިތުނަ މި ޤައުމުން ފުހެލެވޭނީ އެކަން ހިންްި ބަޔަކަށް ޙައްޤު އަދަބު ލިބިގެންނެވެ. މި ފިތުނައިގެ އެންމެ ބޮޑު ނުރައްކަލަކީ މިއަދު އެންމެ އާދައިގެ ފުލަހަކު ގޯސްކަމެއް ކުރިއަސް އެކަމަށް އަދަބު ދޭނެ އަދި އެއްޗެކޭ ބުނާނެ ވެރިޔަކު ނެތްކަމެވެ. މިހާރު މިފެންނަމުން މިދަނީ އެކަންތަކެވެ. އެމީހުން ބޭނުންކޮންމެ ކަމެއް ކުރިއަސް ވެރިންނަށް އެއްޗެކޭ ނުބުނެވޭނެ ދަށުދަރަޖައަށް މި ޤައުމު މިއޮތީ ވެއްޓިފައެވެ.
މިފަދަ އެތައްކަމެއް ފެންނަށް ހުރުމުން މި ވެރިކަމަކި ބަޣާވާތުން އައިސްފައިވާ ވެރިކަމެއްކަން ހަމައެކަނި  ފެންނަށް ހުރި ހެކިތަކުން ސާބިތުވާނެއެވެ. ނަމަވެސް ކޯނީން މި މައްސަލަ ނިންމާނީ މަޖުބޫރު ޙަލަތެއް ގެނެސްގެން ވެރިކަމުން އިސްތިޢުފާ ދިންކަމަށާއި، ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށެވެ. މިއީ މިވަުގުތު ޤައުމަށް އޮތް އެންމެ ރަގަޅުގޮތްކަަމަށް ވެދާނެ!
 މަޖުބޫރުން އިސްތިޢުފާދިނުމުން މި ކަމުގެ ޙައްލަކީ އަވަސް އިންތިޚާބެއް ބޭއްވުމެވެ. މިހެން ހެދުމުން ހުރިހާ ބޮޑެތި މީހުންނާއި، ވިޔަފާރިވެރިންނާއި، ބަޣާވާތްކުރި ސިފައިންނާއި ފުލުހުން ސަލާމާތްވީއެވެ. އަދި ރައީސް ނަޝިދު ބޭނުންވެލައްވާ އަވަސް އިންތާޚާބުގެ ވާހަކަވެސް އައީއެވެ. މި އީ އަޅުގަޑުގެ ދިރާސާއެވެ. ތިބޭފުޅުންގެ ޚިޔާލުވެސް ލިޔެލުން މުހިއްމެވެ.

0 comments:

Post a Comment