ޅޮހީ ސުކޫލުގައި ކިޔަވައިދެނީ ހަމަ "ކޯ"




ޅޮހީ ސުކޫލުގައި 2012 ވަނަ އަހަރާ ހަމަޔައް ހިސާބުމާއްދާގަ އަލީ ކިޔަވައިދިނީ ކޯއެވެ. ނަމަވެސް އެކްސްޓެންޑެޑް އާ ކޯ ހަދައިގެން ވަރައްގިނަ ކުދިން ވަނީ ފާސްވެފައެވެ. އެ އަހަރުތަކުގެ ނަތީޖާ މިހާރުވެސް އެސުކޫލައްގޮސް ބަލައިފިއްޔާ ޖީސީގެ
މާއްދާތަކުގެ ނަތީޖާ ތަކުތެރެއިން މިހާތަނަށް އެންމެ ގިނަ ކުދިން ފާސްވެފައިވާ މާއްދާއަކީ ހިސާބު މާއްދާއަށްވާނެކަމުގައި ގި އިސްދަރިވަރުން ބުނެއެވެ. އަދި ނިސްބަތުން އެކްސްޓެންޑެޑް ހަދާކުދިން ވަރައްމަދެވެ. އޭގައި ހިސާބު ކިޔަވައިދޭން ނޭންގޭ އަލީ ގެ އިހުމާލެއް އެބައޮތެވެ. އެއީ އެތާއުޅޭ ސެކަންޑުރީ ތައުލީމަކީ ކޯޗެއްކަން ނޭންގޭ މީހުނަށް އެކްސްޓެންޑަޑާ ކޯ ކިޔަވައިނުދިންކަމެވެ.
ކަންމިހެން އޮތުމުން އަހަރު ތަކެއްގައި ޕުރައިމަރީގެ ސުޕަވައިޒަރު ޑިސްކޯ ވަނީ އެކަން ސުކޫލުގެ ސަމާލުކަމަށް ގެނެސްފަެވެ. އަދި ދަރިވަރުންނާ ބެލެނިވެރިންނާ ރަށު ކައުންސިލުގެ ސަމާލުކަމަށް އެކަން ވަނީ ގެނެސްފައެވެ. އޭނާ އިސްތިހާރު ކުރިގޮތުން ޅޮހީ ސުކޫލުގައި ކިޔަވައިދޭން ނޭންގޭ އަލީ ދުވަހަކުވެސް އެކްސްޓެންޑެޑް ކިޔަވައި ނުދޭކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮއް ސަނޫރާ ސުކޫލަށް ވައްދާށޭ ކިޔާ، އެތައް މަސައްކަތް ތަކެއް ކުރިއެވެ. ސަނޫރާ އަކީ ހިސާބު ކިޔަވައިދޭން ވަރައްމޮޅު ކުއްޖެއް ކަމަށާއި އަލީއަށް ކިޔަވައިދޭން ނޭންގޭ ވާހަކަ މަރައް މައްޗައް ދެއްކިއެވެ. އަލީ އެ ވާހަކަތަކާ އިންކާރު ކުރިއެވެ. އޭނާ ބުނާގޮތުން އޭނާ ކިޔަވައިދިން ކޮންމެ ބެޗަކަށްވެސް ގުރޭޑް 8 ގައި ކޯ ކިޔަވައިދީފަ، ގުރޭޑު 9 އަދި 10 ކުން އެއްބައިގާ އެކްސްޓެންޑެޑް ކިޔަވައިދީ ، 10 ގެ ދެވަނަޓާމުގައި ހުރިހާ ކުދިންނަށްވެސް ކޯ އަދި އެކްސްޓެންޑެޑް ވަކިވާނޭހެން ރެވިސަން ކޮއްދޭކަމަށެވެ. ނަމަވެސް އެކްސްޓެންޑޭޑް ހަދާ ކުދިން މަދު ކަމަށާ ، އެކަމަކީ އެކުދިންގެ އަތްމަތީގަ އޮތް ކަމެއްކަމުގައެވެ. ނަމަވެސް މި ފެންނަނީ އެ މަންޒަރެއް ނޫނެވެ.
2012 ވަނަ އަހަރު ހިސާބު ކިޔަވައިދޭން ނޭންގޭ އަލީ ވަޒީފާޢިން ވަކިވެ، އެއްކަލަ " މާމޮޅުޓީޗަރު" ސަނޫރާ ހިސާބު ޓީޗަރަކައް ހަމަޖެހިގެން ދިޔަެވެ. އޭނާއަކީ ޑިގްރީ ހޯލްޑަރެކެވެ. މޮޅުވާން ވާނެތާއެވެ. ނަމަވެސް އެދުވަހުން ފެށިގެން ޅޮހީ ސުކޫލުގައި ކިޔަވައިދެމުން ދަނީ ހަމައެކަނި ކޯ ކަމުގައި މިހާރު ގުރޭޑު 10 ގެ ތިބި ކުދިން އެބަ ބުނެއެވެ. މިހައަހަރު 10 ގެ ކުދިންނައް ކޯ ކިޔަވައިދޭކަމަށް ވަންޏާ އެކުދިން އެކްސްޓެންޑެޑޤ ކިޔަވާނީ ކޮންދުވަހަކުން ބާވައޭ ސުވާލު އުފެދެއެވެ. މި މައުލޫމާތު ލިބުމުން 10 ގެ ގިނަ ކުދިންނާ ސުވާލު ކުރުމުން ބުނީ އެކުދިން އަދި އެކްސްޓެންޑެޑް ފޮތުގައި އަތް ނުލާކަމަށެވެ. އަދި އެކުދިންގެ ނޯޓު ފޮތްތަކުން އެކަން ސާބިތުވެއެވެ. ވީއިރު މިއަހަރު އެންމެ ކުއްޖަކުވެސް އެކްސްޓެންޑެޑް ހަދާނެބާވައެވެ.
ވޭތިވެ ދިޔައަހަރު މައުލޫމާތު ލިބިފައިވާގޮތުން ސަނޫރާވަނީ ގުރޭޑު 8 ގެ ކުލާހުން ނިކުމެފަ " މިކަމެއް ނުވާނޭ" ބުނެފައެވެ. މީ އެކުލާހު ކުދިން ދެއްކި ވާހަކައެކެވެ. އަދި އޭނާ ބައެއް ޓީޗަރުންގާތުވެސް މިމޭރުމުން ވަހަކަ ދެއްކި ކަމަށްވެއެވެ. ވީއިރު ޓީޗަރެއްގެ ދުލުން މިހެން ބުނުމީ އެޓީޗަރެއްގެ ގާބިލުކަމާ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭކަމެކެވެ.
ޅޮހީ ރައްޔިތުން މިކަމާ ވިސްނަން ނުވޭތޯއެވެ. އަމިއްލަ އެދުމަށް މުޅިސުކޫލު ބައްޓައް ކުރަމުންދާބަޔަކަށް ކެޔޮ ނިރެއް ފެޅުވޭނެބާވައެވެ. މި ފެންނަނީ އެމަންޒަރެވެ. އެކްސްޓެންޑޭޑް ކިޔަވައިދޭން ވެއްދި ޓީޗަރު ކިޔަވައިދެމުން މިދަނީ ކޯއެވެ. ޑިސްކޯ އަދި ޒާހިރު، ޗައްކޫ އަދި އަހަންމަދު ދެއްކި ވާހަކަތައް ކޮބައިހެއްޔެވެ. އަދިވެސް މަސައްކަތް ކުރަމުން މިދަނީ ކަންކަން ފޮރުވާއިގެން ތިބެ ބޮޑެތި މުސާރަތައް ނަގައިގެން އިތުރު އެލަވަންސްތައް ނަގައިގެން ރަށު އެތައް ޖީލެއް ހަލާކު ުރަމުންނެވެ. މިކަމުގައި ފުރަތަ ފިޔަވަޅު އަޅަން ޖެހެނީ ސެކަންޑުރީ ސުޕަވައިޒަރު ފަޒުނާއެވެ. މިކަން ބަލާ ،ސުކޫލުގެ ސަމާލުކަށް ގެނެސް ވަގުތުން ވަގުތަށް މިކަން އިސްލާހުކޮއް ދަރިވަރުންނަށް ދޭ ތައުލީމު ހަރުދަނާކުރުމަށް ގޮވާލަމެވެ. ބެލެނިވެރިން ވަގުތުން ވަގުތަށް މިކަން އިސްލާހުކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.

0 comments:

Post a Comment