ޕާޓީ ހަރުގެތަށް






ޅޮހީގައި ޕާޓީ ހަރުގެތަށް ވަރަށް ގިނަވެއްޖެ އެވެ. އެންމެ ފުރަތަމަ މޑޕ ހަރުގެއެވެ. ދެން ޕޕމ ހަރުގެއެވެ. ދެން ޖުމުހޫރީޕާޓީ ހަރުގެއެވެ. ހަރުގެތަށް ހެދުން މިވަނީ ވާދަވެރި ކުޅިވަރަކަށް ވެފައެވެ. މޑޕ ވެރިން ހަރުގެ ހަދާ ނިންމާފިއެވެ. އެމަންޒަރު ބަލަންތިބެފާ ޕޕމ މީހުން
ހަރުގެ ހަދަން ފޫގަޅާ ހަރުގެ ހަދާނެ ތަނެއް ހަމަޖެއްސުމުގެ މަސައްކަތް ފެށިއެވެ. ވައިޓުރޯސްގެދަށައް ވެލިލާ ތައްޔާރުކޮއްފާ ޖަންބުމާގެ ބިއްދޮށުގައި ހަރުގޭގެ މަސައްކަތް ބާރަށް އެބަކުރިއަށްދެއެވެ. އާދެ ދެންއޮތީ ޖުމުހޫރީ ޕާޓީގެ ހަރުގެއެވެ. ހަބަރުތަށްލިބޭ ގޮތުން މީގެ 2 މަހެއްކުރިން ހަރުގެ ހަދަން އައްޕައަނީސް ޕާޓީއޮފީހުން ސާމާނު ހިފައިގެން އައެވެ. އެދުވަސްވަރު އެކަމުގައި އުޅުނު ކުދިންގެ ފަރާތުން އެނގިފައިވާގޮތުން އެސާމާނުގައި ހެދީ އައްޕައަނީސުގެ ގޭގައި ކޮޓަރިއެކެވެ. މިކަމުގައި ދެބަސްވުންތައް އުފެދި އެކުދިންކޮޅު ބައިބާވެއްޖެއެވެ.

ހަރުގޭގެ ފޯރި މިހާ ގަދަވެފައިވާ ހިނދު ސުވާލު އުފެދެނީ މި ހަރުގެ ތަކުގައި ކުރާނީ ކޮންކަމެއްބާވައެވެ. އަދި ހަރުގެ ތަކުގައި އަޅާފަ ތިބޭނީ ކޮން ބައެއްބާވައެވެ. ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، މޑޕ ހަރުގެ ތެރޭގައި ހުރިހާ އުމުރެއްގެ ކުދިން އަވަދިނެތި ހަރަކާތް ތެރިވެއެވެ.، އަދި ސިޔާސީ ހަރަކާތްތައް ބާރަށް ކުރިއަށް އެބަދެއެވެ. ޕޕމ ގެ ހަރުގޭގެ މަސައްކަތް އެކުދިން ބާރަށް އެބަގެންދެއެވެ. އިތުރު ހަރާކާތެއް ފެންނަމަކުން ނުދެއެވެ. ޖުމުހޫރީޕާޓީގެ ހަރުގޭގެ އަޑެއްބަޑެއް ނީވެއެވެ. ފެންނަ މަންޒަރުތަކުން ޕޕމ ނުވަތަ ޅޮހީޒުވާނުންކުލަބަށް ނިސްބަތްވާ އޮފީހުގަޔާ ކެފޭދަށުގަ އުޅުން ހުރިހާ ކުދިންހެން މިހާރު މޑޕ އަށް ސޮއިކޮށްފިއެވެ. އަދި އެ މަންޒަރު ފެންނަމުން އެބަދެއެވެ. ޕޕމ އެތެޜެގެ ހަމަނުޖެހުމާ އެ ޕާޓީގެ ސިޔާސަތަކީ ޒުވާނުން މާގަޔާވާ ސިޔާސަތަކަށް ނުވުމަކީ މި ބަދަލުތަކުގެ ސިއްރު ކަމުގައި ބެލެވެއެވެ.

0 comments:

Post a Comment