ޕުރިންސިޕަލް ފޮނުވާލަނީ

މިއަހަރު ފެށުނުއިރު ހުރި ކުޑަފަރިޔަށް ނިސްބަތްވާ ޕުރިންސިޕަލް ފޮނުވާލާ ދެން ގެނައީ ބިދޭސީ ޕުރިންސިޕަލެކެވެ. ކަންކަން ހޭލަމޭލާޔަށް ދަނިކޮއް ކުއްލިއަކަށް ބެލެނިވެރިންނާ ބައްދަލްކޮއްފަ މި ޕުރިންސިޕަލް ދިއުމަށް އެޑިއުކޭސަނުން އެންގުމުން ދާން އުޅޭވާހަކަ މި ޕުރިންސިޕަލް ބުނެފއެވެ.

އެބައްދަލުވުމުން ނިކުމެ މަގުމަތީ އަންހެނުންގަނޑު އަޑުގަދަ ކޮއްފައި އޭނާ ދާތީ އެކަމާ ހިއްހަމަ ނުޖެހި އޭނާ ހިފެހެއްޓެން އޮތް ގޮތަކަށް ހިފަހައްޓާށޭކިޔާ ބަޔަކު އަޑުގަދަ ކޮއްފިއެވެ. އަންހެނުން ތަކެއް ކައުންސިލް އިދާރާދަށައްގޮސް އެކަން ހުއްޓުވުމަށް ކައުންސިލަރުންގާތު އެދުނެވެ. އަދި އެކަން ހުއްޓުވަން ސުކޫލުދަށައްދާން މީހުން ނުކުތުމަށް ލޯޑުން ގޮވިއެވެ. މީސް ކޮޅެއް ސުކޫލުދަށައް އެއްވިއެވެ.

ލިބުނު މައުލޫމާތަށް ބަލާއިރު އޭނާ ފޮނުވާލާ އެއްވެސް ސަބަބެއް ނޭންގެއެވެ. އޭނާ ފޮނުވާލާ ވެލިދޫގަ ހުރި ޕުރިންސިޕަލަކު މިރަށައް އެދުވަހު ހަވީރު އަންނަގޮތަށް ވަނީ ހަމަޖެހި ނިމިފައެވެ. މިކަން މި ހިނގީ ޕުރިންސިޕަލުން ހަރު ނުލުމުގެ ސަގާފަތުގެ ތެރެއިންނެވެ. ރަށު މީހަކު ހުރެގެން ނުވާނެކަމަށާ ބޭރުމީހަކު ބޭނުންވާ ކަމަށް ބުނެ އަދުގަދަކުރި ޖަންބު މަޖީދުމެން މިހާރު މިކިޔަނީ ކުރިން މިރަށު ރައްޔިތު ބަޔަކު ދެއްކި ވާހަކައެކެވެ. ޕުރިންސިޕަލުން ހަރު ނުލާ ވާހަކައެވެ. ނަމަވެސް ހިތާމަޔަކީ އެ ކަމަކީ ސީދާ ސުކޫލުގެ ވެރިކަން ފައްކާ ޒާހިރަށް ތަބަކަކަށް ލާފަ ދިނުމަށްޓަކާ ކޮށި މަގުތަކެއްކަން މިވަނީ ހާމަވެފައެވެ. އެ ވެރިންނަށް ކަމުދާ އެކަކުވެސް އެބަ އާދެބާވައެވެ. މި ޕުރިންސިޕަލަށްވެސް މަސްދުވަސް ނުވިއެވެ. މިކަމުގެ އަޑީގައިވެސް ވަނީ ޗައްކޫއާ ޑިސްކޯއާ ފައްކާ ޒާހިރުކަން މުރުތަބަރުކޮށް އެބަ އެނގެއެވެ. މި ތިންބޭން ވެލިދޫ ފަތުހުﷲ ގާތު އެދިގެން ހިންގި ކަންތައްގަނޑެއްކަން މިހާރު ހާމަވެއްޖެއެވެ. އެ ޕުރިންސިޕަލް ދިއުން ހުއްޓުވުމަށް މީގެން އެކަކުވެސް ކުރި ކަމެއް ނެތެވެ. ކުޑަމިނުން އަގަބަހުންވެސް މީގެން މީހަކު މިކަމާ މަސައްކަތް ކޮއްފައެއްނެތެވެ. އަދުނެއް އަޅުވަން ދުވާލަކު ޕުރިންސިޕަލެއް ގެނެސް ފޮނުވާލަނީ މީ ކުޅޭ ކުޅިގަނޑެއްކަން މިހާރު ޅޮހީ ރައްޔިތުންނަށް އެނގެއެވެ. ތައުލީމީ ޒުވާނުންނަށް ޕުރިންސިޕަލްކަން ދޭށޭ ކިޔާ ފައްކާޒާހިރު ވާހަކަދައްކާއިރު ، އޭއެއްބީއެއް ނޭންގޭ ޑެޕިއުޓީ ޕުރިންސިޕަލަކު ބަހައްޓައިގެން މުޅިތަން ހަލާކު މިކުރަނީ ހަމަ އިހުލާސްތެރިވެ، ޅޮހީގެ ރައްޔިތުންގެ ތައުލީމާމެދު ކަންބޮޑުވާތީ ބާވައެވެ. އެކްސްޓެންޑޭޑް ހިސާބު ކިޔަވާދޭން ޑިސްކޯ ގެނައި ސަނޫރާ މިހޭވީ ކޯޗެއްކަން ސިއްރުކުރަން އެއުޅެނީ ހަމަ ކަންބޮޑުވާލެއް ބޮޑުކަމުން ބާވައެވެ.

މިކަމުގައި ހުރިހާ ގެއްލުމެއް މި ވަނީ ޅޮހީގެ ރައްޔިތު ދަރިންނަށެވެ.

0 comments:

Post a Comment