ސުކޫލުކުއްޖަކު ޕާޓީއަށް ސޮއިކުރުން


މޑޕ ޅޮހީ ހަރުގެ މިދިޔަ ބުރާސްފަތި ދުވަހު ހުޅުވުގެ ރަސްމިއްޔާތުގެ ތެރޭގައި އަންނިހެކިވެރިކަމުގަ ސުކޫލުކުއްޖަކު ޕާޓީ ފޯމުގައި ސޮއިކޮއްފިއެވެ. މިކަންތައްގަނޑު ސުކޫލުތެރޭގައި ވަރައްމައްޗައް ގޮސް ޓީޗަރުންނާ މެނޭޖުމެންޓާ ޗައްކޫއާ ދަރިވަރުންނާ އާންމުންނާ ޒުވާބުކުރާ ހިސާބަށް ގޮސް ކިޔަވައިނުދީ އެކަންތައްގަނޑު ފައްކާ ޒާހިރާ ޗައްކޫ އަދި ޑިސްކޯ އަވަދި ނެތި އެބައުޅެއެވެ.

މިވެރިން އެކުއްޖާ އޮފީހައް ގެނެސް ކުރިކަމެއްތޯ ސުވާލު ކުރުމުން ބުނި ކަމަށްވަނީ އެއީ އޭނާއަށް މަނާ ކަމެއްކަން ނޭންގި ކުރެވުނު ކަމެއްކަމަށެވެ." އެހެންތާވާނީ ސުކޫލު ކުދިން އެމީހުންގެ ޕާޓީގައިވެސް ހަރަކާތް ތެރިވޭވިއްޔާ، އަދި ޅޮހީގައި ހުރިހާ ޕާޓީއަކުވެސް ސުކޫލުކުދިން އެ ކުދިންގެ ބަޔަކު އުޅޭ ޕާޓީއެއްގައި ހަރަކާތްތެރިވޭ. "ރައްޔިތަކު ބުންނެވެ. ޕާޓީއަށް ވަނުން ބޮޑު މައްސަލައަކަށްވީއިރު، "ސުކޫލު ހަލާކުކުރާ އެ ތިންބޭންނަކަށް ނޭންގޭ ، ސުކޫލުގަ މަނާ ކަންތައްތަކަކީ ކޮބައިކަމެއް" ރާބެހުސޭނު ވަރަށް ދެރަވެލާފަ ބުންޏެވެ. ރަނަގަޅުވާހަކައެއް ދެއްތޯއެވެ.

ޗައްކޫ ދިސްކޯ ފައްކާޒާހިރަށް މަނާކަންކަން އެބަ އެގޭބާވައެވެ. ރޭގަނޑު 9 ގެ ފަހުން ބޭރުގަ އުޅުމާ، ރަށުން ބޭރަށް ދިއުމާ، މަސްއޮޑިކެފޭ ފަދަ ބޮޑެތި މީހުން އެއްވާ ، ކަސްބީ އަންހެނުން ގެންގުޅި ނާސިގެފަދަ ތަންތަނަށް ދިއުމާ، ޅޮހީ ޒުވާނުންނަށް ހުތުރުއަރުވާކުލަބު ފަދަ ޖަމިއްޔާ ތަކުގެ މަސައްކަތް ކުރުމާ، ސުކޫލު ކުދިން ލައިސަންސްނެތި މަހުޖަނު ސަރީފުގެ ސއިކަލު ދުއްވުމާ، އުޖޫރައަށް ނުވަތަ ސިގިރޭޓުފޮއްޓަކަށް ކޯލާވާޓަރު ފުޅިއަކަށް މަހުޖަނު ސަރީފުގެ ލޯންޗުތަކުގައި ސުކޫލުކުދިން ކުރޫންނަށް ގެންގުޅުމާ، ދެންދިގުކުރާނެކަމެއް ނެތެވެ. މިހިރީ ހައްތާވެސް މަނާކަންކަމެވެ.

ދާދި ފަހުން ޖުމުހޫރީޕާޓީގެ ގާސިމް އައިދުވަހު ބޮޑުވަގު އައްޕައަނީސާ ޗައްކޫ ޒާހިރު އަދި ޑިސްކޯ ބައިވެރިވެގެން، ސުކޫލު ލޯޑުން، ހުރިހާ ބެލެނިވެރިންނަށް ގާސިމް ބާލަންދާންގޮވާ ހެދީ ބަލަ އެއީ ހުއްދަ ކަމެއްބާވައެވެ. ސުކޫލުގެ ވެރިން ނުވަތަ ޓީޗަރުން ޖުމުހޫރީޕާޓީގެ ކެންޑިދޭޓު ސުކޫލުގަ ކުލާސްރޫމު އަޅައިދެނިއްޔޭ ކިޔާ ހެދީ ، ބަލައެއީ ހުއްދަ ކަމެއްބާވައެވެ. ހޭބަލިވީތާއެވެ.

ކަންކަން މިހިސާބުގައި ހުރިއިރު، މިކަންކަމުން އާންމުރައްޔިތުންނަށް ވީ ހަމައެއްކަމެއްވެސް ނެތެވެ. ގާސިމް ކޮއްދޭކަށް އެއްކަމކާވެސް އެއްބަހެއް ނުވިއެވެ. ޑިސްކޯއާށާ ޒާހިރަށް ގާސިމް ބައިލައްކަ ރުފިޔާ ދިންކަމުގެ އަޑުތަށް އެބައިވެއެވެ. އަނީސްށް ނުދުނީތޯއްޗެކެވެ. ސުކޫލުކުއްޖާ މޑޕ އަށް ސޮއިކުރުވީ ކީއްވެތޯ ޕާޓީގެ އިސްމީހަކު ގާތު އެހުމުން ބުނީ އެއީ އޮޅިގެން ވީކަމެއް ނޫންކަމަށާ، ރަށުގާ އެއަށްވުރެ މާބޮޑެތިކަންކަން ހިގަމުންދާއިރު އެކަން ރައްޔިތުންގެ ސަމާލުކަމަށް ނާންނާތީ ކުރިކަމެއްކަމަށެވެ. އޭނާ އިސާރާތްކުރީ ގާސިމް އައިދުވަހު ސުކޫލުން ހިންގި ކަންކަމަށެވެ. ވީއިރު ސަލާމަތެއް އެބައޮތްތޯއެވެ.

2 comments: