އަހަރުންގެ ވެރިކަމުގައި ފެރީ







ފެރީގެ ނިޒާމަކުން އެއްރަށުން އަނެއްރަށައްދިއުމާ، ފޮނުވާލަން ބޭނުންވާ ސާމާނު ފޮނުވާލުން ފަދަ ކަންކަމަކީ އަންނި ވެރިކަމަށް އަރާފަ ކުރާނަމޭ ބުނި ކަމެކެވެ. އެކަން ނުކުރާހާހިނދު އެއީކީ ވާނެކަމެއް ނޫނޭ ވަރައްގިނަ ރައްޔިތުން ކިޔާހެދިއެވެ.

އަޅުގަނޑު ހަދާންވަނީ އެންމެ ފުރަތަމަ ފެރީ ފަށައިގަނެ ޅޮހީބަދަރަށް ފެރީއައިސް ވަންދުވަހު ބަދަރުއަޅުވަށީގައި ތިބި މުސްކުޅިންކޮޅެއްގާތު ކަތީބުސަރީފު ދެއްކިވާހަކައެވެ. " އާތިއޮތީވާ ފެރީއެކެވެ. އަހަރެމެންގެ ވެރިކަމެއްގައި އެކަންކުރާނީ އިސްޕީޑު ލޯންޗެއްގައެވެ. ތިއޮތީ ގުޅާލެފިފައެވެ" މީ ހުސޭނުސޮރުމެން، އަޑާބެމެން އަޑުއެހި އަދި ފެތުރި ވާހަކަތަކެވެ. އަދި މި މީހުންގެ ތެރެއިން ގިނަބަޔަކު އެ ފެރީއަށް ނާރާނަމޭ ކިޔައިގެންވެސް ވާހަކަދެއްކިއެވެ. ނަމަވެސް ފޯއްކިބަޔަކާ ދުންފަތެއް ގަންނަންވެސް މަނަދުއަށްދާން އެރީ ހަމަ އެ ވެރިންނެވެ. އޭގެ އެންމެ ބޮޑު މަންފާއެއް ކުރީ ހަމަ އެވެރިންނަށެވެ.

ނަމަވެސް ބަގާވާތަކުން މޑޕ ގެ ވެރިކަން ވައްޓާލާ އެވެރިންގެ ވެރިކަމެއް އައިސް ހަމަޖެހުން ހިނދު ފެރީގެ ހިދުމަތް ހުއްޓިއްޖެއެވެ. ޒަމާންގަޑެއްގއި 5 ރުފިޔާއަށް ޑޮކްޓަރަށްދައްކާ ވިޔަފާރިކޮއް ހަދަން ގޮސް އުޅުނު މަނަދުއާށް ނުދެވި ރަށުބަންދުވެ، ހައްދާ ތަރުކާރީކޮޅާ ގޭދަށުގައި ހަރުވާ ކެޔޮގަނޑު ވިއްކާނުލެވި ފީވުމަކީ މިއުޅޭ ދެތިން މަހުޖަނުންނަށް ކަމަކަށް ނުވިއަސް ދެރަވަރުގެ އާންމު ރައްޔިތުންނަށް ވަރަށްބޮޑު ކަމެކވެ.

މިފަދަ ހިދުމަތްތަށް ހުއްޓުމުން އާންމުރައްޔިތުން ގާތު މޮޅެތި ވާހަކަދައްކާ ހަދާއިރު އޭގެ ކިބަޅިފަރާތުގައި އޮންނަނީ ތިމާމެން މުއްސަދިވެ އާންމު ރައްޔިތުން ބިކަވާ ސިޔާސަތުކަން ހަމަ ނުވިސްނެނީ ބާވައެވެ. ފެރީ ހުއްޓުމުން އާންމުންނަށް ދަތިވާހިނދު، މަހުޖަނު ސަރީފުމެން އެތިބެނީ ހީލަހީލައެވެ. ލޯންޗައް ދަތުރު ލިބޭތީވެއެވެ. ފެރީއޮތުމުން ލޯންޗައްލިބޭ ދަތުރު މަދުވެއެވެ. ވީއިރު އެކަންކަން ކުރިޔަނުދޭން ނުވަތަ ހުއްޓުވުމަށް އަބަދުވެސް އެފަދަ މަހުޖަނުން ކޮޅު ކޮންމެ ރަށެއްގައިވެސް މަސައްކަތް ކުރާކަމީ ފެންނަން އޮތް ހަގީގަތެވެ.

ކަން މިހެންއޮތްއިރު، ދާދި މިދާކަތްދުހު އަޑުއިވުނީ ފެރީ ހިދުމަތް ފަށާވާހަކައެވެ. ކޮންމެ ދުވަހަކު ކުރަމުން އައި ދަތިރު، ދެދުވަސް ކޮއްފަ އަނެއް ދެދުވަހު ފެރީ ނޯންނަގޮތަސެވެ. 10 ރުފިޔާއަށް ނިމޭ ދަތުރު 40 ރުފިޔާއަށް ބޮޑުވެގެނެވެ. އެއީ 4 ގުނަ ބޮޑު އަގެކެވެ. އިސްޕީޑު ލޯންޗަކު ނޫނެވެ. ހަމަ އެއްކަލަ އޮޑިގަނޑުގައވެ. މީ އަހަރެމެންގެ ވެރިކަމުގައި ފެރީ ގެ ހިދުމަތެވެ. ފައްކާދޯއެވެ.

ފެރީ ނެތުމުން އޭންގެން މަހުޖަނަކު ނުވަތަ ސިޔާސީ ލީޑަރަކު މި ޅޮހީގައި އަގައިން ބުނާއަޑު އެހިންތޯއެވެ. މިފެންނަނީ މަހުޖަނުންގެ އަމިއްލައެދުމަށްޓަކާ އަޅުގަނޑުމެން ނިކަމެތި އާންމު ރައްޔިތުން ގުރުބާން ވަމުންދާ މަންޒަރު ނޫންތޯއެވެ. އަޅުވަށިތަކުގައި އެވެރިން މޮޅުވާހަކަ ދައްކާ އިރު މުސްކުޅިންކޮޅެއް ސަޖިދަ ޖަހައިގެން ސަނާ ކިޔާން ތިބުމުގެ ބަދަލުގައި މި ވަނީ ކީއްކަމާމެދު ވިސްނާ އަޅުގަނޑުމެން ރައްޔިތުންއެންމެނގެ ކުރިއެރުމަށް ވިސްނުން ބަދަލު ކުރުން ކީއްތޯއެވެ.

0 comments:

Post a Comment