މަދިރި މަދުކުރުމުގެ ޕުރޮގްރާމެއް ބާއްވައިފި



ޅޮހީގައި މިދިޔަ ބުރާސްފަތި ދުވަހު މަދިރިމަދުކުރުމެ ޕުރޮގްރާމެއް ހިންގައިފިއެވެ. ޅޯހީ ސިއްހީ މަރުކަޒާއި ރަށުގެ ހުރިހާ ވުޒާރާތަށް ގުޅިގެން މި ހިންގި ޕުރޮގްރާމަކީ ގޭގޭގަޔާއި މުޅި ރަށުތެރޭގައި ފެންއުފެދޭގޮތަށް ހުންނަ އެއްޗިއްސާ އެފަދަ ހަޑިތަށް


ދެނެގަތުމުގެ ޕުރޮގުރާމެކެވެ. އޭގެން އެއްވެސް އެއްޗެއް ނައްތާލާ ނުވަތަ ސާފުކުރާކަހަލަ ޕުރޮގްރާމަކަށް ވެގެން ނުދިޔައެވެ. އެކަންކަން ދެނެގަނެ ޑެންގީހުންފަދަ ބަލިތަކުން ރައްކާތެރި ވުމުގެ ގޮތުން ތަންތަނަށް ކުނި ނޭޅުމަށް ވަނީ ގޮވާފައެވެ.

މިފަދަ ޕުރޮގްރާމް ތަކަކީ ސިއްހީ ދާއިރާއިން ކޮންމެ އަހަރަކުވެސް ސިލްސިލާ ގޮތެއްގައި ކުރަން ޖެހޭ ކަންކަން ކަމުގައިވެގެން ރާއްޖޭގައި މިކަންކަން ކުރަމުން އާދެއެވެ. ނަމަވެސް ވޭތިވެދިޔަ 6 އެއްކަ އަހަރުގައިވެސް ރަށުތެރޭގައި މިފަދަ ޕުރޮގްރާމެއް ހިނގާ ތަނެއް ފެނިފައި ނުވެއެވެ. ކުޑަމިނުން މިފަދަ ކަންކަން ކުރުމުގެ ވަޒީފާގެ ޒިންމާ އެޅިފައި އޮތް ފަރާތްތަކުންވެސް އެ ކަންކަން ކުރާތަނެއް ފެނިފައި ނުވެއެވެ. މިފަދަ ކަންކަން ކުރުމަށް ފެމިލީ ހެލްތު ވޯކަރުން ، ނުވަތަ ކޮމިއުނިޓީ ހެލްތު އޮފިސަރުން ނޭ ކިޔާބަޔަކަށް ޕަބްލިކް ހެލްތުން ވަޒީފާދީފަ ތިބެއެވެ. މި މީހުންނަކީ އިއްޒާތާ ކަރާމާތުން ފުރިގެންވާ ބަޔެކެވެ. މީމީހުންގެ މަސްއޫލިއްޔަތަކީ ކޮބައިބާވައޭ ވަރަށްގިނަ ރައްޔިތުން ސުވާލު ކުރެއެވެ.

ކޮންމެ މަހަކު ކުޑަކުދިންނަށްދޭ ވެކްސިންދިނުމާގުޅޭ ކަންކަން ކުރުން، ކޮންމެ 6 މަހަކުން ކުޑަކުދިންނަށް ވިޓަމިން އާއި ފަނީބޭސް ދިމުގެ ހުރިހާ މަސައްކަތެއް ކުރުން، މަހަކު އެއްފަހަރު ވިޔަފާރި ކުރާޔތަންތަނާ ފިހާރަތަކާ ، ހޮޓާކެފޭތަކުގައި ކާބޯތަކެތި ގެންގުޅެނީ ނުވަތަ ވިއްކަނީ ނުވަތަ ރައްކާކޮއްފައިހުންނަނީ ފުޑްއެންޑު ދުރަގް އޮތޯރިޓީގެ މިންގަޑުގައިތޯބަލާ އެ މިންގަނޑު ހިފެހެއްޓުމުގެ އެންމެހާ ޒިންމާ އުފުލުން، ކޮންމެ މަހަކު ހޮޓާކެފޭފަދަ ކާބޯތަކެތި ވިއްކާ ތަންތަނުގަޔާއި މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ސާފުތާހިރުކަން ބަލާ، ކާބޯތަކެތި ތައްޔާރުކުރަނީ ފުޑްއެންޑު ދުރަގް އޮތޯރިޓީގެ މިންގަނޑުގައިތޯ ބަލާ ، ކޮންމެ ހަމަހަކުން ކާބޯތަކެތި ވިއްކުމުގެ ނުވަތަ ސާފިތާހިރުކަމުގެ ސެޓްފިކެޓް ދިނުން، އަދި އެ ސެޓްފިކެޓް ނެތި އެކަން ކުރުން ހުއްޓުވުން،، ހުރިހާ ސުކޫލަކާ ގުޅިގެން ސުކޫލް ހެލްތު ޕުރޮގްރާމް ކޮންމެ އަހަރަކު ހިންގުން، އާންމު ރައްޔިތުންގެ ސިއްހަތު ދެނެގަތުމާއި ރައްޔިތުންނަށް ލަފާދީ ބޭސްދީ ހެދުމަށްޓަކާ ގޭގެއަށް ކޮންމެ ދުވަހަކުވެސް ދިއުން، މިކަމަށް ކިޔަނީ "ހޯމް ވިޒިޓު "ކުރުމެވެ. މަހަކު އެއްފަހަރު މަދިރި ފަދަ ފަނިފަކްސާ މަދުކުރުމުގެ ޕުރޮގްރާމް ހިންގުން، ކޮމިއުނިކަބަލް އަދި ނޮން ކޮމިއުނިކަބަލް ޑިސީސްތަކާއި ސިކުޑީގެ ބަލިތަކާއި ދިގުމުއްދަތުގައި ދޭބޭސްދިނުމާއި، ދޭތެރެ ދުރުކުރުމުގެ ބޭސްތަކާއި، އެހެނިހެން ބޭސްތައް ހޯދާ ދިނުމާއި، ރައްޔިތުންގެ ފައިދަށައްގޮސް ބަލިތަކަށް ހޭލުން ތެރިކުރުވުމާއި، ލަފާދީ ބޭސްދުމާއި ،މާބަނޑުވީއްސުރެ އެމައިންނަށް ބޭނުންވާ ހުރިހާ ރައްކާތެރިކަމަކާ އަޅާލުމެއް އެ މައިންގެ ގާތަށްގޮސް  ދިނުމާއި، ހާއްސަ ހާލަތްތަކުގައި އެމަޖެންސީގޮތުން ރަށުންބޭރަށް ގެންދަންޖެހޭ ފަދަ ހާލަތްތަކުގައި އެމަޖެންސީ ހިދުމަތް ދިނުމަކީ   މިމީހުންގެ ފަޒީފާގެ ޒިންމާތަކުތެރެއިން ފާހަގަ ކޮއްލެވޭ  ކަންކަމެވެ. .


މީގެން އެއްމެ ފާހަގަކޮއްލެވެނީ "ހޯމްވިޒިޓޭ" މިކިޔާ ބަޔަށޭވެ. ޅޮހީ ރައްޔިތުން މީގެން ދުވަހަކުވެސް ނުދެކޭކަމެކެވެ. މިކަމަކީ ރަށުގައި ބައްޔެއް އުޅޭތޯ ނުވަތަ ބައްޔެއް އުޅޭކަމުގެ މައުލޫމާތު ލިބުމުން އެތަނަކަށް ނުވަތަ އެގެޔަކަށް ގޮސް ރައްޔިތުމީހާގެ ގާތުން އަތްފޯރާފަށުގައި ދެވޭ ސިއްހީ އެހީތެރިކަމެވެ. މީ ރައްޔިތުން ވަރަށް ބޭނުންވާ ކަމެކެވެ. މިމަގާމުތަކުގައި އެތިބީ ސެހެނާއާ މަހުޖަނު ސަރީފެވެ. ނަމަވެސް އެމަގާމުތަކުގައި ތިބި މީހުންގެ ކަމަކީ ތަން ހޫނުކުރުމާއި އަމިއްލަ މަސައްކަތުގަޔާއި ލޯންޗު ތަކުގައި ފައިސާ ހޯދުމެވެ. ދޮގެއްތޯއވެ.

0 comments:

Post a Comment