ފުޓުބޯޅަދަޑުގެ ވަށާފާރު ފަށައިފި


ޅޮހީ ރަސްމީ ފުޓުބޯޅަދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސްރޫއު އަކީ މިދިޔައަހަރު މާލިއްޔަތު ގާނޫނާ ހިލާފަށް ޔޫތު މިނިސްޓުރީން ޅޮހީ ޒުވާނުންގެ ކުލަބަށް ދީގެން ކުރަން އުޅުނު މަސައްކަތެކެވެ. ކައުންސިލް އިދާރާތެރެއިން ކަރަޕްސަނަށް މަގުފަހިވާގޮތަށް ކައުންސިލަރު އަފީފާ އި، ފަތުހުﷲ ކައުންސިލް އިދާރާ ތެރޭގައި ހިންގަން އުޅުނު ޖަރީމާއެކެވެ. 240000 ރުފިޔާ ތަނުގެ ހަމައެކަނި ވަށާފާރަށް ކުލަބުގެ އެކައުންޓަށް ޖަމާ ކޮށްދިނުމުގެ ހުރިހާ ހިޔާނާތެއް އެ ދެ ކައުންސިލަރުން ވަނީ ކޮށްފައެވެ. ނަމަވެސް ޒަމާނަކީ މާލިއްޔަތު ގާނޫނަކާ ކަންކަން ކުރާ އުސޫލުތަށް ހަރުދަނާ ޒަމާނަކަށް ވުމުން އެކަން އެގޮތަށް ނުވެ ، މިހާރު މި މަސައްކަތް އިއުލާންކޮށް ބިޑުގެ އުސޫލުން ކާމިޔާބުކޮށް އެ މަސައްކަތް ކުރަމުން ދަނީ ނޯރައިޓުގޭ މުހަންމަދެވެ. މުހަންމަދު ބުނާ ގޮތުން ރޯދައިގެ ކުރިން މަސައްކަތް ނިންމާ ލެވޭތޯ ވަރައް ހިއްވަރު އެބަ ކުރަމެވެ.

މި މަސްރޫއަކީ ބަގާވާތަކުން ވެރިކަން ބަދަލުވުމުގެ ކުރީގައި މިދާއިރާގައި ހަދާ އެންމެ ރަނގަޅު ދަނޑެވެ. ދަނޑުގެ މަސައްކަތް ފެށެން ގާތްވެފާވަނިކޮއް ވެރިކަން ބަދަލުވީކަމުގައި ކައުންސިލަރުން ބުނެއެވެ. ވެރިކަން ބަދަލުވުމާއެކު ޔޫތު މިނިސްޓަރާ ގުޅިގެން ޅޮހީޒުވާނުންގެ ކުލަބުން ފާޑެއްގެ ޕރޮޕޯސަލެއް ހަދައިގެން ހުށައަޅައިގެން އެއަށް މަސައްކަތް ދޭން މަސައްކަތް ކުރީއެވެ. ނަމަވެސް މުރުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުން މި މަސްރޫއަކީ މޑޕ ސަރުކާރުން ވަށާފާރާއި ، ވަށާދާޖަހާ، ރެސްޓްރޯމާއި ފާހާނާ އަދި މެހެމާނުންގެ ސިޑިބަރިޔެއް ހިމެނޭގޮތަށް ، މި ދާއިރާއަށް ހާއްސަ ކުރެވިގެން ޕުލޭން ކުރެވިފައިވާ ދަނޑެކެވެ. ނަމެސް ވެރިކަމަށް ބަގާވާތަކުން އަރާ އެ ޕރޮޖެކްޓް ކޮށާ ކުދިކޮށް ދެތިން ރަށައް ބަހާލީއެވެ. މިއަތޮޅު މަނަދުއާ ލަންދުއަށް މި ޕރޮޖެކްޓުން އެހީ ލިނބުންކަމަށް ވެއެވެ. އެތަންތަނުގައި މަސއްކަތް ކުރީ މާލިއްޔަތު ގާނޫނާ އެއްގޮތަށެވެ. ނަމަވެސް ޅޮހީގައި މީތި ހިލައިލުމުގެ ސަބަބުން މިކަން ލަސްވެ، އެވެރިން ފަލީހަތް ވީތާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މަސައްކަތް މުހަންމަދު ނަގައިގެން އުޅެނީ 190000 އަށެވެ. ވީމާ 40000 ވުރެ ގިނަ އަދަދެއް ސަރުކާރަށް ފައިދާވީތާއެވެ. ކުލަބުން ހަމައެކަނި ތަކެތީގެ އަގައް، މަސައްކަތު އަގު ނުލާ ޕރޮޕޯސަލް ހެދި އަގައްވުރެ ، ކާންބޯން މަސައްކަތް ކުރާ މީހުނަށް މަސައްކަތުގެ އަގާއި ތަކެތީގެ އަގު ހިމަނައިގެން އެސްޓިމޭޓު ހެދީމާ އަގުހެޔޮވަނީ ކުލަބުގެ ވެރިޔާ ފައްކާޒާހިރަށާ ކައުންސިލަރު ފަތުހުﷲއަށާ އަފީފަށް އިހުލާސްތެރިވެވޭލެއް ބޮޑުވީމާކަމަށްވެދަނެއެވެ. ދީނާގައުމަށްޓަކައި ގުރުބާންވާތީ ކަމަށްވެދާނެއެވެ.

0 comments:

Post a Comment