މައުރަޒެއް ބާއްވައިފި


ޅޮހީސުކޫލުގެ ބެލެނިވެރިންނަށް އަތްތެރިމަސައްކަތުގެ މައުރަޡެއް ބާއްވައިފިއެވެ. މި މައުރަޒަކީ ދަރިވަރުން ލައްވާ މަސައްކަތް ކުރުވުމުގެ ބަދަލުގައި ބެލެނި ވެރިން މެދުވެރިކޮށް ދަރިވަރުންގެ އިތުރު ހަރަކާތްތަކަށް ފައިސާ ހޯދުމެވެ. ޅޮހީ ސުކޫލުގެ ދަރިވަރުން މަސައްކަތް ދުވަސް ފާހަގަކޮއްގެން ބޮޑުއަދަދެއްހޯދާއިރު އޭގެން ދަރިވަރުންނަށް ހަރަދު ކުރަނީ ވަރަށް މަދު ފައިސާކޮޅެއްކަމުގައި އަބަދުވެސް ދަރިވަރުން ސަކުވާކުރާކަން ފާހަގަކޮއްލެވެއެވެ.

މި މައުރަޡުގައި ރަށުގެ ހުރިހާ ބެލެނިވެރިންހެން ބައިވެރިވެ އަތްތެރި މަސައްކަތްތަށް ބައިވެރިކޮށްފައިވެއެވެ. އަދި ސުކޫލުންވަނީ މިކަން ވަރަށް ކުލަގަދަކޮށް ކައިރީ ހުރިހާ ރިސޯޓެއްގެ ޓުއަރިސްޓުންނަށް ދައިވަތުދީ ހަދާފައެވެ. އެމީހުންއައިސް ސާމާނު ގަތުމުން ފައިސާ ލިބޭނެކަމުގެ މައުލޫމާތުވަނީ ބެލެނިވެރިންނަށާ ކުދިންނަށް ދީފައެވެ. ރިސޯޓުތަކުން އައި މެހެމާނުންނަށް ގައުމީހެދުން އަޅައިގެން މާބޮޑިއާ ކުރުބަލުން ސުކޫލު ދަރިވަރުންނާ މުއައްޒަފުން މަރުހަބާކިއެވެ. މެންދުރުގެ ކެއުމަށް ވަރުގަދައަށް ކެއުން ތައްޔާރުކޮށް ރަށުތެރެ ރީތިކޮށްފައިވެއެވެ.

މައުރަޡުގެ ކަންތައްތައް ދިޔަގޮތަށް ބަލައިލާއިރު ތަކެތީގެ އަގުތަށް ވަރަށްބޮޑެވެ. ބައެއް ބެލެނިވެރިން ބުނާގޮތުގައި 100 އެއްހާ ރުފިޔާއަށް އަގުޖެހި ތަކެތި 4000 ރުފިޔާވަރަށް ސުކޫލުން އަގު ބޮޑުކޮއްފައި ހުއްޓޭވެ. ނަތީޖާ އަކީ ތަކެތި ވިކުނު މިންވަރު ވަރަށް މަދެވެ. "ހައެއްކަ އެތި ވިކުނޭ، އެކަމު ކުރިން މައުރަޡުތަކުގައި ރަށުގެ މީހުންވެސް އެއްވުރެ ގިނައިން އެއްޗިހިގަނޭ" ބެލެނިވެރިޔަކު ބުންޏެވެ. ވީއިރު ކަމުގެ މަގުސަދު މިވަނީ ހާސިލް ނުވެއެވެ.

މައުލޫމާތު ލިބުންގޮތުގައި ރިސޯޓުތަކުން މިކަން ނަގާފައިވަނީވެސް ވަރަށް އަދައިގެ ގޮތަކަށެވެ. ތުއަރިސްޓުން އައީކީ ކޮންމެހެން އެއްޗހި ގަތުމުގެ ފިކުރެއްގަނޫނެވެ. ގިނައީ ޗައިނާ މީހުނެވެ. އެމީހުނަކީވެސް ސުވެނިއަ ފަދަ ތަކެތި ގަނެ އުޅޭބައެއް ނޫނެވެ. ސުކޫލުން އަދި ބެލެނިވެރިންނާ ދާރިވަރުން މިކަމުގައި ކުރި މަސައްކަތުގެ އަގު މިދިޔައީ ނުލިބިއެވެ. މެންދުރު ކެއުމުގެ ހަރަދުވެސް ނުލިބިއެވެ.

ބައެއް ބެލެނިވެރިން ބުނަނީ އެ ތަކެތި ރަށު ރައްޔިތުންނަށް އަގު ހެޔޮކޮއްފަ ގަނޭތޯ އަލުން ހުޅުވާލުން މާރަނގަޅުވާނެކަމަށެވެ.






0 comments:

Post a Comment