ޅޮހީގައި ހިލާލީ ހަމަ އެކަނި ފުޓް ބޯޅަ ދަނޑުތަ؟

ނޫނުޅޮހީ. ކޮމް އިން ނަގާފައި


ޅޮހި ފުޓް ބޯޅަ ދަނޑު ހިލާލި ވާހަކަ އެއް މާގަދަޔަކަށް ދަނީ ޅޮހީގައި ދެކެވެމުންނެވެ. ތެދެކެވެ. ދަނޑުގެ މަސައްކަތުގައި މައްސަލަތަކެއްހުރިކަން ވަނީ ވަރަށްބޮޑަށް ފާހަގަކުރެވިފައެވެ. މިހާތަނަށް އަޅާފައިހުރި ކޮންކްރިޓްގައި ދަނގަނޑު ފެންނާކަށނެތެވެ. މިކަން އިންތިހާއަށް ކުށްވެރިކުރަން ބަލާއިރު މަސައްކަތްކުރި ފަރާތުން އެއީ ލީނެއްކަމަށް އަންނަނީ ބުނަމުންނެވެ. އަދި ކައުންސިލް އިދާރާއިން ބުނަމުން އަންނަނީ ފައުންޑޭޝަންނެއް އަޅާފައި ކައުންސިލް އިދާރާއާއި ހަވާލުނުކުރާ ކަމަށެވެ. ދެން މި ހިނގާކަންތައްގަނޑަކީ ސިޔާސީގޮތު ބަޣާވާތަށް ބައިއަތު ހިފި ޅޮހި ގެ ފަރާތްތަކަކުން ހިންގާ ޖަރީމާއަކަށްވެއްޖެއެވެ. މި މީހުންގެ ބޭނުމަކީ ކައުންސިލްގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ ބައެއްގެ އަގުވައްޓާލުމެވެ. މީގެ ދެންމެ އެންމެ ހެއްވާ އަނެއްކަމަކީ ފުޓް ބޯޅަ ދަނޑު ހިލާލައިގެން ކައުންސިލްގެ އެމްޑީޕީ މެންބަރުންގެ ބޮލުގައި ކޮށަމުން އަބްދުލް މަންނާން، މަޖީދް، މުހައްމަދު މެން ދާއިރު ސިއްދީގް މީގައި ޒިންމާ ނަގަން ނުޖެހޭނެ ވާހަކައެވެ.

ޅޮހީގައި ހަމަ އެކަނި ހިލާލީ ފްޓްބޯޅަ ދަނޑުތޯއެވެ. ޅޮހި ހެލްތް ޕޯސްތްގެ މަގްފާޜު ރާނާފަ އެހުރީ ކިތައް ދަނގަނޑު ފައުންޑޭޝަނަށް ލާފަތޯއެވެ. މިކަން ކުރީ ފްޓްބޯޅަ ދަނޑުގެ މައްސަލައިގައި އެންމެ ގަދަޔަށް ރަށްޔިތުންގެ ހައްގަށް ވަކަލާތުކުރާ ހަނީފް މަސައްކަތް ނަގައިގެންނެވެ. ދެން ހަމަ އަތޮޅުގެ ހެލްތް ސެންޓާރތަށް އަޅަން ހިލަޔާ ހިލަވެލި އަދި ހިޔާކުރަން ލަކުޑި ބޭނުންކުރި އިރު ޅޮހި ހެލްތް ސެންޓާރ ހެދިއިރު އެތަކެތި ބޭނުން ނުކޮށް ސީލިންގ ގެ މަތީބައިގައި ސިމެންތި ނުޖެހީ ހަމަ ރަށްޔިތުންނަށް ޓަކާތޯއެވެ. މީ ހިލާލުމަށް ނުވޭތޯއެވެ. އެތަން ހަދަން ދިން ފައިސާ ކޮބައިތޯއެވެ. އެތަނާގެ ތަނބުތަކަށް އެއް ދަނގަނޑު ލީ ސަރުކާރުގެ ގަވާއިދަށް ފައްތަންތޯއެވެ. މިކަން ހިލާލުމަކަށް ނުވި ބަޔަކަށް ފްޓްބޯޅަ ދަނޑު ހިލާލުމަށް ވުން މީ ހަމަ ސިޔާސި ޒަތީ ޕުރޮޕެގެންޑާ އެކެވެ.

ފްޓްބޯޅަ ދަނޑުގެ މަސައްކަތުގައި އެންމެ ގަދަޔަށް އަނގަތަޅާ ގާނޫނޭ ގަވާއިދޭ ކިޔާ ވަހަކަ ދަށްކާ މީހުންންށް ދިވެހިރާއްޖޭގައި އޮތް ކޮންޓްރެކްޓާއ ބެހޭ ގާނޫނު ލޮލަށް ފެނުންތޯއެވެ. ރަށަށް ހަކުރު އެތެރެކޮށް ޑްރަގް ޑީލްކުރާ ނުހޮވުން ކައުންސިލަރއިންވެސް ދަނޑު ހިލާލި ވާހަކައެއް މާ ގަދަޔަށް ދަށްކާއިރު މި މީހުންގެ މީހުން ތިބެގެން ހެދި އަސުރުމާގެ ތަނބުތަކުގައި އަދި ބެރިތަކުގައި ދަނގަޑު ނުލާ ހިލާލީ ރަށަށްޓަކައި ގައުމަށް ޓަކައި ގާނޫނުގެ ހައްގުގައިތޯއެވެ

މިސްކިތް ހިލާލާފައިހުރީ ހަމަ ގާނޫނުގައި އެހެންވާ ތީ ތޯއެވެ. ތޮށިގަނޑުގައި ސިމެންތި ޖަހާ އެތަން ހަދަން ހަވާލުކުރީމަ ސިމެންތި ހަރަދުކުޑަކޮށްލަން ގަލާ ވެއްޔާ އަޅާ އެތަން ހިލާލީ ހަމަ ރަށަށްޓަކައިތޯއެވެ. އެތަންވެސް ހަދާފައިވަނީ ސިމެންތި އަޅާ ރަނގަޅަށް ބަންދުކުރަން ބުނި ތަންތަނަށް ބޮޑެތި ގަލާ ވެލި އަޅާފައި ބޭރުގައި ސިމެންތި ތައްކޮށްލައިގެންނެވެ. މީ ރަށައް ހެޔޮއެދިގެން އެންމެ ގަދަޔަށް މިވާހަކަ ދަށްކާ ހަސަން ކޮށްފައިވާ ކަމެކެވެ.

ރަށުގެ މަސައްކަތެއް ހިލާލީމަ އެވާހަކަ ދަށްކަމުން އޭގެން މިވެނި އެވެނި ގެއްލުންވީ ވަހަކަ ދަށްކަން އެންމެ ކަމެއްގައި ހިފާ ދަމަމުން ދުވާއިރު ތިމާމެންނަށް ރަށައް ހެޔެއެދޭނަމަ ސަރީފް ހަރުގޭގެ ކަންތަކުގައި ނިކުންނަށް ނުކެރެނީ ކީއްވެތޯއެވެ. އެހެން މީހުންގެ ހަރުގެތަށް ދޯނި ނިމުން ވަގުތު ނަގަން އަންގާފައިވާއިރު އަދި ފާއިތުވި ވަގުތަށް ޖޫރިމާނާ ފީ ދައްކަން ސަރީފް އެންގިއިރު މިހާރު އޮތް ކައުންސިލުން ސަރީފަށް ހަރުގެ ނަގަން އެންގުމާއި ވަޅު ފޮރުވަން އެންގުން ކައުންސިލަރ ސިއްދީގަށް މައްސަލައަކަށްވީ ހަމަ ރަށްދެކެ ލޯބިވެ ގައުމާ ހަމަހަމަކަމާއި އިންސާފަށް ލޯބިކުރާތީތޯއެވެ. ރަށުގައި ވަކި މީހަކުވީމަ މިހާބޮޑަށް ތަފާތުކުރަން މަޖީދުމެން ބައިއަތު ހިފީ ރަށްދެކެ ލޯބިވާތީ ތޯއެވެ. އެހެން ހުންނަ ހުރިހާ ކަމެއްގައި ރަށްޔިތުންގެ ހައްގުގައި މަންނާނުމެން ބުނާއިރު މިފަދަ ކަންކަމުގައި ނިކުންނަށް ނުކެރެނީ ކީއްވެތޯއެވެ. މީ ފަހެ ރަށުގެ އާންމު އުސޫލްތައް އުވާލާ ގޮންޖަހާފައި ހިންގަ ޖަރީމާއެއް ނޫންތޯއެވެ.

މަޖީދް މެން ދަނޑުގެ ފައުންޑޭޝަން ހިލާލި ވާހަކަދަށްކާ ހަޅޭލަވާއިރު ޅޮހި ސްކޫލް ވެސް އަންނަނީ މަޖީދްމެން ޒަމާނުއް ފަށައިގެންވެސް ހިލަމުންނެވެ. ސްކޫލްގެ ދަރިވަރަކާއި ހިތާވެ ބޯކެޔޮ ފާތަކުގެ ތެރޭން ދުވެ ޓެސްޓް ޕޭޕަރ ތަކަށް ހިތުހުރިގޮތެއް ހަދާ ހިތާވެގެން އުޅުން ކުއްޖަގެ މާކްސް ބަދަލުކޮށް ފާސްކޮށްދިނުން މީ ހިލާލުން ނޫންތޯއެވެ. ހަމަ އެގޮތަށް އެދުވަހުން ފަށައިގެން ހިލަމުން އައި ސްކޫލް އެންމެ ފަހުން ހިލާލަށް އަނެއްކާވެސް ސްކޫލްގެ ތެރެއަށް ސްކޫލް ބޯޑް މެންބަރަކަށްވެ މަޖީދް ވަނެވެ. ދެންވެސް ހިލާލުމުގެ އެތަކެއް އަމަލެއް ހިންގިއެވެ. ދެން ހިލާލި ވާހަކަ ދަށްކަން މިހާރު މާ ފޯރިއެއްހުރި ޒިންމާދާރު އެޑްމިން ވަރުދާ ގެ ޅިޔަނު ވެސް ވަނީ ސްކޫލްގެ ތެރެ ހިލާލާފައެވެ. މިގޮތުން ފުރަތަމަ ހިލާލަށް އެތަން އާއިލާ ތަނަކަށް ހެދިއެވެ. ސްކޫލްގެ ތެރެ ސާފްކުރުމުގައި އެ ކަމަނާގެ ބައްޕަ ކޮންމެ ދުވަހަކު ހިލާލައެވެ. ސްކޫލްތަކަށް ކިޔަވަން ކުދިން ދާއިރު ޑެސްކްތައް ސާފްނުކުރާތާ ރަށުގައި ކުނި އަޅަން ހެދި އުސޫލުތައް ފުނޑާލާ އެޔައް ގޮންޖާ އެ އުސޫލްތައް ހިލާލާ ފްޓް ބޯޅަ ދަނޑުގެ ފަހަތުގައި އަމިއްލަ ކުނިގޮނޑު ހެދީ އެ ކަމަނާގެ ބައްޕައެވެ. ދެން ކައުންސިލް ޒިންމާދާރުވާން ބުނާއިރު ފުރަތަމަ ފިރިކަލުން ޒިންމާދާރުކުރުން މުހިންމެވެ. އަހަރެމެން ހޮވި ކައުންސިލަރުން އެކަމާނާމެންގެބައި މީހުންގެ ދުއްތުރާތަކަށް ކެށްކޮށް ހިތްވަރާއި އެކު ދަނީ މަސައްކަތްކުރަމުންނެވެ. ފިރިކަލުން ވެލިދޫގައި ބޯޓްކައިރި ޔަގީން ޑްރަގް ސިޕްމެންޓެއެއް އެތެރެވާތީ ފާރަލާން ބެހެއްޓީމާއި ވާހަކަ ދަށްކަން ހުއްޓާ ޑްރަގް ފޮށިގަނޑު ގެއްލުން މީވެސް ޒިންމާދާރުކަމުން ޒިންމާ ނެގޭތީ ވީކަމެއްތޯއެވެ

ސްކޫލް އަށް ވެރިޔަކު އަންނައިރަށްވެސް ހިލާލާ ފޮނުވާލަނީއެވެ. މިކަމުގެ އަޑީގައި ތިބީވެސް ހިލާލާތީ ކަންބޮޑުވެގެން އަޑުއުފުލާ ހަސަންގެ އައިސްތް އާއި ޒާހިރ އަދި އިބުރާހިމެވެ. ހިލާތީ ކަންބޮޑުވާ މީހުންނަށް އަޅުގަނޑުމެން އެންމެންގެ ދަރިން ހިލާލާއިރު އަނގައިން ނުބެ ހަނުހިމޭނުން ތިބީ ރަށާއި ޒުވާން ޖީލްދެކެ ވާ ލޯބިންތޯއެވެ. ފަހުން އައި ހުރިހާ ޕްރިންސިޕަލްއިންވެސް ދިޔާއީ ހަމަ ކެއްނުވެގެންނެވެ. ރާއްޖެގެ އެންމެ ތައުލީމީ ދާއިރަގެ ތަޖްރިބާހުރި ގަހާ އާއިލާއާއި ގުޅުންހުރި ފަރާތެއް ސްކޫލް ހިންގަން އައުމުންވެސް މި މީހުން ހިލާލީއެވެ. މިކަން ގަހާ ފެމެލީގެ ތައުލީމީ ބޭފުޅުން ގާތު އެހީމަ އެނގޭނެއެވެ. އެނާގެ ބޭބެ އަހަރެމެންގެ ރަށްޓެއްސަކަށް މިވާހަކަތަށް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އަހްމަދު ޅޮހީ ސްކޫލުން ބޭރުކުރަންވެސް އެންމެ ގަދަޔަށް މަސައްކަތްކޮށް އަހްމަދާ މެދު ބެލެނިވެރިންގެ ހިތުގައި ރުޅިވެރިކަން އުފެއްދީވެސް ޒާހިރު އަޑީގައި ހުރެގެންނެވެ. އަހްމަދު ގާތުގައި އަދި އަހްމަދަށް ތާއިދުކުރާފަރާތްތަކުގެ ގާތު ނޫންކަމަށް ހެދިގެން ހުރެ އަހްމަދު ބޭރުކުރަން ޒާހިރު ކުރި މަސައްކަތް އެނގޭ ކިތަންމެ ބަޔަކު ޅޮހިގައި އެބަތިއްބެވެ.

ސިއްދީގް ކައުންސިލަރ ގެވަޅުގައި ދަނޑު ހެއްދިއިރު އެތާ އޮތް މަގުގެ 10 ފޫޓް ފޫޅަ މިނަށް ހިފާއި ކޮށިގަނޑު އަޅާ ދަނޑުވެރިކަންކުރީ ގާނޫނުގައި އެގޮތަށް އޮތީމަތޯއެވެ. މީ ދަނޑުވެރިކަން ކުރަން ދޫކުރި މަގެއްތޯއެވެ. މިކަންވެސް ހިލާލީއެވެ. ދެން ގެވަޅުގެ އަނެއްކޮޅުން ގްރީން ޒޯންއަށް ޕްލޭންކުރި ތާނގައި ދަނޑުހައްދަން ފެށީ ހަމަ އޮފީހުގެ ހުއްދައެއް އޮވެގެންތޯއެވެ. މީ ހިލާލުމަށް ނުވޭތޯއެވެ. އިންޖީންގެ އަކީ ވަކި މީހަކު ދަނޑުހައްދަން ދީފައިވާ ބިމަކަށް ވީ ކޮން އުސޫލަކުން ކޮން ގާނޫނަކުންތޯއެވެ. މީ ސިއްދީގްގެ އަނބިކަނބަލުން ހިންގާފައިފާ ހަޑިހުތުރު ކަރަޕްޝަންގެ އަމަލެކެވެ. މީ ވަކި މިހަކަށް ނަޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެކެވެ. މިކަމަކީ ފޮރުވުމެއްނެތި ޅޮހި ރަށްޔިތުންނަށް ފެންނާން އޮތް ބޮޑު ފަސާދައަކަށެވެ. ފަސާދަ ވާނީ ކޮންމެ މީހަކު ކުރިޔަސް ފަސާދައަށެވެ. ތިމާމެން އެހެން މީހުންގެ ފަހަތުން ކަރަޕްޝަނޭ ކިޔާ ހަޅޭލަވަމުން ދުވާއިރު ތިމާމެންގެ ކަރަޕްޝަންގެ ސާބިތު ދިރިހުރި ހެކި ފެންނަންހުރި މައްސަލަތަކަށް ޖަވާބުދާރީވާން ތައްޔާރުވާށެވެ. ތިމާމެން ހުރިހާ ކަމެއް ހިލާލާފައި އެހެން މީހުން ބޭޒާރުކުރަން ދުވާއިރު އެހެން މީހުންވެސް ލޯމަރާލައިގެން ހަނު ހިމޭނުން ތިބޭނެކަން ދަނެގެން ނުވާނެއެވެ. ރަށަކި ހަމަ އެންމެންގެވެސް ރަށެވެ.

ހިލާލި ވާހަކަ ދެން އެންމެ ގަދަޔަށް ދަށްކާ މުހައްމަދު އަކީ ޑްރަގްގެ މައްސަލަތަކެއް ސާބިތު ހެއްކާއި އެކު ކޯޓަށް ފޮނުވާފައި ވާ މީހެކެވެ. އަދި މިފަދަ އެތައްކަމެއްގެ އިތުތަރަށް މިހާރުވެސް އެކި ތަންތާނގައި ބަދިގެތައް ހުޅުވައިގެން އަންނަކަމުގެ އަޑުތަށް ވަނީ ފެތުރިފައެވެ. ގާނޫނާއި ހިލާފަށް ރަށުގެ ކަންކަން ދާތީ ނިކުންނައިރު މަންނާނުމެންނަށް ވަކި ކަމެއްގެ ނިކުމެވޭކަން މިއޮތީ ސާފްކޮށް ފެންނާށެވެ. ޅަ ކުދިންނާއި ޒުވާނުންނަ މިކަން ނޯޅޭނެ ކަން ޔަގީނެވެ. ރަށްދެކެ ލޯބިވެ ހެޔޮއެދިގެން ނިކުންނަ ބަޔެއްނަމަ މިހުރިހާ ވާހަކަވެސް ދެއްކޭނެއެވެ. މި ލިޔުމާއި ގުޅިގެން ކޮންމެ މީހަކު ރުޅި އަޔަށް ތާރީހައްޓަކައި ފަހުގެ ޖީލްތަކަށްވެސް މި ލިޔުން ވާސިލްވާނެއެވެ. ބަޔަކު ރުޅި އަޔަސް ހިނިއަޔަސް މީ ހަގީގަތެވެ. މި ހަގީގަތް މި ލިޔުން ޕަބްލިސްކުރެވޭ ވަގުތުން ފަށައިގެން އެމެރިކާގެ ސާރވާއެއްގައި ސޭވްކުރެވޭނެއެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް ތާރީހައްޓަކައި ލިޔެ އެމެރިކާގެ ސާރވާއެއްގެ ޑާޓާތަކުގެ ތެރޭގައި މުޅި އުމުރަށް ރަށްކާކުރެވުނު ލިޔުމެކެވެ

0 comments:

Post a Comment