މިސްކިތު ދޮރުތަށް ހިލައިލައިފި





ރަށު ހުކުރު މިސްކިތް "މަސްޖިދުލް ހުދާ"ގެ ޖާގަ ކުޑަވުމުން ދެކުނުފަރާތުގައި ހަދާފައޮންނަ ފެންޑާގަނޑެއްގައި ދޮރު ލުން ހިލައިލާފިއެވެ. މީދެން ނުނިމުނު ބަންޑާރަ ބޮޑުފެންޑާއެވެ. ފައިސަލު ހިލޭ ހަދައިދޭންފެށި ފެނޑާގަނޑު ގެ ހާލަތު މިވަނީ ވަރައް ގޮހުގައެވެ.
ފެންޑާގައި ދޮރުފަތްތަކެއްލާންވެގެން ކިޔާގޮތުން ފައިސަލް އެހީދީގެން ބަޔަކު ކުދި ދޮރުތަކެއް ހަދާފަ އެތާންގަ ހަރުކޮއްފާހުއްޓެވެ. ޒަމާންތަކަކަށްފަހު އެދޮރުތަކުގައި ދޮރުފަތް ނުލެވި ހުރުމުން މާ ދީންވެރި ކައުންސިލަރު އަފީފު އަމިއްލައަކަށް އިސްލާމިކް މިނިސްޓުރީން ދީފައިވާ އެހީއެއްގެ ދަށުން އެކަން ުރުމަށް އިސްނަގާ ހލައިލައިފިއެވެ. މަސައްކަތް ފައްކާގޭ ސަލީމާ ހަވާލުކުރިއިރު ކުރިން އެހެން ބަޔަކު ހަރުކޮއްފަހުރި ދޮރުފަތްތަކުގެ އަގުވެސް ސަލީމުލީ އެސްޓިމޭޓުގައި ހިމަނާފަވެއެވެ. މީ ދެމީހުން ގުޅިގެން ހިންގިކޮރަޕްސަނެއްނޫންބވައެވެ. މަސައްކަތުގެ މުއްދަތު ފަހަނައަލައިގެން ގޮސް 3 މަސްވީއިރުވެސް މަސައްކަތެއް ނުނިމެއެވެ. ރޯދަމަހުގެ މެދުތެރޭގައި މަސައްކަތް ނިނމި އިރު ދޮރުފަތް ލައްޕާފަ ހުންނައިރު އެތެރެއަށް އިގިލި ވަންނަހާ ދުރު ޖާގަހުންނަ ތަންތަން ހުރެއެވެ. ދަވާދުލާފަ ހުރިއިރު އޮމާންކޮއްލުމެއް ނެތުމުން ނެގިފަހުރި ކީލިތަށް އަތަށް ވަދެއެވެ. ދަވާދުތަށް ބިއްލޫރިތަކުގައި ހާވާފައެވެ.

ކޮންމެއަކަސް މިމައްސަލަ ފެންމަތިވުމުން ކައުންސިލަރު އަފީފުވަނީ އެކަންތައް ރަނގަޅުކުރަން އަންގާ އެކަންކަން ރަނގަޅު ކުރުވާފައޭ އެ އިދާރާއިން ބުނެއެވެ. ނަމަވެސް މަސައްކަތުގެ ފެންވަރާ ނުތާހިރުކަން ހުރީ ހަމަ އެގޮތަށެވެ. މަސައްކަތް މިހާރުހުރީ ހަވާލުކޮއްފޔޯ، އަދި ފައިސާހަވާލު ކުރަން ބަލައިލިއިރު، މުދަތަށް ނުނިންމުމުން ޖޫރިމަނާގެ ގޮތުގައި އެގުރިމެންޓާ އެއްގޮތަށް ކަނޑަން ޖެހޭ އަދަދު ކަނޑާލުމުން ސަލީމަށް ދޭނެ އެއްޗެއް ނެތޭ ކިޔާއަޑު އިވެއެވެ. މިކަމާ ފަތްކެޔޮ ކައުންސިލަރު އަފީފު ބޯބުރާންތިވެގެން އިސްލާމިކް މިނިސްޓުރީއަށް ގުލައިގެން ހައްލެއް ހޯދަން ވަރަށް މަސއްކަތް ކުރާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މަސައްކަތް ނިންމާ ހަވާލުވުމަށްފަހު އެގުރިމެންޓައް އިސްލާހެއް ގެނުވުމަކީ ކުރެވޭނެކަމަކަށްވަންޏާ އަވަހަށް ކަރަށް މަޅިލުން ރަނގަޅުވާނެއެވެ. ކަންކަން ކުރަން އޮންނަ އުސޫލުތަށްނޭންގި އެހެންމީހުނަކީ ބީތާއިންނަށް ހަދައިގެން އުޅޭންވީމަ ވާނީ މިކަހަލަގޮތެކެވެ.

މި މަސައްކަތުގައި ވަރަށްގިނަ ކޮރަޕްސަންތަށް އެބަހުރިކަން ފާހަގަކުރެވެއެވެ. ކަން ވަކިގޮތަކަށް ނިމުމުން އެ ކަންކަން ކިޔުންތެރިންނަށް ހުށައޅާލާނަމެވެ. މިހާރުވެސް ބޯދަމައި ނުގަނެވޭނެ ކަންކަން އެބަހުއްޓެވެ. އެންމެނަކީ އެއްވެގެން އަޑުގަދަކޮށްގެން ކަންކަން ކުރާބީތާއިންނެއް ނޫނެވެ.

0 comments:

Post a Comment