ފުޓުބޯޅަދަނޑު މަގުފާރު ގެ ހާލު



ފުޓުބޯޅަދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތާ ކުކުޅު މުހަންމަދު ހަވާލުވެގެން ކުރިއަށްދަނިކޮއް ބަޔަކު ވަނީ ކޮންކުރިޓުތަށްތަޅާ ހަލާކުކޮއްފައެވެ. ތެޅުމުން އެގުނީ އެކޮންކުރިޓައް ދަނގަޑު ނުލާ ހުރިކަމެވެ. "ކޮނފަދަ ހިލުމެއްތޯއެވެ. ކޮންފަދަ ގެއްލުމެއްތޯއެވެ. ކޮންފަދަބޮޑު ހިޔާނާތެއްތޯއެވެ. " އެތަން ތެޅިމީހުން ކަމަށްވާ ރަށުތެރޭގެ ކަންކަމާ ނުބެހޭ މަޑުމޮޅި މުންތާޒުއާއި، ބީބީމޯޑު، ޖަންބުމަޖީދާ މަންނާނު މެން ބުނެއެވެ. މިމީހުން އިތުރަށްބުނާގޮތުން އެމަސައްކަތް އޭނަގެ އަތުން އަތުލާ ންޖެހޭނެއެވެ. ރޯދަމަހުގެ 2ވަނަ ދުވަހު ރަށުކައުންސިލްއިދާރާދަށައް ކައުންސިލަރު އަފީފުގެ މުގުލުގައި ހުރެ މި މީހުން އައިސް މިގޮތަށް ޑިމަންޑު ކުރިއެވެ. 
 
ނަމަވެސް ކައުންސިލުން އެ މަސައްކަތުގައި ހިލާފަހުރި ހިލުން ބަލާފަ އެ ހިލުންތަށް ރަނގަޅުކޮއްގެން ކުރިއަށްގެންދިއުމަށް ކުކުޅު މުހަންމަދައް އެންގައިގެން މިހާރުވެސް މަސއްކަތް ކުރިއަށް އެބަ ގެންދެއެވެ
 
އޮފީސްދަށައް އެއްވެ ބީބީމޯޑާއި މުންތާޒު ރައްޔިތުންގެ މެދުގައި ބުނަނީ އޭނަލައްވާ މަސައްކަތް ކުރުވަންނާ ތަޅާލާނެ ކަމަށެވެ. 
 
ނަމަވެސް މިހާރު ވަނީ މުހަންމަދުު ކޮއްފަހުރި މަސައްކަތަކަށް ގެންލުންދިނުމުގެ ބަދަލުހޯދުމަށް އެމައްސަލަ ކޯޓަށް ވައްދާފައެވެ. ތެޅިމީހުން ބުނަނީ ތެޅީ ކައުންސިލަރުން ބުނެގެނޭ، ނަމަވެސް އެމީހުން ބުނަނީ އެމީހުން ދިޔައިރުވެސް ހުރީ ހަލާކު ކޮއްފައޭ، އަދި އެމީހުން ދިޔަފަހުންފެސް އެމީހުން ތަޅާސުންނަފަތިކުޜިތަން ދުށީމެވެ. 
 
މިމީހުންގެ ދިފާއުގަ ކެފޭދޭނެކަމަށް ވާދީ ވަރައްގިނަގޮތަށް އަގަތަޅަމުން ދެއެވެ. ނަމަވެސް އިންސާފު ލިބޭނީ ކޯޓުންނެވެ. ދައުލަތަށްވާ ގެއްލުމެއް އަނބުރާ ހޯދައިދޭނެ މުއައްސަސާތަށްވެސް އެބަހުއްޓެވެ. އެމަގުން ކުރިއަށް ގެންދިއުން ރައްޔިތުންނަށާއި ދައުލަތަށް މާ ފައިދާބޮޑުވާނެއެވެ.

0 comments:

Post a Comment