ޅޮހީ ސުކޫލުގައި މިއަހަރު އެކްސްޓެންޑެޑް







ޅޮހީ ސުކޫލުގެ ޕުރިންސިޕަލް ، އެ ސުކޫލުގައި ވޭތހިވެ ދިޔަ އަހަރާއި މި އަހަރު އެކްސްޓެންޑެޑް ހިސާބު ކިޔަވައި ނުދޭކަމަށް ބުނެފިއެވެ. އަދި މިދިޔަ އަހަރާއި މިއަހަރު އެއްވެސް ކުއްޖަކު އެކްސްޓެންޑެޑް ހިސާބު އޯލެވެލްގައި ނުހަދާކަމަށް ބުންނެވެ
.

މި ހަބަރަކީ މާ ހާއްސަ ހަބަރަކަށް މިވީ މިކަމުގައި ސުކޫލުގެ ސުޕަވައިސަރު ޑިސްކޯއާ ތެޅޭ ތެޅުން އެއްޗަކަށް ނުވީމައެވެ. ޅޮހީ ސުކޫލުގައި މީގެ ކުރިން ހުރި އަލީ ކިޔަވައި ނުދެނިޔޭ ، ކިޔަވައިދޭން ނޭންގެނީއޭ ، އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ޑިސްކޯ އަނގަތެޅިއިރު ، މިހާރު "އެކްސްޓެންޑެޑް ސަނޫ"، މި އަހަރު ތަކުގައި ކިޔަވައި ނުދެނީ ކީއްވެތޯ ބަލައިވެސް ނުލައެވެ. މިދިޔައަހަރުގެ ހިސާބު މާއްދާއިން ކިތަށް ކުދިން ފާސްވި ބާވައެވެ. އެއްމެ ކުއްޖަކުވެސް ނުވެއެވެ. މިހުންނަނީ ސިއްރު ވާހަކަެވެ. އަދި މިއަހަރު "އެކްސްޓެންޑެޑް ސަނޫ"، ގިނަ ދުވަސްތަކެއްގަ ޗުއްޓިގަ ހުރުމުން ކުދިންނަށް ގެއްލު ވެދާނެކަމަށް ޑިސްކޯ ހިތަށް އަރާބާވައެވެ. މީ ދަރިވަރުން ދައްކާ ވާހަކަތަކެކެވެ. ނަމަވެސް ޕުރިންސިޕަލް އެކަމާ ކަންބޮޑުވަކަމަށް ބުނެއެވެ.

އޭނާ ކަންބޮޑު ވިޔަކަސް އޭނަޔަކީ ބޮލެއް ބެހެއްޓުމުގެ ގޮތުން ބަހައްޓާފަ ހުރި މީހެކެވެ. ކަން ކުރަނީ ހަމަ އެމީހުނެވެ. މިހުރި ޕުރިންސިޕަލް ދާން އުޅުމުން ރަސުތެރެ ހަލަބޮލި ކޮއްލީ މަހުޖަނު ސަރީފެވެ. ސަބަބކީ އޭނަގެ ގެ ކުއްޔައް ދީގެން ލިބޭ 9 ހާސް ރުފިޔާ ގެއްލިދާނެތީއވެ. އެއީކީ އެއްވެސް ހާލެއްގަ ސުކޫލުދެކެ ލޯތްބަކުން އުޅޭ ބަޔެއް ނޫނެވެ.

ޑިސްކޯމެންގެ ވާހަކަ ދައްކާ އެކުދިންގެ މަތިން ހަދާން ކުރާތި އުފާކުރަކަމަށް ފޭސްބުކުގައި ބުނެފައިވަނީ މިސަބަބަށްޓަކައެވެ. ޑިސްކޯމެން އުފާކުރަންވީ ޅޮހީގެ އެތަށް ޖީލެއް ހަލާކު ކުރެވިފައިވާތީއެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކު ކުދިން ހަލާކު ކުރެވޭނެ ހާ ގޮތްތަކަށް އެތަން ބައްޓަން ކޮއްފައިވާތީއެވެ. ޑިސްކޯމެން އުފާކުރަންވީ ޅޮހީގެސުކޫލުގައި ތާކުންތާކު ޖެހޭ މީހަކު އިސްމަގާމުތަކުގައި ، ތިއްބަ ނުދީ ތިމާއާ ޗައްކޫ،ފައްކާޒާހިރުގެ ޕުރޮޕެގެންޑާ ފެތުރޭތީވެއެވެ. ޑިސްކޯމެން އުފާކުރަންވީ ޅޮހީގެ ބެލެނިވެރިންގެ ތެރެއިން ބަޔަކު ގާފިލްވެ ތިބީމައެވެ. ޑިސްކޯމެން އުފާކުރަންވީ މަހަކު ދަރިވަރުންގެ ބޮލަށް ތެނުއަސިޕް އެލަވަންސާއި ފޯން އެލަވަންސާއި 15000 ރުފިޔާ މަހަކު ޖީބަށް ލެވޭތީވެއެވެ. ކަންބޮޑުވާންވީ މިރަށު ނިކަމެތި ރައްޔިތުންނެވެ.

0 comments:

Post a Comment