ކައުންސިލަރުންނަށް މަރުހަބާ!




ނ. ޅޮހީގައި މިރާއްޖޭގެ އެހެން ރައްތަކެކޭ އެއްގޮތަށް ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވި 5 މީހަކު ހޮވޭނެއެވެ. އިންތިހާބުގެ މަސައްކަތް ތަކުގެ ތަރުތީބުން މިހާރުވަނީ އިލެކްސަނުން ވަގުތީ ނަތީޖާ އިއުލާންކޮއްފައވެ. ޅޮހީގައި ކުރިއަށް އޮތް 3އަހަރަށް ޕޕމ މީހުން ކިޔާގޮތުން 5 އަހަރަށް 5 މީހަކު މިވަނީ ވަގުތީ ނަތީޖާއިން ހޮވުމުގެ މަގުމަތީގައެވެ. އެމީހުނަކީ މިހާރުވެސް ކައުންސިލް މެންބަރު އަފީފާ، މަންނާނާ، އިރުފާނާ، އަބްދުރަހީމާ، ހަމައެކަނި މޑޕ ފަރާތުން ސާލިމެވެ. 

އާދެ، ހޮވުނު މީހުން ނާއި އެބައެއްގެ ޕާޓީމީހުން އުފާކުރަނީއެވެ. ނުހޮވުނުމީހުން އެނދު ހުރަސްވެ ހިތާމަކުރަނީއެވެ. ކުއްލިއަކަށް އިވުނު އަޑަކީ ޕޕމ އިން ހޮވެންއުޅޭ 4 މީހުން އެމީހުނަކީ " އިންތިހާބީ ކައުންސިލަރުން" ނޭ ، އަހަރެމެން ނަށް ނޭންގި މިހާރު މިއޮތް ކައުންސިލަރުންނަށް ބައްދަލުވުމެއް ވެސް ނުބޭއްވޭނޭ، އެއްވެސް މަސްރޫއެއް ނުހިންގޭނޭ، ހަރަދެއް ނުކުރެވޭނޭ، މިހެންގޮސް ކައުންސިލް އެއޮތީ އުވިފައޭ، މިހާރު ކައުންސިލްގެ ޒިންމާ ތަށް އުފުލާނީ އޮފީސްތަކުގެ އިދާރީ މުއައްޒަފުންނޭ، މިކަހަލަ ވާހަކަތަކެކެވެ. 

ކަންކަމުގައި ހިސާބަށްވުރެބޮޑައް ކަރުހިއްކައިގަތީމާ މިކަހަލަ ވިސްނުންތަށް ބޮލުގެ ނާށިގަނޑައް އައުމަކީ ވެދާނެކަމެކެވެ. ނާއެހެންނާއެވެ. ހަތަރުދަމު ހަރުގައޮވެގެން ޅޮހީސުކޫލުގެ ރީސޯސް ބޭނުންކޮއްގެން އިންތިހާބުގެ ހުރިހާ މަސައްކަތެއް ކުރާ، އެކުދިންގެ ކެންޕޭން މެނޭޖަރު ފައްކާ ޒާހިރު ވެސް މިވަރު ގަޅިވާހަކައެއް ދައްކާކަށް ނުވާނެއް ނޫންހެއްޔެވެ. އެއްކައުންސިލް އުވޭދުވަހު އަނެއް ކައުންސިލެއް ނެތިއްޖެނަމަ ލާމަރުކަޒީ އުސޫލުގައި އެއޮތީ ބާގަނޑެކެވެ. ގާނޫނީގޮތުން ގައުމު އުސްކަމަކަށް އަންނާނެ ނޫންތޯއެވެ. ވީއިރު އަލަށް އަންތިހާބުވާން އުޅޭ ކައުންސިލަރުންހުވާ ކުރާ ހިނދުކޮޅާ ހަމައަށް މިހާރު ހުވާކޮށްފަތިބި ކައުންސިލަރުން ތިބޭނޭ ނޫންތޯއެވެ. އަދި މިހިނގާ ދުވަސްކޮޅުގައި މިދެބައިމީހުން އެއްވަރަށް ބާރުވެރިވެއްޖެނަމަ ޅޮހީގައި 10 ކައުންސިލަރުން ތިބޭނެ ނޫންތޯއެވެ. 


ދިގުކުރާކަށް ކިޔާނެކަމެއްނެތެވެ. ހުވާކުރާހިންދުކޮޅަށް ކެތްކުރުންނޫންގޮތެއް ނެތެވެ. އެއަށްފަހު މެނިފެސްޓޯ ތަންފީޒުކުރަންފަށަންވީއެވެ. 3 އަހަރު ތެރޭގައި މިއޮއް ގާޅޮހި ސިންގަޕޫރާ އެއްފެންވަރަށް ގެންދަންވީއެވެ. މިކަންކަން ޅޮހީ ރައްޔިތުން އުފަލާއެކު ބަލައިގަންނާނެއެވެ. ރައްޔިތުން މިތިބީ ވެސް ހަމަ އެ ކުދިން ފަދައިން އެދުވަސްތަށް ދެކެން ކެތްމަދުވެފައެވެ.

0 comments:

Post a Comment